ބޮލީވުޑުގެ ބަތަލު ޖެކީ ސްރޮފް- ގޫގުލް ފޮޓޯސް
ބޮލީވުޑުގެ ބަތަލު ޖެކީ ސްރޮފް- ގޫގުލް ފޮޓޯސް
ގަދަ ވަޔާއި ވާރޭގައި ކޮންސްޓްރަކްޝަން މަސައްކަތްތެރިން ކުރަމުންދާ ބުރަ މަސައްކަތަށް ބޮލީވުޑުގެ ނަން މަޝްހޫރު ތަރި ޖެކީ ޝްރޮފް ތައުރީފު ކޮށްފިއެވެ.

ދާދި ފަހުން އޭނާ ވަނީ އިންސްޓަގްރާމުގައި ގަދަ ވަޔާއި ވާރޭގައި މަސައްކަތް ކުރަމުން ދިޔަ ކޮންސްޓްރަކްޝަން މަސައްކަތްތެރިއެއްގެ ވީޑިއޯ ހިއްސާކޮށް، އެމީހުން އެކުރާ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތްތަކެއް ކަމަށް ބުނެ ތައުރީފު ކޮށްފައެވެ.

އެ ވީޑިއޯގައި އެ މަސައްކަތްތެރިޔާ އިމާރާތެއްގެ އުސް ފަންގިފިލާއެއްގައި މަސައްކަތް ކުރަމުންދާތަން ފެންނަ އިރު، މޫސުން ސަކަރާތްވެ އެކަމުގެ ސަބަބުން ލިބޭ ގޮންޖެހުންތަކަށް ފަރުވާލެއް ނުބަހައްޓާ މަސައްކަތް ކުރަމުންދާތަން ފެންނަ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި ހަމަ އެހެންމެ އެ ވީޑިއޯގައި މޫސުން ގޯސްވުމުގެ ސަބަބުން ވައިރޯޅީގެ އަޑު އިވޭތީ އެ މަސައްކަތްތެރިޔާގެ މަސައްކަތް އިތުރަށް ފާހަގަ ކޮށްލެވޭ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

އެ ވީޑިއޯގެ ކެޕްޝަނުގައި ޖެކީ ޝްރޮފް ވަނީ އެމީހުން އެކުރާ މަސައްކަތަށް ޝުކުރު އަދާ ކޮށްފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ އެމީހުން ގަދަ ވަޔާއި ވިއްސާރައިގައިވެސް އެމީހުންގެ ވަޒީފާ ފުރިހަމައަށް އަދާ ކުރާ ކަމަށެވެ. އަދި އެމީހުން އެކުރާ މަސައްކަތަކީ ހަގީގަތުގައި ވަރަށް ބުރަ މަސައްކަތެއް ކަމަށާއި، އެމީހުންނަށް ލޯތްބާއި އިހްތިރާމް ހައްގުވާކަމަށްވެސް ޖެކީ ވަނީ ބުނެފައެވެ. އޭނާ މީސް މީޑިއާގައި މި ވީޑިއޯ ހިއްސާކުރުމުން އޭނާއަކީ ހިތްތިރި، އޯގާތެރި އަދި އެންމެނަށްވެސް އިހްތިރާމް ކުރާ މީހެއްކަން އެނގެއެވެ.

ޖެކީއަކީ މަޝްހޫރުވުމެ ކުރިން ވަރަށް އާންމު ދިރިއުޅުމެއް އުޅުނު އަދި ދިރިއުޅުމުގައި ހިތި ތަޖުރިބާތަކެއް ކޮށްފައިވާ ތަރިއެކެވެ. ސިދާތު ކަނާން އާއެކު ކުރިއަށް ގެންދިޔަ އިންޓަވިއުއެއްގައި ޝްރޮފް ވަނީ މަޝްހޫރުކަމާއި ކާމިޔާބީ ލިބުމުގެ ކުރިން މުމްބާއީގެ ޓީން ބާޓީ ސަރަހައްދުގައި ހުންނަ ކުޑަ ޗައުލެއްގައި ހޭދަކުރި 33 އަހަރުގެ ވާހަކަ ވަރަށް އަސަރާއެކު ކިޔައިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން