ރާއްޖޭގައި ވިއްކަމުންދާ މާމުއި ޕެކެޓް
ރާއްޖޭގައި ވިއްކަމުންދާ މާމުއި ޕެކެޓް
ޖިންސީ ބަލިކަށިކަމަށް ފަރުވާއެއް ކަމަށް ބުނެ ރާއްޖޭގައި ވިއްކާ މާމުއި ޕެކެޓެއް ވިއްކުން މަނާކޮށްފި އެވެ.

ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ރާއްޖޭގެ އޮންލައިން ޕޯޓަލްތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ވިއްކަމުންދާ މާމުއިގައި ބޭހުގެ މާއްދާއެއްކަމަށްވާ ޓަޑަލަފިލް އަދި ސިލްޑަނެފިލް ހިމެނޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ މީގެ ކުރިން 2022 ވަނަ އަހަރުވެސް އެކަން ފާހަގަކުރެވި ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ.

ނަމަވެސް އެފަދަ މާމުއި ޕެކެޓް އަދިވެސް ރާއްޖޭގައި ވިއްކާ ކަމަށް އެއޮތޯރިޓީން ބުނެފައިވެއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އެފަދަ އުފެއްދުންތަކަކީ އެމެރިކާގެ އެފްޑީއޭއިން ވެސް ރައްކާތެރި ނޫންކަމަށް ފާހަގަ ކޮށްފައިވާ އުފެއްދުންތަކެއް ކަމަށެވެ.

"ޑޮކްޓަރީބޭސް އަޅާފައި ހުންނަ މިފަދަ އުފެއްދުންތައް ބޭނުން ކުރުމަކީ އިންސާނުންގެ ސިއްހަތަށް ނުރައްކާތެރި އަދި ބައެއް ހާލަތްތަކުގައި ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެކެވެ. ވީމާ، މިފަދަ ތަކެތި ބޭނުން ކުރުމުގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އުފެއްދުންތައް އިމްޕޯޓް ކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާ ކަމެއްކަމުގައި ދެންނެވީމެވެ." ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން