ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުން ވަކިކުރެއްވި ޔޫސުފް މާނިއު
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުން ވަކިކުރެއްވި ޔޫސުފް މާނިއު
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުން ޔޫސުފް މާނިއު ވަކިކުރަށްވައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރަށްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުގައި ހުންނެވި ޔޫސުފް މާނިޢު މުޙައްމަދު، މިއަދު ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ބަދަލުކުރައްވާފައި ކަމަށެވެ.

ކަސްޓަމްސްގެ ކޮމިޝަނަރގެ މަޤާމުން މާނިއު ވަކިކޮށް، އެ މަޤާމަށް ފާޠިމަތު ދިޔާނާ މިއަދު ވަނީ އައްޔަނު ކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިބަދަލު ގެންނެވި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ކަސްޓަމްސްގެ ވެރިއަކަށް މާނިއު އައްޔަންކުރައްވާފައިވަނީ 2023 ނޮވެމްބަރު 20 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން