ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތު ފަޓޭހް އަލީ ޚާން- ގޫގުލް ފޮޓޯސް
ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރާހަތު ފަޓޭހް އަލީ ޚާން- ގޫގުލް ފޮޓޯސް
ޕާކިސްތާނުގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ ރާހަތު ފަތީހް އަލީ ޚާން ހައްޔަރު ކުރިކަމަށް ބުނެ ކޮށްފައިވާ ރިޕޯޓުތައް އޭނާ ދޮގު ކޮށްފިއެވެ.

މި ރިޕޯޓުތަކުގައި ވާ ގޮތުން ރާހަތު ފަތީހް ޢަލީ ޚާން ހައްޔަރު ކޮށްފައިވަނީ މި ލަވަކިޔުންތެރިޔާގެ ކުރީގެ މެނޭޖަރު އޭނާގެ މައްޗަށް އަބުރުގެ ދައުވާ ކުރުމުގެ ސަބަބުން އިއްޔެގެ ވަގުތެއްގައި ދުބާއީގައެވެ. ޕާކިސްތާނުގެ މީޑިއާތަކުން މި ހަބަރު ރިޕޯޓު ކުރުމާއެކު ރާހަތު ވަނީ މި ހަބަރުތައް ދޮގުކޮށްފައެވެ.

އޭނާގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި ބުނެފައިވަނީ އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ބުނެ ދައުރު ވަމުން ދިޔަ ހަބަރު ތަކަކީ ދޮގު ހަބަރުތަކެއް ކަމަށެވެ. އަދި އޭނާގެ ފޮލޯވަރުންގެ ފުށުން އޭނާ އެދިފައިވަނީ މި ހަބަރުތަކަަށް މާ ބޮޑު ސަމާލުކަމެއް ނުދިނުމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ އޭނާ ދުބާއީ އަށް ދިޔައީ ލަވައެއް ރިކޯޑު ކުރުމަށް ކަމަށާއި، އޭނާ ހައްޔަރު ކޮށްފިކަމަށް ބުނެ ދައުރުވާ ވާހަކަ ތަކަކީ މުޅިން ދޮގު ވާހަކަ ތަކެއް ކަމަށެވެ.

1974 ގައި އުފަންވި ރާހަތަކީ ޕާކިސްތާނުގެ ނަން މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އޭނާ އަކީ ގައްވާލީ ލަވައާއި، ގަޒަލްގެ އިތުރުން އެހެނިހެން ވައްތަރުގެ ލަވަތައްވެސް ކިޔައި އުޅޭ ފަންނާނެކެވެ. އަދި ހަމަ އެހެންމެ އޭނާއަކީ ޕާކިސްތާނުގެ ފިލްމީ ދާއިރާގެ އިތުރުން ހިންދީ ސިނެމާގައިވެސް މަޝްހޫރު ޕްލޭބެކް ލަވަކިޔުންތެރިއެކެވެ.

އޭނާގެ ބައެއް މަޝްހޫރު ހިންދީ ލަވަތަކުގެ ތެރޭގައި، އޯ ރޭ ޕިޔާ، މޭ ޖަހާ ރަހޫ، ތޭރީ މޭރީ، ޒިންދަގީ ކުޗްތޯ ބަތާ އަދި ޖަގް ސޫނާ ސޫނާ ލަގޭ ފަފަ ލަވަތައް ހިމެނެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައިވެސް ވަރަށް މަގުބޫލު ލަވަތަކެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން