އެމިލީ އިން ޕެރިސްގެ ކާސްޓު
އެމިލީ އިން ޕެރިސްގެ ކާސްޓު
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައި މަގުބޫލް ސީރީޒް އެއް ކަމަށްވާ "އެމިލީ އިން ޕެރިސް"ގެ 4 ވަނަ ސީޒަންގެ ޓްރޭއިލަރ ނެޓްފްލިކްސް ނެރެފިއެވެ.

ތިރީގައި މި ހިމަނާލަނީ އެމިލީ އިން ޕެރިސް ސީޒަން 4ގެ ޓްރެއިލާ އެވެ.

https://youtu.be/aLPk8yRq9_c

އެމިލީ އިން ޕެރިސްގެ 3 ވަނަ ސީޒަން ކްލިފް ހޭންގާ އަކުން ނިމިފައިވާއިރު މި ސީރީޒްގެ 4 ވަނަ ސީޒަން ދެ ބަޔަކަށް ބެހިގެންދާނެއެވެ. އެގޮތުން މި ސީޒަން ފަށާނީ ކެމީލް އާއި ގެބްރިއަލްގެ ކައިވެނި ހަފްލާގައި ހިނގައިދިޔަ ކަންތައްތަކަށްފަހު އެކަންކަމުން އެމިލީއަށް އަރައި ނުގަނެވިގެން އުޅެނިކޮށްނެވެ. މި ސީޒަންގައި ފެނިގެންދާނީ އެމިލީ މަސައްކަތުގެ މައިދާނުގައި ކުރިއަރަމުން ދިޔަ ނަމަވެސް ލޯބީގައި އޭނާ އެކި ކަންތައްތަކާ ކުރިމަތިލާތަނެވެ. އެގޮތުން އޭނާއަށް ގެބްރިއަލް އާއި އެލްފީގެ ތެރެއިން އެކަކު ހިޔާރުކުރަން އުނދަގޫ ވެގެން އުޅޭ މަންޒަރުވެސް މި ސީޒަންގައި ފެންނާނެއެވެ. އަދި މި ސީޒަންގައި އެމިލީ އާ ތަޖުރިބާތަކެއް ކުރުމަށް ތައްޔާރަށް ހުރިކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

މި ސީޒަނުގައި ހިނގާނެ ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި އެމިލީއާއި އެލްފީ ވަކިވުމާއި، ކެމީލް ގެބްރިއަލްގެ ދަރިއަކަށް ބަލިވެ އިނުން ހިމެނެއެވެ. އެންމެ ފަހު ވަގުތު އެމިލީއާއި ގެބްރިއަލް ލޯބީގެ ގޮތުން ގުޅޭނެ ކަމަށް ސަޕޯޓަރުން އުންމީދު ކުރިނަމަވެސް މިކަން އަވަސް މުސްތަގުބަލެއްގައި ވާނެކަމަކަށް ލަފާ ނުކުރެވޭ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އެމިލީއާއި ގެބްރިއަލް މި ސީޒަނުގައި މަސައްކަތް ކުރަނީ އެމީހުންގެ ރެސްޓޯރެންޓަށް މިޝަލިން ސްޓާރ އެއް ހޯދުމަށެވެ. މި ދެ މީހުން އިންކާރު ނުކުރެވޭ ވަރަށް އެކަކު އަނެކަކަށް ޝައުގުވެރިވީ ނަމަވެސް މި ސީޒަނުން ފެނިގެންދާނީ ސިއްރުތަކާއި، ދޮގުތަކާއި، ދިގުދެމިންގެން ގޮސްފައިވާ އިހުސާސްތަކުގެ ސަބަބުން މި ދެމީހުންގެ ގުޅުން ހީނަރުވާ ތަނެވެ. އަދި ހަމަ އެހެންމެ އެމިލީ މީސް މީޑިއާގައި އޭނާގެ ދިރިއުޅުމުގެ ކޮންމެ ތަފްސީލެއް ހިއްސާކުރުމުގެ ސަބަބުން ކުރިމަތިލާންޖެހޭ ކަންތައްތައްވެސް މި ސީޒަންގައި ފެނިގެންދާނެއެވެ.

ޕިންކް ވިލާގެ ރިޕޯޓެއްގައި ވާ ގޮތުގައު މި ސީޒަނުގައި ސިލްވީގެ މުހިންމު ސްޓޯރީލައިނެއްވެސް ފެނިގެން ދާނެއެވެ. އެގޮތުން ބޮޑަށް ބެލެވޭ ގޮތުގައި އޭނާ ފެނިގެންދާނީ އެމިލީގެ އެޑްވައިޒަރެއްގެ ގޮތުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެމިލީ އިން ޕެރިސް ގެ ސީޒަން 4 ނެޓްފްލިކްސް އިން ޕްރިމިއާ ކުރާނީ އޮގަސްޓް މަހުގެ 15ގައެވެ. އެގްޒެކެޓިވް ޕްރޮޑިއުސަރު އަދި ލިޔުންތެރިޔާ ޑެރެން ސްޓާ އުފެއްދި މި ޝޯގައި ލީޑު ރޯލުތަކުން ފެނިގެންދާނީ ލިލީ ކޮލިންސް (އެމިލީ) ގެ އިތުރުން ފިލިޕީން ލެރޯއީ ބިއޯލިއޯ (ސިލްވީ)، އޭޝްލީ ޕާކް (މިންޑީ)، ކެމިލް ރަޒާޓް (ކެމިލް)، ސެމިއުލް އާނަލްޑް (ޖޫލިއަން)، ބްރޫނޯ ގޯރީ (ލޫކް) އާއި ވިލިއަމް އަބަޑީ (އެންޓޮއިން ލަމްބަރޓް) އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން