ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ކައިވެންޏަށް 55 އަހަރު ފުރިއްޖެ އެވެ.
ކައިވެންޏަށް 55 އަހަރު ފުރުމާ ގުޅިގެން އެކަން ފާހަގަކުރައްވައި ރައީސް މައުމޫން ވަނީ ހާއްސަ ފޮޓޯއެއްވެސް އިއްޔެ ސޯޝަލް މީޑިއާއަށް ދޫކޮށްލައްވައިފަ އެވެ.
އެ ފޮޓޯގައި ރައީސް މައުމޫންގެ ހަތަރު ދަރިކަލުން ތިއްބަވާއިރު އެ މުނާސަބަތު ފާހަގަކުރުމަށް ހާއްސަކޮށްފައިވާ ކޭކެއް ވެސް އެފޮޓޯއިން ފެނެއެވެ.
އެ މުނާސަބަތުގައި އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގަތުމުން ރައީސް މައުމޫން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ރައީސް މައުމޫނާއި ނަސްރީނާ ކައިވެނި ބައްލަވައިގަތީ، 1969 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.
އެ ކައިވެންޏަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންނެވި އިރު އެ ހުރިހާ ބޭފުޅުންނަކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުން ނެވެ.
އޭގެ ތެރޭގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޏާ މައުމޫން، ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިޝް މައުމޫން ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު