އެމެޒަން އިން އޯޑަރު ކުރި ޕެކޭޖަކުން ދިރޭ ބޮނޑެއް ފެނިއްޖެ!
މީހަކު އެމެޒަން އިން އޯޑަރު ކުރި އެއާ ފްރަޔާއެއްގެ ފޮށިގަނޑުގައި ދިރިހުރި ބޮނޑެއް އޮތުމުން އެކަން މީސް މީޑިއާގައި އޭނާ ހިއްސާކޮށްފިއެވެ.
ސޯފިއާ ސެރާނޯ ނަމަކަށް އެމީހާ ދާދިފަހުން އެކްސްގައި ހިއްސާކުރި އެ ޕޯސްޓެއްގައި ވަނީ އެމެޒަން އިން އޯޑަރު ކޮށްގެން ގެނައި އެއާ ފްރަޔާއެއްގެ ފޮށީގައި ދިރޭ ބޮނޑެއް އޮތް ކަމަށެވެ.
ސޯފިއާ ސެރާނޯ އެކްސްގައި ކުރި މިޕޯސްޓް ވައިރަލްވެފައިވާއިރު، އެ ޕޯސްޓުގައި އޭނާވަނީ އެއާ ފްރަޔާ އެޅި ފޮށީގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެފޮޓޯއިން އެ ފޮށިގަނޑު ތެރޭގައި ބޮނޑު ވެސް އޮތްތަންފެނެއެވެ. އެ ފޮޓޯގެ ކެޕްޝަންގައި އޭނާ ލިޔެފައިވާ ގޮތުގައި އެމެޒަން އިން އޭނާ އޯޑަރު ކުރީ އެއާ ފްރަޔާއެއް ކަމަށާއި އެއާއެކު ދިރޭ އެއްޗެއް އައިސްފައިވާ ކަމަށެވެ.
އޭނާ އެމެޒަންގެ އެކްސް އެކައުންޓު ޓެގް ކޮޮށް ބުނެފައިވަނީ އެއީ އެމެޒަންގެ މައްސަލައެއް ކަން ކަށަވަރު ވާ ކަމަށެވެ. އޭނާ މިހެން ބުނެފައިވަނީ އެ ބޮނޑު އޮތީ އެޔާ ފްރަޔާ ބަންދު ކޮށް ޕެކް ކޮށްފައިވާ ފޮށީގައި ކަމަށް ވާތީއެވެ. އަދި އޭނާ ބުނެފައިވަނީ މިއީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި މިފަދަ ޖަނަވާރުތަކުގެ ސަބަބުން ސިއްހީގޮތުން ގެއްލުންތަކެއް ކުރިމަތިވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންނަމަވެސް އެމެޒަން އިން މިކަމަށް ޒިންމާ ނަގަން ބޭނުން ނުވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ. އޭނާ ވަނީ އެ ބޮނޑުގެ ތަންކޮޅެއް ކައިރިން ނަގާފައިވާ ފޮޓޯއެއްވެސް އެކްސް ގައި ހިއްސާކޮށްފައެވެ.
މި ޕޯސްޓު މީސް މީޑިއާގައި ހިއްސާ ކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މި ޕޯސްޓު ހިއްސާ ކުރުމާއެކު މި ޕޯސްޓުވަނީ ވައިރަލް ވެފައެވެ. އަދި ވަރަށް ގިނަ މީހުން ވަނީ މި ޕޯސްޓް ޝެއާ ކޮށް މި ޕޯސްޓުގެ ކޮމެންޓް ސެކްޝަން ފުރާލާފައެވެ. އެގޮތުން ބައެއް މީހުން އެއީ ކޮންތަނަކުން އައިސްފައިވާ ޕާރުސަލެއްތޯ އަހައި ސުވާލު ކޮށްފައިވާއިރު އަނެއް ބަޔަކު ބުނެފައިވަނީ އެމީހުންނަށް އެފަދަ ކަމެއް ދިމާވެއްޖެ ނަމަ ބިރުން ހަލާކުވާނެ ކަމަށެވެ. އަދި ބައެއް މީހުން ވަނީ މިފަދަ ހާލަތެއް މެދުވެރިވުމުން އެ ގައުމެއްގެ ތިމާވެއްޓާ ބެހޭ ޖަމިއްޔާތަކަށާއި ފުލުހަށް އަންގަން ޖެހޭނެ ކަމަށްވެސް ބުނެފައެވެ.
މި ޕޯސްޓު ވައިރަލް ވުމުން އެމެޒަންގެ އެކްސް އެކައުންޓުން ވަނީ އެ ޕޯސްޓަށް ކޮމެންޓް ކޮށް މައާފަށް އެދިފައެވެ. އެގޮތުން އެމެޒަން އިން ކުރި ކޮމެންޓްގައި އޮތީ މިފަދަ ކަމެއް މެދުވެރިވުމުގެ ސަބަބުން ވަރަށް މައާފަށް އެދޭ ކަމަށެވެ. އަދި މި އޯޑަރު ކޮށްފައިވަނީ އެމެޒަންގެ ކޮން ސައިޓަކުންތޯވެސް ކޮމެންޓްގައި އަހާފައި ވެއެވެ.
މިހާރަކަށް އައިސް އެމެޒަންއާ ގުޅޭ ވަރަށް ގިނަ މިފަދަ މައްސަލަތައް ފެންމަތިވުން ވަނީ އާންމު ކަމަކަށް ވެފައެވެ. އަދި އެމެޒަން އިން، ބޭނުން ކޮށްފައި ހުންނަ ބައެއް ސާމާނު އާ އެއްޗެހީގެ ގޮތުގައި ވިއްކާކަމަށްވެސް ވަރަށް ގިނަ މީހުން ދަނީ ތުހުމަތުކޮށް ވާހަކަތައް ދައްކަމުންނެވެ. ދިވެހިންގެތެރޭގައިވެސް އެމެޒަން އިން އެކި ކަހަލަ ތަކެތި ގަންނަ މީހުން ވަރަށް ގިނައެވެ. ވީމާ މިގޮތަށް އޮންލައިނުކޮށް ވިޔަފާރި ކުރާއިރު އެއީ މިފަދަ ކަންކަމަށް ސަމާލުކަން ދިނުން ވަރަށްވެސް މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު