ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެއް ކަމަށްވާ ޕުޝްޕާ 2 ނިކުތުމަށް ހަމަޖެހިފައިވާ ދުވަސް އިޢުލާން ކޮށްފިއެވެ.
ޕުޝްޕާ ފްރެންޗައިސްގެ ރަސްމީ އެކްސް އެކައުންޓުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި އަހަރު ޑިސެމްބަރު މަހުގެ 6 ގައި މުޅި ދުނިޔެއަށް ޕުޝްޕާ 2 ނެރޭނެ ކަމަށެވެ. މި ފިލްމު ނެރޭ ދުވަސް އާންމު ކޮށްފައި މިވަނީ ޕުޝްޕާ 2 ގެ ޑައިރެކްޓަރު ސުކުމާރު އާއި އައްލޫ އަރްޖުންއާ ދެމެދު ހިތްހަމަނުޖެހުންތަކެއް ހިނގާފައިވާކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.
އެގޮތުން ސުކުމާރުއާމެދު އައްލޫ އަރްޖުން ހިތްހަމަ ނުޖެހިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން މި ފިލްމުގެ މަސައްކަތް ލަސްވެދާނެކަމަށް ރިޕޯޓުތަކުގައި ބުނެފައިވުމުގެ ސަބަބުން ބެލުންތެރިން ތިބީ ވަރަށް ބޮޑަށް އެކަމާ ކަންބޮޑުވެފައެވެ. ނަމަވެސް މި ފިލްމު ނެރޭ ދުވަސް ހިއްސާކުރުމުން ބެލުންތެރިންނަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އައްލޫ އަރްޖުންއާއި ސުރުކުމާރާމެދު ދެބަސްވުންތަކެއް ހިނގާފައިވާ ކަމަށް ޝައްކު ކުރެވެން ފަށާފައިވަނީ އައްލޫ އަރްޖުން ތުނބުޅި ބާލާފައި ހުރުމުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޕުޝްޕާ2 ޝޫޓުކޮށް ނިމުމަށް ހަމަޖެހިފައިވަނީ އޮގަސްޓު މަހުގައެވެ. އެހެންކަމުން ފިލްމުގެ ޝޫޓިން ނިމެންދެން އައްލޫ އަރްޖުން އޭނަަގެ ޕުޝްޕާ ކެރެކްޓަރުގެ "ލުކް" ދަމަހައްޓާނެ ކަމަށް ބެލުންތެރިން އުންމީދު ކުރިކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ. ނަމަވެސް ދާދި ފަހުން އައްލޫ އޭނާގެ އާއިލާއެކު ޕްލައިޓެއްގައި ދަތުރު ކުރިއިރު، އޭނާގެ ތުނބުޅި ހުރީ ބާލާފައިކަމަށް ރިޕޯޓުތަކުގައި ވެއެވެ.
ދޭސީ މާޓީނީގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ އައްލޫ އަރްޖުންގެ ތުނބުޅި ބާލާފައިވަނީ ފިލްމު ޝޫޓު ކުރުމުގައި ނަގަން ނުޖެހޭ ބްރޭކްތައް ނަގާތީ އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށް ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ދާދި ފަބުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ފިލްމުގެ ޕްރޮޑިއުސަރު، އަދި އައްލޫ އަރްޖުންގެ ގާޓް ރަހްމަތްޔެރިއެއް ކަމަށްވާ ބާނީ ވާސޫވަނީ އެކްޓަރު އަދި ޑައިރެކްޓަރާއި ދެމެދު އެފަދަ މައްސަލައެއް ނެތްކަން ކަށަވަރު ކޮށްދީފައެވެ.
ފިލްމު "ޕުޝްޕާ 2: ދަ ރޫލް" މީގެ ކުރިން ނިކުތުމަށް ހަމަޖެހިފައިވަނީ އޮގަސްޓު 15ގައެވެ. ނަމަވެސް މިހާރު މި ފިލްމު ސިނަމާތަކަށް ނެރޭނީ ޑިސެމްބަރު މަހުގެ 02 ވަނަ ދުވަހަށް ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު