އެޕިސޯޑް 17
...............
[ޒޫނާ....އަހަންނަށް މަޢާފްކުރޭ. އަހަންނަށް މަޢާފްކުރޭ....ދަރިފުޅާ ޒާއިޝް ބައްޕައަށް މަޢާފްކުރޭ....މިއީ ދަރިފުޅުގެ ބައްޕަ. މިކަން ޤަބޫލުކުރޭ...ދަރިފުޅާމެދު ކަންތައް ކުރެވުނުގޮތުން، އަހަރެން ހިތާމަކުރަން.] ސަޢުދުﷲގެ ދެލޯ ފެންކަޅިވިއެވެ.
އެވަގުތު ޑޮކްޓަރ ޒާއިޝް، އޭނާގެ ބައްޕައަށް މަޢާފްކުރި ކަމުގައިވިޔަސް، އޭނާގެ މަންމަ ޒޫނާ ބުނީ، އޭނާ ސަޢުދުﷲ އަށް މަޢާފް ކުރާނީ ޝަރުޠެއްގެ މަތިން ކަމަށާއި، އެ ޝަރުޠު ފުރިހަމަކޮށްދޭން ޖެހޭނޭ ކަމަށެވެ. އެއީ ކޮންމެހެން އޭނާއަށްޓަކައި ކުރެވޭނޭ ކަމެއް ނޫން ކަމަށާއި، އެއީ އޭނާގެ ދެލޯފަދަ ދަރިފުޅުގެ ޙައްޤުގައި އޭނާ ހުށަހަޅާ ޝަރުޠުތަކެއް ކަމަށްވެސް އޭނާ ބުނެއެވެ.
[ޒޫނާގެ ކޮންމެ ޝަރުޠެއްވެސް އަހަރެން ފުރިހަމަކޮށްދޭނަން. އަވަހަށް ބުނޭ ޒޫނާ. ތިދަރިފުޅުގެ ޙައްޤުގައި އަހަރެން ކޮންމެ ކަމެއްވެސް ކޮށްފާނަން.] ސަޢުދުﷲ އޭނާގެ ލޮލުގައިވާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލިއެވެ.
[އަހަރެންވެސް މިހުރީ އަހަރެން ކުރި ކުށަށް ދީނީ ހަމަތަކުގެ މަތިން އަދަބު ލިބިގެން. އަހަންނަށް އަދަބު ލިބުނު ގޮތަށް ސަޢުދުﷲ އަށްވެސް އަދަބު ލިބެންޖެހޭނެ. ސަޢުދުﷲ ޖެހޭނެ، ޒާއިޝްއަކީ ސަޢުދުﷲގެ ލޭގެ ނިޝާނެއް ކަމަށް ކޯޓް މެދުވެރިކޮށް އެއްބަސްވާން. އަހަރެންގެ ޝަރުޠަކީ މިއީ.] ޒޫނާ ޝަރުޠު ކަނޑައެޅިއެވެ. އެޝަރުޠު ސަޢުދުﷲ ޤަބޫލުވެސް ކުރިއެވެ. އޭނާ ބުނީ އެއީ ޒޫނާ ޝަރުޠެއްގެ ގޮތުގައި ކުރިމަތިނުކުރިޔަސް، އޭނާ ކުރަން ނިންމާފައިވާ ކަމެއް ކަމަށާއި، ސަރުކާރު ހުޅުވުމާއެކު އޭނާ އެކަން ކުރާނޭ ކަމަށެވެ.
ޑޮކްޓަރ ޒާއިޝް، އޭނާގެ ޢުމުރުން އެންމެ ބާރަ އަހަރުން ފެށިގެން ކުރަން އުއްމީދުކުރި މަސައްކަތް ކާމިޔާބުކޮށް، ލަނޑުދަނޑި ޙާޞިލް ކުރިއެވެ. އޭނާގެ ރޭވުންތެރި މަސައްކަތާއެކު މަންމަގެ ވިސްނުންވެސް ބޭނުންކޮށްގެންނެވެ.
[މަންމާ...ބައްޕާ.....އަހަރެން މިއަދު ވަރަށް އުފާވެއްޖެ. އަހަރެން ވަރަށް ކުޑައިރުއްސުރެން ކުރި އުއްމީދު ފުރިހަމަވީ......ކޮއްކޯ ބޭބެއަށް މަޢާފްކުރޭ. ކޮއްކޮ ފުރަތަމަ ފެނުނު ވަގުތުންވެސް ބޭބެ ވިސްނީ ތިޔައީ މިބޭބެގެ ކޮއްކޮ ކަމަށް. ކޮއްކޮއާ އޮންލައިންކޮށް ވާހަކަ ދައްކަމުން ދިޔައީވެސް ބޭބެއެއް ނޫން. ކޮންމެ ފަހަރަކުވެސް ކޮއްކޮއަށް ފެންނަފަށަށް ބޭބެ އަންނަނީ. ބޭބެގެ މި ބުރަ މަސައްކަތަކީ، ކޮއްކޮއާއި ބައްޕަ ޙާޞިލް ކުރުމަށްޓަކައި ކުރި މަސައްކަތްތަކެއް.] މިހެން ބުނެފައި، ޒާއިޝް ޖީބުގައި އޮތް މޯބައިލް ފޯނުން ނަމްބަރަކަށް ގުޅާލުމަށްފަހު، އެގެޔަށް އައުމަށް ކޮންމެވެސް މީހެއް ގާތު ބުނެފިއެވެ.
އިސާހިތު ކާރެއްގައި އައިސް އެގޭ ދޮރުމައްޗަށް އެ މަޑުކުރީ ޝެހެނާއާ އޮންލައިންގައި ވާހަކަ ދައްކާ ޒުވާނާއެވެ. އޭނާ އައިސް ގެޔަށް ވަނުމާއެކު، ޝެހެނާގެ ދެލޯ ބޮޑުވިއެވެ. އެވަރަށް އޭނާ ޙައިރާންވެސްވިއެވެ. މިހާރު ޝެހެނާގެ ކުރިމަތީގައި އެހުރީ ޝެހެނާގެ ޢުމުރުން ސޯޅަވަރަކަށް އަހަރުގައި އޭނާއަށް ވަރަށް ބޮޑަށް ފާރަލައި، އޭނާއަށް އެދުނު ޒުވާނެކެވެ.
އެއީވެސް މާލޭގެ ތަނަވަސް ޢާއިލާއެއްގެ ތަޢުލީމީ ޒުވާނެކެވެ. އޭނާ ތަފާތު އެތައްފަހަރަކު ޝެހެނާގެ ލޯތްބަށް އެދިފައިވެއެވެ.
[ނަވާޒް......ނަވާތަ އަހަންނާ ވާހަކަ ދައްކަނީ؟] ކުރިމަތީގައި ހުރި ޒުވާނާއާ ދިމާއަށް ވަރަށް ޙައިރާންކަމާއެކު ބަލަންހުރެމެ، ޝެހެނާ ވާހަކަ ދެއްކިއެވެ.
[އާނ ޝެހެނާ...އަހަރެން. އަހަންނާ ޝެހެނާގެ ބޭބެއާ ދިމާވީ މެލޭޝިޔާއިން. އަހަރެން ޝެހެނާގެ ވާހަކަ ދައްކާއިރަށް ޒާއިޝް ބުނި، ޝެހެނާއަކީ ޒާއިޝްގެ ކޮއްކޮއޭ....] ނަވާޒް ޝެހެނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ޝެހެނާ އިސްޖަހާލިއެވެ. ޙަޤީޤަތުގައި ކުރިން ޝެހެނާގެ ފަހަތުން ނަވާޒް އާދޭސް ކުރަމުން ދިޔުމާއެކުވެސް، އޭނާ އާނ ބަސް ނުބުނީ، އޭނާ އޭރު އޭނާގެ ޢުމުރުވެސް ޅަވީމައެވެ. މިހާރު އޭނާއަކީ ފުރާ ފުރިހަމަވެފައިވާ ޒުވާނެކެވެ.
އެދުވަސް ފާއިތުވެގެންދިޔައީ، ޝެހެނާއާއި ނަވާޒް އަތާ އަތް ޖޯޑުކޮށް ލޯބީގެ ގުޅުމަކުން ގުޅުމަށްފަހުގައެވެ.
ދެން ފާއިތުވެދިޔަ ކޮންމެ ދުވަހަކީވެސް ޝެހެނާއަށް ނުހަނު އުފާވެރި ދުވަސްތަކެކެވެ. އޭނާއަށް އޯގާތެރި ބޭބެއަކުވެސް ލިބުނީއެވެ.
ފާއިތުވެދިޔަ ދުވަސްތަކުގައި ރަނާގެ ލޯބި ޙާޞިލް ކުރުމަށްޓަކައި ވާސިލްވެސް އައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އޭނާއަކަށް އެއްވެސްވަރެއްގެ ކާމިޔާބެއް ނުލިބެއެވެ. ވިލިނގިލިން އޭނާ ބައްދަލުކުރަން މަސައްކަތްކުރި ފަންޑިތަ ހަދާ މީހާވެސް ބޮޑު ބައްޔަކަށް ބޭސް ކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ގޮސްފައި ވުމާއެކު، އޭނާގެ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސް އެޅިގެން ދިޔައެވެ. ވިލިނގިލީގައި އުޅޭ ގދ. ތިނަދުއަށް އުފަން ހުސޭން ކަލޯއަކީ ވަރަށް މަޝްހޫރު ފަންޑިތަވެރިއެކެވެ. އޭނާގެ ކުދިން ބުނެފައިވަނީ، ދެދުވަހެއްގެތެރޭ އޭނާ އަންނާނޭ ކަމަށާއި، ބައްޕަގެ ޙާލު މުޅިން ރަނގަޅު ކަމަށެވެ.
އެއީ ވާސިލަށް ލިބުނު އުއްމީދީ ސިގްނަލެކެވެ. ވުމާއެކު، މިހާރު އޭނާ އެހުންނަނީ ހިސާބަކަށް ހިތްހަމަޖެހިފައެވެ.
ފާއިތުވަމުންދާ ދުވަސްތަކާއެކު، ރަނާއަށް އަމަރްގެ ކިބައިން ތަފާތު ސިފަތަކެއް އައީ ފާހަގަކުރެވެމުންނެވެ. އަމަރް ދަންވަރު ހޭލާ އުޅޭކަމާއި، ކޮންމެވެސް މީހަކާ ބައްދަލުކުރާކަންވެސް ރަނާއަށް އެނގިފައިވެއެވެ. ވުމާއެކު، ރަނާ ދެފަހަރަކު އެސުވާލުވެސް އަމަރާ ކުރިއެވެ. ނަމަވެސް އަމަރް އެއަށް ޖަވާބުދާރީއެއް ނުވެއެވެ. އަމަރް ބުނީ އޭނާއަށް ޝައްކު ނުކުރުމަށާއި، އޭނާ ލޯބިވަނީ ހަމައެކަނި ރަނާދެކެ ކަމަށެވެ.
ހަމަ މިކަހަލަ އެހެން ރެޔެކެވެ. ރަނާ ޤަޞްދުކުރީ އަމަރްދާ ތަނަކާއި ބައްދަލުކުރާ މީހަކު ދެނެގަންނާށެވެ. ވުމާއެކު، އޭނާ އޮތީ އަމަރް ތެދުވަންދެން ފާރައަށެވެ. އަމަރް ގަޑިއަށް ބަލައިލުމަށްފަހު ތެދުވީ، ރަނާ އެގޮތަށް ބަލަން އޮއްވައެވެ. އަމަރް ކޮޓަރިން ނުކުތުމާއެކު، ރަނާ މަޑުމަޑުން ތެދުވިއެވެ. އޭނާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. ނަމަވެސް، އޭރު އަމަރް ފެންނާކަށް ނެތެވެ. އޭނާ އަވަސް އަވަހަށް ތިރިއަށް ފައިބައިފިއެވެ. ތިރިޔަކުވެސް މީހަކު ފެންނާކަށް ނެތެވެ. ދެން އޭނާ ނުކުތީ ބޭރަށެވެ. އެޔާއެކު ލިބުނު ޙައިރާންކަމާއެކު، ރަނާގެ ދެލޯ ބޮޑުވިއެވެ. ކުޑަ ކުއްޖަކު އުރައިގެން އަމަރާއި އެހެން އަންހެނަކު މަޑުމަޑުން ހިނގާފައި ދަނީއެވެ. ރަނާއަށް ފެނުނީ އެދެމީހުންގެ ފަސް ކަމުގައިވިޔަސް، ރަނާއަށް ހަމަ ރަނގަޅަށްވެސް އެއީ އަމަރްކަން ޔަޤީންވީފަދައެވެ. އޭނާ ނިކަން ބާރަށް ހިނގައިގެންފިއެވެ. އޭނާ ބޭނުންވަނީ އަމަރާ އަރާހަމަކުރާށެވެ. ޔަޤީނެވެ. އެއީ ހަމަ އަމަރްއެވެ. އަމަރް އެހެން އަންހެނަކާ ސިއްރު ގުޅުންތަކެއް ބާއްވަނީއެވެ. ނިކަން ބާރަށް ހިނގާފައި ގޮސް ރަނާ އަމަރްމެނާ އަރާހަމަކޮށްފިއެވެ. އެއަށްފަހު، ނިކަން ބާރަށް އަމަރަށް ގޮވާލުމަށްފަހު އޭނާ އަމަރްގެ އަތުގައި ހިފާ އަނބުރާލިއެވެ. ނިކަން ރުޅި އައިސްފައި ހުރެމެއެވެ.
އެޔާއެކު ރަނާއަށް ލިބުނީ ބޮޑު ޙައިރާން ކަމަކާއި ނުތަނަވަސް ކަމެކެވެ. އޭނާގެ ކުރިމަތީގައި އެހުރީކީ އަމަރެއް ނޫނެވެ. އެއީ ރަނާ ނުވެސް ދަންނަ ބައެކެވެ. ވުމާއެކު، އޭނާ ވަރަށް ލަދުގަތެވެ.
[ސޮރީ....އަހަރެން ހީކުރީ އަހަރެންގެ ފިރިމީހާ ކަމަށް.] ރަނާ ގެޔަށް ދިޔުމަށްޓަކައި އެނބުރި ހިނގައިގެންފިއެވެ. އޭގެފަހުންވެސް އޭނާ ފަސްއެނބުރި ބަލައިލިއެވެ. ފަހަތުން ބަލާއިރު އަމަރާ އެއްވެސް ތަފާތެއް ނެތެވެ.
[އަމަރް ދިޔައީ ކޮންތާކަށްބާ؟ އަމަރް ކޮންމެވެސް ކަމެއް އެބަ ސިއްރު ކުރޭ. އޭނާ ދަންވަރު ތެދުވެގެން ދިޔުމުގެ ބޭނުމަކީ ކޮބައިބާ؟] ރަނާ ގެޔަށް ވަނެވެ. އެއަށްފަހު އަދިވެސް އަމަރް ތިރީ ބައިގައި އުޅޭތޯ ހޯދަން ފެށިއެވެ.
[ރަނާ ތިރީގައި ކީއްތިކުރަނީ. އަހަރެން ރަނާ ނުފެނިގެން ހާދަ ހޯދުމެއް ހޯދައިފީމޭ.] މަތިން ތިރިއަށް ފައިބަމުން، އަމަރް ވާހަކަ ދެއްކިއެވެ. އަމަރް މަތިން ތިރިއަށް ފައިބާތަން ފެނުމުން، ރަނާ ވަރަށް ބޮޑަށް ޙައިރާންވިއެވެ.
[އަހަރެން ތިރިއަށް ފޭބީ އަމަރް ކޮޓަރީގައި ނެތުމުން. އަމަރް ހުރީ ކޮންތާކު!؟]
[އަހަރެންވެސް ފެންބޯން ތިރިއަށް ފޭބިން. އަހަރެން ފެންބޮއިގެން އައިސް ކޮޓަރިއަށް ވަންއިރު، ރަނާ ނެތީމަ ރަނާ ފާޚާނާގައި އުޅޭ ކަމަށް ނިންމައިގެން އޮށޯތީ. އޮށޯވެ އޮވެއޮވެވެސް ރަނާގެ ޚަބަރެއްނުވީމާ، ފާޚާނާ ބަލާފައި މި ފޭބީ.....ތިރިއަށް ފައިބާފައި ހާދައިރެކޭތިވީ. އަނެއްކާ ކީއްކުރީތަ؟] އަމަރް މައްޗަށް އަރައިގެން ހިނގައިގެންފިއެވެ. އޭނާގެ ފަހަތުން ރަނާވެސް ހިނގައިގެންފިއެވެ.
ރަނާ ކަންތައްވީ ގޮތް ސީދާ ބުނެފިނަމަ، އަމަރް ރުޅި އަންނާނޭކަން އެނގޭތީ، ހިތްހަމަނުޖެހިފައި ވިޔަސް، ރަނާ އެތެރެއަށް ވަދެއްޖެއެވެ.
[ރަނާ ބުނެބަލަ، މިހުރިހާއިރު ވަންދެން ތިރީގައި ކީއްތަ ތިކުރީ؟] އަމަރް އެއްސެވެ.
[އަހަރެން ހީކުރީ އަމަރް ނުކުތީ ބޭރަށް ކަމަށް. އެހެންވެ އަހަރެންވެސް އަމަރްގެ ފަހަތުން ނުކުތީ. އަހަރެން މަގަށްވެސް ނުކުތިން.] ރަނާ ކިޔައިދިނެވެ.
[ތިބުނީ ރަނާ އަހަންނާ ދޭތެރޭ ޝައްކުކޮށް، އަހަންނަށް ފާރަލާ ވާހަކަދޯ؟ ޙަޤީޤަތުގައި ރަނާގެ ފަރާތުން ތިފެންނަނީ، އަހަރެން އުއްމީދުކުރިފަދަ މަންޒަރުތަކެއް ނޫން. އަހަރެން ހީކުރިން، ރަނާ އަހަންނަށް އިތުބާރު ކުރާނޭ ކަމަށް. އެކަމަކު މިހާރު އެނގިއްޖެ، ރަނާ އެއްވެސްވަރަކަށް އަހަންނަށް އިތުބާރު ނުކުރާކަން.] އަމަރް ރުޅިއަންނަ ގޮތް ދެއްކިއެވެ. އަމަރް ރުޅިއައުމުން، ރަނާ ވަރަށް ބޮޑަށް ކަންބޮޑުވިއެވެ.
[ސޮރީ....އަމަރް...އަހަރެން އިތުބާރު ނުކުރާތީއެއް ނޫން. އަހަންނަށް ހީވިއޭ އަމަރް ބޭރަށް ނުކުތްހެން. އެހެންވެ އަހަރެން ނުކުތީ.....ދެން ތަކުރާރެއް ނުވާނެ.] ރަނާ މަޢާފަށް އެދުނެވެ. އެއީ އަމަރް ބޭނުންވާ ގޮތެވެ. އެރޭވެސް ރަނާއަށް ޖެހުނީ އަމަރްގެ މަޅީގައި ޖެހި، އަމަރްގެ ވާހަކަތައް ޤަބޫލުކުރާށެވެ.
ޖެހިގެން އައި ރޭވެސް ރަނާއަށް ނިދުނީ ކަމަށް ބަލާފައި އަމަރް ތެދުވެގެން ގޮސް ކޮޓަރިން ނުކުތް މަންޒަރު ބަލަން ރަނާ ހޭލާ އޮތެވެ. ނަމަވެސް، މިރޭ ރަނާ ނުތެދުވެއެވެ. އަމަރް ރުޅި އަތުވެދާނެތީއެވެ. އެހެން ނަމަވެސް، މިރޭ އަމަރް ގެޔަށް އައިސްވަނީ ގަޑިއެއްހާއިރުވެސްވީ ފަހުންނެވެ.
އޭނާ ވަންއިރު ރަނާ އޮތީ ކޮޓަރީގެ ބޮކިވެސް ދިއްލައިގެންނެވެ. އެހެން ނަމަވެސް، އޭނާ އަމަރަކާ ސުވާލެއް ނުކުރެއެވެ. އަމަރް އައިސް ވަނުމާއެކު، އޭނާ ނިދާބޮކި ޖެއްސުމަށްފަހު، އަލުން އޮށޯތެވެ. އަނގައިންވެސް ނުބުނެއެވެ.
މިހާރު ރަނާ ބޭނުންވަނީ ޙަޤީޤަތް ހޯދާށެވެ. ޝަކުވާ ކުރާނީ ޙަޤީޤަތް ހޯދައިގެންނެވެ.
މިގޮތަށް ދުވަސްތައް މާޒީވަމުން ދިޔައެވެ. ފާއިތުވެދާ ކޮންމެ ދުވަހަކުވެސް ރަނާއަށް އަމަރްގެ ފަރާތުން އާދަޔާ ޚިލާފް ކިތަންމެ ކަމެއް ފެންނަމުންދިޔައެވެ. ނަމަވެސް، އެއިން އެއްވެސް ކަމަކާ ގުޅޭގޮތުން ރަނާ އަމަރަކާ ސުވާލެއް ނުކުރެއެވެ. މިހާރު ރަނާ ޔަޤީންކުރެއެވެ. އަމަރް އޭނާގެ ޙަޔާތުން ކޮންމެވެސް ކަމެއް ރަނާއަށް އެބަ ސިއްރު ކުރެއެވެ.
[މިހާރަކަށް އައިސް ރަނާ ތިހުންނަނީ ހާދަހާ ފާޑަކަށޭ. އަނެއްކާ ކިހިނެއްވީތަ؟] ރަނާއަށް ކޮންމެވެސް ކަމެއް ވެއްޖެ. ބުނެބަލަ، ނުބުނެ ހުރެގެން އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެ. އެހެން ނޫނަސް އަނބިމީހާއަށް ދިމާވާ ކަންތައްތަކުގައި ފިރިމީހާއާ ޙިއްޞާކުރަން ޖެހޭނެ. އަޅެ ބުނެބަލަ، ކިހިނެއްވީތަ، އަނެއްކާ އަހަންނާ ދޭތެރޭ ހިތްހަމަނުޖެހެނީތަ؟] އަމަރް ރަނާގެ އިޙްސާސްތައް ދެނެގަތެވެ. ރަނާ އިސްޖަހާލިއެވެ. އޭނާ ޙަޤީޤަތަށް ބުނެފިއްޔާ، އަމަރް ހިތްހަމަނުޖެހޭނެކަން އޭނާއަށް އެނގެއެވެ. އެހެން ނަމަވެސް، ރޭގަނޑު ވަކި ގަޑިއެއްގައި އަމަރް ދާތަނެއް ހޯދުމަކީ، ރަނާ ކޮންމެހެން ބަލަން ޖެހިއްޖެ ކަމެއް ކަމަށް ރަނާ މިހާރު ދެކޭތީ އޭނާ އެސުވާލުކުރިއެވެ.
[ސާބަސް ރަނާއަށް. ރަނގަޅަށް ރަނާއަށް އެނގެންވާނެއެއްނު، އަހަރެން ކޮންމެ ރެޔަކު ރެސްޓޯރެންޓް ނިންމަން އެތަނަށް ދާންޖެހޭނެކަން. ރަނާ އެކަނި ނިދަން ޖެހޭނެތީ، އަހަރެން ރަނާއާއެކު އޮށޯންނަނީ. އަހަރެން ވަރަށް ދެރަވެއްޖެ، ރަނާ އަހަންނަށް އިތުބާރުނުކޮށް ޝައްކު ކުރަން ފެށީތީ.] އަމަރް ވަރަށް ބޮޑަށް ދެރަވެއްޖެއެވެ.
އަމަރް އެހެން ބުނީމާ، ރަނާވެސް ވަރަށް ބޮޑަށް ދެރަވިއެވެ. އަމަރާމެދު ޝައްކު ކުރެވުނީތީ، އޭނާ ލަދުވެސްގަނެއްޖެއެވެ.
[ސޮރީ.....ދެން ދުވަހަކުވެސް އަމަރަށް ޝައްކެއް ނުކުރާނަން.] ރަނާ އަމަރްގެ މޭގައި ބޯއަޅާލިއެވެ. އަމަރް ވިހަގޮތަކަށް ހިނިތުންވެލަމުން، ރަނާގެ ހަށިގަނޑުގައި ބައްދާލިއެވެ.
[ރަނާ....ދެންވެސް ތިގޮތަށް ޝައްކު ނުކުރައްޗޭ. އަހަރެން ރަނާދެކެ ލޯބިވާ މިންވަރު މިހާރު ރަނާއަށް އެނގެންވާނެ. އަހަރެން ރަނާއަށްޓަކައި ހާދަ ބޮޑު ޤުރްބާނީއެކޭ މިވަނީ.] އަމަރް ރަނާ ސޯފާގައި ބޭންދިއެވެ.
ވިލިނގިލީ ފެރީ ވިލިނގިއްޔަށް ލެފުމާއެކު، ވާސިލް ފައިބައިގެން މިޞްރާބު ޖަހާފައި އެވަނީ އެރަށުގައި އުޅޭ ޙުސޭންކަލޯއާ ބައްދަލުކުރުމަށެވެ. ޙުސޭންކަލޯއަށް ކިތަންމެ ގިނަ ފައިސާގެ ޢަދަދެއް ދޭން ޖެހުނަސް، އޭނާ ބޭނުންވަނީ އޭނާގެ މަޤްޞަދު ޙާޞިލް ކުރާށެވެ. އޭނާގެ ވިސްނުމަކީ ރަނާ ޙާޞިލް ކުރާށެވެ.
ވާސިލްއަށް އެގެޔަށް ދެވުނު ވަގުތަކީ، ޙުސޭންކަލޯ ބޭރުން އައިސް ގެޔަށް ވަންނަން ދިމާކުރި ވަގުތެވެ.
[ޙުސޭނުބޭ، ޙުސޭނުބޭގެ ގާތަށް ވަރަށްބޮޑު ކަމަކު މިއައީ. މިކަން ކޮށްދީފިއްޔާ، ޙުސޭނުބޭ ބުނި ޢަދަދަކަށް ފައިސާ ދޭނަން.....] ދޮރުމަތިން ޙުސޭންކަލޯއާ ދިމާވުމުން ވާސިލް ވާހަކަ ދެއްކިއެވެ.
[ކޮންކަމަކު....އާދޭ އެތެރެއަށް....] ޙުސޭންކަލޯ ވަނީ އޭނާ އެމަސައްކަތަށް ހަދާފައި ހުންނަ ކޮޓަރިއަކަށެވެ. ފަހަތުން ވާސިލްވެސް ވަދެއްޖެއެވެ. ކޮޓަރިއަށް ވަދެ ޙުސޭންކަލޯއަށް ވާސިލް އޭނާ ޙާޞިލް ކުރަން ބޭނުންވާ ކަންތައްތައް ކިޔައިދިނެވެ. ޙުސޭންކަލޯ، އޭނާ ދެމަފިރިންގެ ދޭތެރެއަށް ނުވަންނަ ކަމަށް ބުނި ކަމުގައިވިޔަސް، ވާސިލްގެ ބޮޑު ހުށަހެޅުމާއެކު، އެކަމަށް މަސައްކަތް ކޮށްދިނުމަށް އެއްބަސްވިއެވެ. އޭނާ ބުނީ އެގޭ ދޮރުމަތީގައި އެއްޗެއް ވަޅުލަންޖެހޭނޭ ކަމަށާއި، ފުރަތަމަ އެދެމަފިރިންގެ ފުރިހަމަ ނަންތަކާއި، މަންމައިންގެ ނަންތައް ބޭނުންވާނޭ ކަމަށެވެ. އެހެން ނަމަވެސް، އެވަގުތު ވާސިލަށް އަމަރާބެހޭ މާބޮޑު މަޢުލޫމާތެއް އެނގިފައި ނުވުމާއެކު، އޭނާއަށް ޖެހުނީ އަމަރާބެހޭ ސާފު މަޢުލޫމާތު ހޯދުމަށްޓަކައި ގެޔަށްދާށެވެ. އަނެއްކާވެސް އިތުރު ދުވަހަކަށް އިންތިޒާރު ކުރަން ޖެހުނީއެވެ.
[ކިހިނެއްބާ އަމަރާބެހޭ މަޢުލޫމާތު ހޯދާނީ.] އެނބުރި މާލެ ދިޔުމަށްޓަކައި ހިނގައިގަންނަމުން ވާސިލްއަށް ހިތާހިތާ ކިޔާލެވުނެވެ.
އަމަރާބެހޭ މަޢުލޫމާތު ހޯދާނޭ ގޮތެއް އޭނާއަށް ވިސްނުނީ ވިލިނގިލިން މާލެ އާދެވުނުފަހުންނެވެ. ފެރީން ފައިބަމުން އޭނާ ގުޅީ ރަނާގެ ރަޙްމަތްތެރިޔާ ޝެހެނާއަށެވެ. އެތައް ދުވަހެއްގެ ފަހުން ކުއްލިއަކަށް ވާސިލް ފޯނު ކުރުމުން ޝެހެނާ ވަރަށް ޙައިރާންވެސްވިއެވެ.
[ހުވަފެނެއް ފެނުނީތަ؟ އަހަރެން ހީކޮށްގެން މިހުންނަނީ ރަނާގެ މައްސަލައިގައި އަހަރެން ދެކެވެސް ރުޅިއައިސްފައި ހުންނަނީ ކަމަށް. ޙާލު ކިހިނެއްތަ؟] ޝެހެނާ ބުންޏެވެ.
[ޙާލު ރަނގަޅެއް ނުވާނެއެއްނު. ޙަޤީޤަތުގައިވެސް ބުނަންތަ؟ ޝެހެނާ ރަނާއާނުލާ އަހަރެންގެ ދިރިއުޅުން ފުރިހަމައެއް ނުކުރެވޭނެ. ޝެހެނާ ދަންނަންތަ، ރަނާގެ ހަޒްބަންޑްގެ ޢާއިލާ....މިބުނީ އޭނާގެ މަންމައަކީ އެގޭ ކާކުތަ؟] ވާސިލް އޭނާ ބޭނުންވާ މަޢުލޫމާތާ ދިމާއަށް ދިޔައެވެ.
[އާ ދަންނަން. އަހަންނާ ވަރަށް ރައްޓެހި ކުޅިވަރެއް ބެޑްމިންޓަނަކީ. އަޞްލު ވަރަށް ކުޅޭހިތްވެސްވޭ. މިގޭ ޓެރަސްމަތީގައި ބެޑްމިންޓަން ކޯޓެއް ހަދަންވީނު.] ރަނާ ވާހަކަ ދެއްކީ އޭނާގެ ފިރިމީހާ އަމަރާއެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ކުޅިވަރު ސާމާނު ވިއްކާ ފިހާރައެއްގެ ތެރޭގައެވެ. އޭރު އަމަރް ބަލަމުންދަނީ، އެތާނގައި ހުރި ބެޑްމިންޓަން ރެކެޓްތަކާ ދިމާލަށެވެ. ބެޑްމިންޓަނަކީ އަމަރްވެސް ވަރަށް ޝައުޤުވެރިވާ ކުޅިވަރެކެވެ.
ޢަމަރަކީ އޭނާގެ މަދްރަސީ ދައުރުގައިވެސް ވަރަށް މޮޅަށް ބެޑްމިންޓަން ކުޅުނު މީހެކެވެ. އޭނާ ކުޑައިރު ގޭތެރޭގައި މަންމަ ފަރީޝާއާއެކުވެސް އެކުޅިވަރު ކުޅެ ހަދައެވެ. ނަމަވެސް މިހާރު އޭނާ ބެޑްމިންޓަން ނުކުޅޭތާ އެތައް އަހަރެއް ވެދާނެއެވެ. އެވަގުތެވެ. އަމަރްގެ މައިންބަފައިންގެ ފުރިހަމަ މަޢުލޫމާތު ހޯދައިގެން ވާސިލް އަނެއްކާވެސް ވިލިނގިއްޔަށް ދިޔުމަށްޓަކައި ދަތުރު ފެށިއެވެ.
މިހާރު އަމަރްގެ ޢަމަލުތަކުން ކުރިއަށްވުރެންވެސް ރަނާދެކެ ލޯބިވާހެން ހީވެއެވެ. އޭނާގެ މަޤްޞަދަކީ އަބަދުވެސް ރަނާ އޭނާއާމެދު ވިސްނަންޖެހޭނެ ގޮތްތައް މެދުވެރި ކުރުމެވެ.
[ދެން ހިނގާ ގެޔަށް ދާން. ހިލޭ އަންހެނަކާ ދަރިފުޅު ޙަވާލުކޮށްފައި އައިސް، މާގިނައިރު ބޭރުގައި ނުތިބެވޭނެ. އޭނާ ކިތަންމެ ބާދާދެކެ ލޯބިވިޔަސް، އެކަން އަހަރެމެން ދަންނަންޖެހޭނެ.] ރަނާ ފިހާރައިން ނުކުތެވެ. ފަހަތުން އަމަރްވެސް ނުކުތެވެ.
މަޖީދީ މަގުގައި ހުރި މިސްކިތަކުން ނުކުތް މުސްކުޅި ފުރައިގެ ފިރިހެނަކާ އަމަރް މުޑިއެރީ އެފިހާރައިން ނުކުމެ ހިނގައިގަތް ވަގުތެވެ. އެ މުސްކުޅި މީހާއާ މުޑިއެރުމާއެކު، އަމަރް ސިހިފައި ދުރަށް ޖެހުނެވެ. އަމަރް ހީވީ ބިރެއް ފެނިގެން އުޅުނުހެންނެވެ. އޭރު އެމީހާގެ އަތުގައި ޚަތިމެއްވެސް އޮތެވެ. އަމަރް އުޅުނުގޮތުން އެމީހާވެސް ވަރަށް ބޮޑަށް ޙައިރާންވިއެވެ. އޭނާގެ ހިތުގައި ސުވާލުވެސް އުފެދުނެވެ. އެޒުވާނާ އޭނާދެކެ އެހާވަރަށް ބިރުގަތީ ކީއްވެގެންބާވައެވެ.
އެމީހާ ހީކުރީ އެޒުވާނާ އޭނާދެކެ ބިރުގަނެ ޖެހިލުންވީ، ދާދިފަހުން އޭނާގެ ގެއިން ކުރި ވައްކަމުގައި ބައިވެރިވާ ޒުވާނަކަށް އޭނާވީތީ ކަމަށެވެ. މިހެން ހިތަށްއެރީމާ، އެމީހާ އަމަރްމެންގެ ފަހަތުން ހިނގަން ފެށިއެވެ. އެމީހާ ބޭނުންވަނީ އަމަރްމެނާ އަރާހަމަކުރާށެވެ.
[ރަނާ ތަންކޮޅެއް ބާރަށް ހިނގާބަލަ.] ފަހަތުން އެ މުސްކުޅި މީހާ އަންނަކަން އެނގުމާއެކު، ރަނާގެ އަތުގައި ހިފައިގެން އަމަރް ހިނގުން ބާރުކުރިއެވެ.
[ކީއްކުރަންތަ، މާ ބާރަށް ހިނގަނީ. އަހަންނަކަށް ތިޔަހާ ބާރަކަށް ނުހިނގޭނެ. އަހަރެންގެ އަތުން ދޫކޮށްލާފައި، އަމަރް ބާރަށް ހިނގާފައިދޭބަލަ.] ރަނާ ކުޑަކޮށް މަޑުޖެހިލިއެވެ.
[ވަރަށް ބޮޑަށް ބަނޑު ސަކަރާތްވެއްޖެ. ރަނާ މަޑުމަޑުން އާދޭ. އަހަރެން ދާނަން.] އަމަރް ނިކަން ބާރަށް ހިނގާފައި ގޮސް ކުރިމަތީގައި އޮތް ގޯޅިއަށް ވަނެވެ. އެއީ އެ މުސްކުޅި މީހާ އައިސް ރަނާއާ އަރާހަމަވި ވަގުތެވެ.
[ކޮއްކޯ....ދެންމެ އެދިޔައީ ކާކުތަ؟] އެ މުސްކުޅި މީހާ އާދެ! ސަލްމާން ރަނާއާ އަރާހަމަކުރަމުން ވާހަކަ ދެއްކިއެވެ.
[އެއީ އަހަރެންގެ ހަޒްބަންޑް.] ރަނާ ބުންޏެވެ.
[ހަޒަބަންޑޭ! އެއީ ކޯއްޗެއް....ބޭބެ މިއަހަނީ އެއީ ކާކުހޭ؟] ރަނާ ބުނި އެއްޗެއް ސަލްމާނަކަށް އޮޅުމެއްނުފިލިއެވެ.
[އެއީ އަހަރެންގެ ފިރިމީހާ އަމަރް....ބޭބެ ކީއްކުރަންތަ، އޭނާގެ މަޢުލޫމާތު ހޯދަނީ....!] ރަނާ މަޑުޖެހިލިއެވެ.
[ދަންނަ ސޮރަކާ ވައްތަރުވީމާ. އެއީ ކޮން ގެއެއްގެ ކުއްޖެއްތަ؟ ތިގެ ހުންނަތަން ބޭބެއަށް ކިޔައިދީފާނަންތަ؟] ސަލްމާން ބޭނުންވަނީ، މިވަގުތު ނޫނަސް އެގެޔަށްދާށެވެ.
ރަނާ އެގޭގެ ނަމާއި ގެ ހުންނަތަން އޭނާއަށް ވަރަށް ރަނގަޅަށް ކިޔައިދިނެވެ.

ކިޔުންތެރިންގެ ހިޔާލު