ބޮލީވުޑުގެ މަޝްހޫރު ތަރި ސަލްމާ ޚާން އާއި ލަވަކިޔުންތެރިއާ އިއުލިއާ ވަންތުރް- ގޫގުލް ފޮޓޯސް
ބޮލީވުޑުގެ މަޝްހޫރު ތަރި ސަލްމާ ޚާން އާއި ލަވަކިޔުންތެރިއާ އިއުލިއާ ވަންތުރް- ގޫގުލް ފޮޓޯސް
މަޝްހޫރު ލަވަކިޔުންތެރިޔާ ޔޫލިއާ ވަންތުރުގެ 44 ވަނަ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި ބޮލީވުޑުގެ މަޝްހޫރު ތަރި ސަލްމާން ޚާން އާއި އޭނާގެ އާއިލާގެ ބައެއް މެންބަރުން ބައިވެރި ވެއްޖެއެވެ.

ޔޫލިއާ ވަންތުރުގެ 44 ވަނަ އުފަންދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަ ކޮށްފައިވާއިރު، ބޮލީވުޑުގެ މަޝްހޫރު ބަތަލު ސަލްމާން އާއި އޭނާގެ އާއިލާގެ ގިނަ މެންބަރުން މި ހަފްލާގައި ބައިވެރި ވެފައިވާކަމަށް ރިޕޯޓުތަކުން ހާމަކޮށްފައި ވެއެވެ. އެ ހަފްލާގައި ސަލްމާން އާއި އޭނާގެ އާއިލާ މީހުން ބައިވެރިވެފައިވަނީ ރޯމޭނިއާގެ ރީތި ލަވަކިޔުންތެރިޔާ ޔޫލިއާ އާއި އެމީހުންނާމެދު ގާތް ރަހްމަތްތެރިކަމުގެ ގުޅުމެއް އޮންނާތީ ކަމަށްވެސް ހަބަރުތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.

ސަލްމާން ޚާންގެ ޅިޔަނު އަތުލް އަގްނީހޯތުރީ އޭނާގެ އިންސްޓަގްރާމްގައި އިއުލިއާއަށް އުފަންދުވަހުގެ ތަހުނިޔާ އަދާކުރުމުގެ ގޮތުން ހިއްސާކުރި ފޮޓޯއިން އެ އާއިލާގެ ގިނަ މެންބަރުން މި ހަފްލާގައި ބައިވެރި ވެފައިވާތަން ފެނެއެވެ. އެގޮތުން ފޮޓޯގައި ތިބި އެންމެންގެ މެދަށްވާ ގޮތަށް ސަލްމާން ހުރި އިރު، އޭނާގެ ވަށައިގެން އޭނާގެ އަންހެން ކޮއްކޮ އަރްޕީތާ ޚާން ޝަރްމާ އާއި އަލްވީރާ އަގްނީހޯތުރީ އާއި އެކު އެމީހުންގެ ފިރިން އާޔޫޝް ޝަރްމާ އާއި އަތޫލް އަގްނިހޯތުރީ ވެސް ފެނެއެވެ. އަދި ހަމަ އެހެންމެ އަރްބާޒް ޚާން ގެ ދަރިފުޅު އަރުހާން ޚާން އާއި، ސުހެއިލް ޚާންގެ ދަރިފުޅު ނިރްވާން ޚާންވެސް މި ފޮޓޯއިން ފެނެއެވެ.

ސަލްމާން ހާން އާއި ޔޫލިއާ ވަންތުރު އަކީ ލޯބި ވެރިން ކަމަށް ބުނެ އަޑު ފެތުރެމުން ދާތާ މިހާރު އަހަރުތަކެއް ވެދާނެއެވެ. ނަމަވެސް ސަލްމާން ދުވަހަކުވެސް ރަސްމީކޮށް އެ ދެމީހުންގެ ގުޅުން އެއްވެސް ގޮތަކަށް ކަށަވަރު ކޮށްދީފައެއްް ނުވެއެވެ. މި ދެ ފަންނާނުން ވަނީ އެކުގައި ވަރަށް ގިނަ ލަވަތަކެއް އުފައްދާފައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް ލަވަތަކުގެ ތެރޭގައި، ސުލްތާން ފިލްމު "ޖަގް ގޫމެޔާ" އާއި، ރާދޭ ފިލްމުގެ "ސީޓީ މާރު" ހިމެނެއެވެ.

ސަލްމާނު މިހާރު އަވަދިނެތި އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސިކަންދަރު" ޝޫޓު ކުރުމުގައެވެ. އާރް މުރްގަޑޯސް ޑައިރެކްޓު ކުރާ މި ފިލްމުގެ މުހިންމު ރޯލުތަކުގައި ސަލްމާންގެ އިތުރުން ރަޝްމިކާ މަންދަން އާއި ޕްރަތީކު ބައްބަރު އާއި ސަތިޔަރާޖު ފެނިގެންދާނެއެވެ. މި ފިލްމުގެ ނަން މި އަހަރުގެ އޭޕްރީލް މަހު ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު މި ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އީދުގައެވެ.

މީގެ އިތުރުން ސަލްމާން ޚާން ދެން ފެނިގެންދާނީ ސާޖިދް ނާޑިއަދްވާލާގެ ފިލްމު "ކިކް" އިންނެވެ. އެގޮތުން މިފިލްމުގައި ސަލްމާން ކުޅޭނީ "ޑެވިލް" ގެ ރޯލެވެ. މި ފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ހަބަރުތަކުގައި ވާއިރު، މި ފިލްމުގެވެސް ސިނަމާތަކަށް އަންނާނީ 2025 ގަައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޖޫލިޔާ

29-Jul-2024

ސަލްމާނު ނޫޅެދޯ އަދިވެސް ބިރިޔާނީ ކެއްކޭތޯ ބަލާކަށް. ދެން ފިލްމު ކުޅުން މަޑު ޖައްސާލާފަ ބިރިޔާނީ ކެއްކޭތޯ ބަލާލަބަލަ.



ޓްރެންޑިން