ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަގެ މަގާމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ބަދަލުކުރުމާއެކު ޔޫސުފް މާނިއު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މާނިއު އިސްތިއުފާދެއްވި ސަބަބެއް އަދި ސާފުވެފައި ނުވިނަމަވެސް, އިތުބާރުހުރި މަސްދަރުތަކުން މިކަންވަނީ ކަށަވަރުވެފައެވެ.

މާނިއު ކުރިން ހުރީ ކަސްޓަމްސްގެ ކޮމިޝަނަރު ޖެނެރަލް (ސީޖީ) ގެ މަގާމުގައެވެ. ނަމަވެސް, މިދިޔަ ހޯމަ ދުވަހު ކުއްލިގޮތަކަށް އޭނާ ވަނީ އެ މަގާމުން ވަކިކޮށް ސްޓޭޓް މިނިސްޓަރުގެ މަގާމަށް ހަމަޖައްސަވާފައެވެ.

ސީޖީ ކަމުގެ މަގާމުން އޭނާ ވަކިކުރުމަށްފަހު އެ މަގާމަށް އައްޔަނު ކޮށްފައިވަނީ ޅ. ހިންނަވަރު ސަންދުރަ، ފާޠިމަތު ދިޔާނާއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މާނިއުއަކީ މީގެ ކުރިން ވެސް އެކި މަގާމުތަކުގައި ހުންނެވިއިރު އާންމުންގެ އެކި ފާޑުކިޔުންތައް އަމާޒުވެފައިވާ ބޭފުކެވެ. ހާއްސަ ގޮތެއްގައި ރާއްޖެއަށް ހަތިޔާރު އެތެރެކުރަން ބޭނުންވެއްޖެ މީހަކަށް އެކަން ކުރެވޭގޮތަށް ފުރުސަތު ހުޅުވިފައި އޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވުމާއި ގުޅިގެން މިފަހުން އޭނާއަށް ވަނީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން