އެލޮން މާސްކުގެ ޓެސްލާއިން އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ މަސްނޫވީ ސިނކުޑި ހުންނަ ‘ހިއުމަނޮއިޑް ރޮބޮޓްސް’ ބާޒާރަށް ނެރެން ތައްޔާރުވެއްޖެއެވެ.
ދެތިން އަހަރު ތެރޭގައި މި ރޮބޮޓް ބާޒާރުން ލިބޭނޭ ކަމަށް މަސްކު ވަނީ ބުނެފައެވެ.
ހޯމަ ދުވަހު އެކްސްގައި މަސްކް ބުނެފައި ވަނީ އޭނާގެ ކުންފުނިން ‘އޮޕްޓިމަސް’ ނަމަކަށް ކިޔާ ރޮބޮޓް އަންނަ އަހަރުން ފެށިގެން އެތެރޭގައި ބޭނުން ކުރާނެ ކަމަށެވެ.
ޓެސްލާގައި އަންނަ އަހަރު ޓެސްލާގެ އެތެރޭގެ ބޭނުންތަކަށް ލޯ ޕްރޮޑަކްޝަންގައި ހިއުމަނޮއިޑް ރޮބޮޓްތައް ހުންނާނެ ކަމަށާއި 2026 ވަނަ އަހަރު އެހެން ކުންފުނިތަކަށް ވެސް މި ރޮބޮޓް ބޭނުން ކުރެވޭނެ ކަމަށް ޓެސްލާގެ ސީއީއޯ ވަނީ ބުނެފަ އެވެ.
ކްލީން އެނާޖީ އޮޓޯމޯޓިވް ކުންފުންޏެއް ކަމަށްވާ ޓެސްލާ އިން ހިއުމަނޮއިޑް ރޮބޮޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. އެ ކުންފުނިން ބުނީ މި ރޮބޮޓަކީ އިންސާނުންގެ އާންމު ދިރިއުޅުމުގައި ތަކުރާރުކޮށް ނުވަތަ ފޫހި މަސައްކަތްތައް ކުރުމުގެ ގާބިލްކަން ހުރި ރޮބޮޓެއް ކަމަށެވެ.
އެންމެ ފުރަތަމަ މަސްކް އޮޕްޓިމަސްގެ ޕްރޮޓޯޓައިޕް ދައްކާލީ 2022 ވަނަ އަހަރު އެވެ. އެ ދުވަސްވަރު މި ރޮބޮޓް އުފެއްދީ އިންސާނެއްގެ ބައްޓަމަށް ވަކި ގޮތަކަށް ކޮންފިގްރޭޓް ކޮށްފައިވާ ވައިރުތަކަކާއި އާއި ދަނގަޑުންނެވެ.

ކިޔުންތެރިންގެ ހިޔާލު