ބޮލީވުޑުގެ ބަތަލާ ސޯނަމް ކަޕޫރު
ބޮލީވުޑުގެ ބަތަލާ ސޯނަމް ކަޕޫރު
އަދިވެސް ޒުވާން ރޯލުތައް ކުޅެން ލިބޭ ކަމަށް ބޮލީވުޑުގެ ނަންވިދާ، ހިތްގައިމު ބަތަލާ ސޯނަމް ކަޕޫރު ބުނެފިއެވެ.

ސޯނަމް ކަޕޫރަކީ ބޮލީވުޑުގެ ރީތި ބަތަލާއިންގެ ތެރެއިންވެސް ދުނިޔޭގެ އެކި ކަންކޮޅުގެ މީހުންގެ ލޯބި ލިބިފައިވާ ކާމިޔާބު ތަރިއެކެވެ. އޭނާ ފިލްމީ ދާއިރާއާ ދުރުދުރުން އުޅޭތާ އަހަރުތަކެއް ވޭތުވެފައިވީނަމަވެސް އަދިވެސް 20 އަހަރުގެ ޅަޒުވާނުންގެ ރޯލުތައް ކުޅުމަށް ފުރުސަތު ލިބޭ ކަމަށް އޭނާ ބުނެފައިވަނީ ދާދި ފަހުން އޭނާ ދިން އިންޓަވިއުއެއްގައެވެ.

ދަ ޑާޓީ މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ސޯނަމް ބުނެފައިވަނީ މިހާރުވެސް އުމުރުން 20 ގެ އަހަރުތަކުގެ ޒުވާނުންގެ ރޯލުތައް ކުޅުމުގެ ފުރުސަތު ލިބެމުން އަންނަ ކަމަށެވެ. އަދި އެކަމާ އޭނާ ހައިރާން ވާ ކަމަށްވެސް އޭނާ ބުނެއެވެ. އެވާހަކަ ތައް ހިއްސާކުރަމުން އޭނާ ބުނީ ދާދި ފަހުން އަންހެން ކުއްޖެއްގެ މައިންބަފައިން އޭނާ ކައިވެނި ކުރުވަން އުޅޭ ވާހަކައެއްގެ މައްޗަށް ބިނާ ކޮށް ހަދަން އުޅޭ ފިލްމެއްގެ ލީޑު ރޯލު ކުޅުމުގެ ފުރުސަތުވެސް ލިބުނުކަމަށެވެ. ނަމަވެސް އެއީ އޭނާއާ އެހާ ގުޅޭ ރޯލެއްކަމަށް ގަބޫލު ނުކުރެވޭތީ ފިލްމު އުފައްދާ މީހުންނާ ސުވާލުތަކެއް ކުރިމަތި ކުރުވި ކަމަށްވެސް ސޯނަމް ވަނީ ބުނެފައެވެ. އަދި އޭނާއަކީ އެ ރޯލަށް އެންމެ ކަމުދާ އެކްޓަރުތޯ އަހައި ފިލްމު އުފައްދާ ފަރާތްތަކާ ސުވާލު ކުރިކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މިފަދަ އިތުރު އެހެން ފުރުސަތެއްގެ ވާހަކަ އިންޓަވިއުގައި ހިއްސާކުރަމުން ސޯނަމް ބުނީ އިތުރުން އޭނާއަށް ލިބުނު މިފަދަ އެހެން ރޯލެއްގެ ވާހަކަވެސް އޭނާ ވަނީ މި އިންޓަވިއުގައި ހިއްސާ ކޮށްފައެވެ. އެގޮތުން ސްކޫލުދައުރުން ފެށިގެން ކުޅިވަރުގެ މައިދާނުގައި ކާމިޔާބު ކުއްޖަކު ބޮޑުވެގެން ކުޅިވަރު ކުޅޭ މީހަކަށްވާތަން ފެންނަ ވާހަކަ އަކަށް ބިނާ ކޮށް ހަދާ ފިލްމެއްގެ ލީޑު ރޯލު ކުޅެން އޭނާ އަށް ލިބުނު ކަމަށެވެ. އެ ރޯލު ލިބުމުން އެ ރޯލު އެހެން އެކްޓަރަކާއެކު ހިއްސާކުރަން ޖެހޭނެ ކަމަށް ހީކޮށްގެން ހުރިނަމަވެސް ފިލްމު އުފައްދާ ފަރާތުން ބޭނުންވީ ސްކޫލު ދައުރުގެ ރޯލުވެސް އޭނާ އަދާކުރުމަށެވެ. އެހެންކަމުން އެންމަފަހުން މި ދެ ރޯލަށްވެސް އޭނާ އިންކާރު ކުރީކަމަށް ސޯނަމް ބުންޏެވެ.

މިހާރު އުމުރުން 39 އަހަރުގެ ބަތަލާ ވަނީ އޭނާ އުމުރާ ނުގުޅޭ ރޯލުތައް ކުޅެން ބޭނުން ނުވާ ކަމަށެވެ. އެގޮތުން ފިލްމެއްގައި އުމުރަށްވުރެ ކުޑަ މީހެއްގެ ރޯލެއް އަދާކުރަން ބޭނުން ނުވާކަމަށް އޭނާ ފާހަގަކުރިއެވެ. އަދި މިފަދަ ރޯލުތައް ކުޅެން ލިބުމުން އެ ރޯލުތަކަށް އޭނާގެ އާއިލާގެ އެހެން ފަންނާނުން ރިކޮމެންޑް ކުރާކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އެހެންނަމަވެސް ސޯނަމް އިތުރަށް ބުނެފައިވަނީ ދަރިއެއް ލިބުމުންވެސް، އަދިވެސް އޭނާއަކީ ޒުވާން މީހެއްގެ ގޮތުގައި ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ދެކޭތީ އެކަމާ އުފާކުރާ ކަމަށެވެ. އަދި އޭނާ ބުނެފައިވާ ގޮތުގައި އަދިވެސް އޭނާ ޒުވާންކަމަށް އެދެކެނީ އޭނާގެ ދަރިފުޅު މީޑިއާތަކާ ވީހާވެސް ދުރުން ބޮޑު ކުރަމުން އަންނާތީ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ސޯނަމް ފިލްމީ ދާއިރާއާއި ދުރުވެފައިވަނީ ދަރިފުޅު ލިބުމާއެކު ފިރިމީހާއި އަދި ދަރިފުޅާއެކު ދިރިއުޅުން ލަންޑަނަށް ބަދަލު ކުރުމުގެ ސަބަބުންނެވެ. ސޯނަމްގެ ދަރިފުޅު އުފަންވެފައިވަނީ 2022 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން