ލެޓިއުސް އަކީ ސިއްހަތަށް ފައިދާހުރި އެއްޗެއް.
ލެޓިއުސް އަކީ ސިއްހަތަށް ފައިދާހުރި އެއްޗެއް.
ކެއުމުގައި ލެޓިއުސް ފަތް ހިމަނަންވީ މިހެންވެ!

ލެޓިއުސް ފަތަކީ ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ފަތެކެވެ. ލެޓިއުސް އަކީ އަޅުގަނޑުމެންގެ ކެއުމުގައި އެކި ގޮތްގޮތަށް ބޭނުންކުރަމުން އަންނަ ފަތަކަށް ވީއިރު، މި ފަތް ބޭނުންކުރުމުން ހަށިގަނޑަށް ގިނަގުނަ ފައިދާތައްވެސް ލިބެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު އެކި ވައްތަރުގެ ލެޓިއުސް ހުރެއެވެ. ލެޓިއުސް އަކީ ރާއްޖޭގައިވެސް ފަސޭހަކަމާއެކު ލިބެން ހުންނަ ފަތުގެ ބާވަތެކެވެ. އަދި މިއީ ގިނަ ގޭބިސީތަކުގައި ސަޓަނި ހެދުމަށް އެންމެ ގިނައިން ބޭނުންކުރާ ފަތުގެ ބާވަތްވެސް މެއެވެ. އަދި ހަމަ އެހެންމެ މިއީ ސޭންޑްވިޗްއާއި ސަބްމެރިންފަދަ އެއްޗެތި ތައްޔާރު ކުރުމުގައިވެސް ބޭނުން ކުރާ ފަތެކެވެ.

ލެޓިއުސް ގައި އަޅުގަނޑުމެންގެ ސިއްހަތަށް ވަރަށް ގިނަގުނަ ފައިދާހުރި މާއްދާތައް އެކުލެވިގެންވެއެވެ. އެގޮތުން ބަލާއިރު އޭގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑަންޓްތަކާއި، ފައިބަރާއި، ކެލްސިއަމްއާއި، އަޔަން އަދި ޕޮޓޭސިއަމް އެކުލެވިގެން ވެއެވެ. މި މާއްދާތަކަކީ ދޮޅަހެޔޮ ސިއްހަަތެއްގައި ދެމިހުރުމަށް ވަރަށްވެސް މުހިއްމު މާއްދާތަކެކެވެ.

ލެޓިއުސް ބޭނުން ކުރުމުން ލިބިދޭ ފައިދާތަކުގެ ތެރޭގައި ކެންސަރު ފަދަ ބޮޑެތި ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރުމާއި، ހިތުގެ މައްސަލަތަކުން ދުރުކުރުމާއި، ބަނޑުހިކުމުން ރައްކާތެރިކޮށްދިނުމާއި، ކަށީގެ ދުޅަހެޔޮކަމާއި، އަދި މީގެ އިތުރުން އަރިދަފުސް ރޯގާ ފަދަ ކަންކަމުން ދުރުހެލިކޮށްދިނުން ހިމެނެއެވެ.

އާންމު ގޮތެއްގައި ލެޓިއުސް ފަތް ސެލެޑްތައް ހެދުމުގައި ބޭނުން ކުރި ނަމަވެސް މިއީ އެހެނިހެން ކާތަކެތި ތައްޔާރު ކުރުމުގައިވެސް ބޭނުން ކުރެވިދާނެ ފަތެކެވެ. އެގޮތުން ލެޓިއުސް ބޭނުން ކޮށްގެން ތައްޔާރު ކުރެވިދާނެ ބައެއް ކާނާ ތަކުގެ ތެރޭގައި ސްޕްރިންގް ރޯލާއި، އެކި ކަހަލަ ރައިސްތަކާއި، އެކި ކަހަލަ ރެޕް ތަކުގެ އިތުރުން ޓާކޯ ހިމެނެއެވެ. އަދި ހަމަ އެހެންމެ އެކި ކަހަލަ ސްމޫތީ ހެދުމުގައިވެސް ލެޓިއުސް ބޭނުން ކުރެވިދާނެއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންނަމަ ކޮންމެ ދުވަހަކުވެސް ކެއުމުގައި ފަތުގެ ބާވަތްތައް އެކުލަވާލުމަކީ ވަރަށް މުހިންމު ކަމެކެވެ. ނަމަވެސްފަތުގެ ބާވަތްތަކަކީ ގިނަ މީހުންނަށް އޭގެ ރަހަ ނުބައި ކަމުން ކެވޭ އެއްޗިއްސެއް ނުވެއެވެ. އާންމު ގޮތެއްގައި ފަތުގެ ބާވަތްތައް ނުބައި މީހުންނަށްވެސް ލެޓިއުސް އަކީ ވަރަށް މީރު އެއްޗެކެވެ. ވީމާ އެހެނިހެން ފަތުގެ ބާވަތްތައް ކާން އުނދަގޫ މީހުންވެސް ކޮންމެ ދުވަހެއްގައި ބަލަންވީ ކެއުމުގައި ލެޓިއުސް ހިމަނާލެވޭތޯއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން