ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޖާންވީ ކަޕޫރު- ގޫގުލް ފޮޓޯސް
ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޖާންވީ ކަޕޫރު- ގޫގުލް ފޮޓޯސް
ދެން އެންމެ އަވަހަށް ޖާންވީ ފެނިގެންދާނެ ފިލްމު "އުލާޖު" ގެ ވާހަކަތައް ހިއްސާކުރުމުގެ ގޮތުން ޕިންކް ވިލާއަށް ދިން އިންޓަވިއުގައި އެ ފިލްމުގެ ލީޑު ރޯލު ކުޅެން ނިންމި ސަބަބު ޖާންވީ ހާމަކޮށްފިއެވެ. މި އިންޓަވިއުގައި ފިލްމު ކުޅެން އެއްބަސްވީ ކޮން ސަބަބަކާ ހުރެތޯ ސުވާލު ކުރުމުން އޭނަަ ބުނެފައިވަނީ އޭނާ މި ފިލްމުގައި އެކްޓު ކުރުމަށް ނިންމި ސަބަބާ ޓިރޫޕަތީއާ ގުޅުމެއް ވާކަމަށެވެ.

މި ފިލްމު ކުޅެން ނިންމި ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަމުން ޖާންވީ ބުނެފައިވަނީ މި ފިލްމަކީ އޭނާ މިހާތަނަށް ކުޅުނު ފިލްމުތަކާ ތަފާތު ފިލްމެއްކަމުން ފިލްމުގެ ޑައިރެކްޓަރު ސުދާންޝޫ ސާރިޔާއާއި ބައްދަލު ކުރީ އޭނާއަށް ގަދަރު ކުރާތީ ފޯމެލިޓީއެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން އޭނާ ބުނެފައިވަނީ ސޫދާންޝޫވެސް އޭނާ އެ ރޯލަށް އާނއެކޭ ބުނާނެކެމަށް އުންމީދު ކޮށްފާނެހެން ހީނުވާކަމަށެވެ.

ޖާންވީ އާއި ފިލްމުގެ ޑައިރެކްޓަރު ސުދާންޝޫގެ ބައްދަލުވުމުގައި ސުދާންޝޫ އޭނާއަށް ފިލްމުގެ ފުރަތަ ކޮޅުގައި ވާނެ ކަންތައްތައް ކިޔައިދީ ސްކްރިޕްޓުގެ ބާކީބައި ވަގުތެއް ލިބުމުން ކިޔާފައި ހަބަރެއް ވާން އެދުނު ކަމަށް ޖާންވީ ބުންޏެވެ. އޭނާ އިތުރަށް ބުނެފައިވަނީ ސުދާންތޫ އެ ފިލްމުގެ ފުރަތަމަ 20 މިނެޓުގައި ވާ ކަންތައްތައް ކިޔައި ދިނުމުން އޭނާ އެ ސްކްރިޕްޓާ ގަޔާވި ކަމަށެވެ. އަދި އޭނާ ފާހަގަ ކޮށްފައިވަނީ މީގެ ކުރިން މިގޮތަށް ސްކްރިޕްޓެއް ކިޔައިދީގެން އެއްވެސް ސްކްރިޕްޓެއްގެ ރޯލެއް ކަމުގޮސްފައި ނުވާ ކަމަށެވެ. ޖާންވީ އިތުރަށް ބުނެފައިވަނީ އޭނާ އެ ސްކްރިޕްޓުގެ ބާކީ ބައި ކިޔަންފެށީ މީޓިން ނިންމުމަށްފަހު ޓިރޫޕަތީ އަަށް ދިޔަ ފްލައިޓުގައި ކަމަށާއި، ޓިރޫޕަތީއަށް ދިޔަ ދަރުރުމަތީ އެ ސްކްރިޕްޓު ކިޔާލެވުން އެއީ ރަނގަޅު ނިޝާނެއް ކަމަށް ދެކެ އެ ފިލްމު ކުޅެން ނިންމީ ކަމަށެވެ.

ޖަންގްލީ ޕިކްޗާސްގެ ދަށުން ވިނީތު ޖޭން ޕްރޮޑިއުސްކުރާ މި ފިލްމު ބިނާވެފައިވަނީ އަމިއްލަ ދިރިއުޅުމާއި، ވަޒީފާގެ މާހައުލުގައި ކުރިއަރައިދާން މަސައްކަތް ކުރާ ސިހާނާ ބާޓިއާގެ ވާހަކައަށެވެ. މި ފިލްމުގެ މުހިންމު އެހެނިހެން ރޯލުތައް ކުޅޭ އެކްޓަރުންގެ ތެރޭގައި ގުލްޝަން ދޭވައިއާ، ރޯޝަން މަތީން، ރާޖޭޝް ޓައިލަންގް، އަދި އަދީލް ހުސެއިން ވެސް ހިމެނެ އެވެ. "އުލާޖު" ސިނަމާތަކަށް ނިކުތުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ 2ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން