ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު
ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު
ސެންޓްރަލް ސްކާޑާ ސިސްޓަމެއް ޤާއިމުކޮށް، ރަށްރަށުގެ އިންޖީނުގެތަކުގެ ޙާލަތު މޮނިޓަރކުރެވޭނެ އިންތިޒާމް ފެނަކައިން ހަމަޖައްސައިފިއެވެ.

ފެނަކައިން ބުނީ، ސުޕަވައިޒަރީ ކޮންޓްރޯލް އެންޑް ޑޭޓާ އެކުއިޒިޝަން ސިސްޓަމާއި 26 ރަށެއްގެ އިންޖީނުގެތައް މިހާރު ގުޅާލެވިފައިވާކަމަށެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ޕްރިޕެއަރިން އައުޓަރ އައިލެންޑްސް ފޯރ ސަސްޓައިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ރާއްޖޭގައި ސެންޓްރަލް ސްކާޑާ ސިސްޓަމެއް ޤާއިމުކޮށްފައިވަނީ އެކި އިންޖީނުތަކުން ކަރަންޓް އުފައްދާ މިންވަރާއި، ހަކަތަ ބޭނުންކުރާ މިންވަރު އެއް ސިސްޓަމަކުން ފަސޭހައިން ދެނެގަތުމަށް ކަަމަށް ފެނަކަ ކޯރޕަރޭޝަނުން ހާމަކޮށްފައިވެއެވެ.



ރާއްޖޭގައި މިފަދަ ނިޒާމެއް ޤާއިމުކުރެވުމާއެކު ރަށްރަށުގައި ކަރަންޓް ކެނޑޭ ހާލަތްތަކުގައި އަވަހަށް މައްސަލަ ހައްލުކުރުމުގެ އިތުރުން ކަރަންޓް ކެނޑެން ދިމާވާ މައްސަލަތައް ކުރީބައިގައި ދެނެގަނެވި މައްސަލަ ހައްލުކުރުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެކަމަށް ފެނަކަ ކޯރޕަރޭޝަނުން ބުނެއެވެ.

އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ށ އަތޮޅާއި ނ އަތޮޅުގެ 26 ރަށެއްގެ އިންޖީނުގެތައް ފެނަކައިން މިހާރުވަނީ ސެންޓްރަލް ސްކާޑާ ސިސްޓަމާ ގުޅާލާފައެވެ. މި މަސައްކަތަށް ގާތްގަނޑަކަށް އަހަރެއް ހޭދަވިއިރު، މަސައްކަތަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ޕޮއިސްޑް ޕްރޮޖެކްޓުގެ ކޮންސަލްޓެންޓުންނެވެ. ށ އަތޮޅާއި ނ އަތޮޅުގެ 26 ރަށެއްގެ އިންޖީނުގެތައް މި ސެންޓްރަލް ސްކާޑާ ސިސްޓަމާ ގުޅާލާފައިވާއިރު، ފެނަކައިގެ އަމާޒަކީ އެކުންފުނިން ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ 150 ރަށުގެ އިންޖީނުގެތައް މި ސިސްޓަމާ ގުޅުވާލުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން