އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑެމުންދާތީ އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވަނީ، ތިރީސްހާސް މީހުންގެ އާބާދީއެއް އޮންނަ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލު ވެފައިވާ ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ރައްޔިތުން އެތައް އުނދަގުލެއް ތަޙައްމަލު ކުރަމުންދާ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ ރަސްމީ ޚިދުމަތްތައްވެސް ނުލިބި އެކަމުގެ ކަންބޮޑުވުން ބޮޑުވެފައިވާ ކަމަށް ނާޒިލް ހުށައެޅުއްވި މައްސަލާގައިވެއެވެ. އަދި އެކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ފާހަގަ ކޮށްފައިވާކަން ނާޒިލް ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން ކަރަންޓު ކަނޑާލުމުގެ ކުރިން ނޯޓިސް ދޭން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް އައްޑޫގައި ކަރަންޓު ކަނޑަމުންދަނީ އެގޮތަށް ނޫން ކަމަށާއި އައްޑޫގެ އިންޖީނުގެ މަރާމާތަށް ބޭނުންވާ ސާމާނު ވެސް ފޯރުކޮށް ނުދޭތާ ހަތް މަސް ދުވަސް ވެފައިވާ ކަމަށް ނާޒިލް ވިދާޅުވި އެވެ.
ނާޒިލްގެ ކުއްލި މައްސަލައަށް މަޖިލީހުގައި ބަހުސް ކުރަން ފެންނަ ކަމަށް ފާސްވީ 57 މެންބަރުންގެ އިއްތިފާގުންނެވެ.

ކިޔުންތެރިންގެ ހިޔާލު