އެމެރިކާގައި ކުދިންގެ ޖިންސު(ޖެންޑަރ އައިޑެންޓިޓީ) ބަދަލުކުރާއިރު ޓީޗަރުންނާ ބެލެނިވެރިންނަށް އެކަން އަންގަން މަޖުބޫރު ކުރުން މަނާކުރުމަށް ހެދިފައިވާ ގާނޫނާ ގުޅިގެން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ކުންފުނި، ސްޕޭސްއެކްސް އާއި އެކްސް، އެމެރިކާގެ ކެލިފޯނިއާ އިން ބޭރަށް ބަދަލުކުރާނެ ކަމަށް އެ ކުންފުނީގެ ވެރިޔާ އެލޮން މާސްކް ބުނެފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުންގެ ތެރޭގައި ހިމެނޭ މާސްކް އަންގާރަ ދުވަހު ބުނީ އޭނާގެ ކުންފުނިތަކުގެ މައި އޮފީސް ޓެކްސަސްއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ކުރަން އޭނާ ނިންމީ ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ކުޑަކުދިން އެ ކުދިންގެ ޖިންސު ބަދަލު ކުރަން އެދުމުން އެކަން މުދައްރިސުންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ހާމަކުރަން ޖެހޭ ސިޔާސަތުތައް މަނާކުރާ ގާނޫނުގައި ސޮއިކުރުމުން ކަމަށް މަސްކު ބުންޏެވެ.

މާސްކް ބުނީ މި ބާވަތުގެ ގާނޫނުތަކުގެ ސަބަބުން އާއިލާތަކުން އެމީހުންގެ ދަރިން ރައްކާތެރި ކުރުމަށް ކެލިފޯނިއާ ދޫކޮށް ދާން މަޖުބޫރުވާނެ ކަމަށެވެ.

ކެލިފޯނިއާ އަކީ އެމެރިކާގެ އެންމެ ލިބަރަލް އެއް ސްޓޭޓެއްގެ ގޮތުގައި ބެލެވޭ ސްޓޭޓްއެވެ. އެ ސްޓޭޓްގެ ގަވަރުނަރުކަމާއި އެ ސްޓޭޓްގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ޗެމްބަރު ވެސް ކޮންޓްރޯލް ކުރަނީ ޑިމޮކްރެޓިކް ޕާޓީން ކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން