ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ދައުލަތް ދަރާފައިވާ މިންވަރު އެނގިވަޑައިގެން ހުންނަވާކަމަށާއި އެހެންކަމުން އެކަމަށް އެމަނިކުފާނު ޒިންމާވާންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ހާލަތު އެނގިވަޑައިގަންނަވާ ކަމަށާއި އިގުތިސާދު ހަމައަކަށް އަޅުވާނެގޮތް އެނގިވަޑައިގަންނަވާކަމަށާއި ބޮޑެތި ލޯނުތައް ރީސްޓްރަކްޗަރ ކުރެވޭނެ ކަމުގެ ފެހި ސިގުނަލް ލިބިވަޑައިގެންފައިވާކަމަށް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކެމްޕޭންގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވާ ވީޑިއޯއެއް ހިއްސާ ކުރައްވަމުންނެވެ.
އޭނާ ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވީ ދައުލަތް ދަރާފައިވާވަރާއި، ރިޒާވްގައި ފައިސާ ހުރިވަރު އެނގިވަޑައިގެން ހުންނަވާކަމަށެވެ. އަދި އެކަންކަން ރަނގަޅު ކޮށްލުމަކީ އެއްވެސްކަމެއް ނޫންކަމަށް ވިދާޅުވަމުންކަމަށެވެ.
އެހެންކަމުން ދިވެހީން ހާލުގައި ޖެހުނަނުދީ ސަލާމަތް ކޮށްދިނުން ރައީސަށް މަޖުބޫރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ދިވެހީން ހާލުގައި ނުޖައްސާ ސަލާމަތް ކޮށްދޭން މަޖުބޫރުވާނެ. މިހާރު ތިޔަހުރީ ބޮޑުތަނުން ފެއިލްވެފައި" އާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު