އިންޑިއާގެ ލަޑާކްގައިވާ ރޮބޮޓިން ޓެލެސްކޯޕަކުން އިމާރާތަކާ އެއްވަރުގެ އެސްޓެރޮއިޑެއްގެ ފޮޓޯ ނަގައިފިއެވެ.
ލަޑާކްގެ އިންޑިއަން އެސްޓްރޮނޮމިކަލް އޮބްޒަވޭޓަރީގައި ހުންނަ ގްރޯތު-އިންޑިއާ ޓެލެސްކޯޕުން އިމާރާތެއްގެ ސައިޒުގެ އެސްޓްރޮއިޑެއްގެ ފޮޓޯ ދުނިޔެއާ އެންމެ ކައިރިވަމުން ދިޔައިރު ނަގައިފި ކަމަށް ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފިއެވެ.
އެގޮތުން މުމްބާއީގެ އިންޑިއަން އިންސްޓިޓިއުޓު އޮފް ޓެކްނޮލޮޖީ (އައިއައިޓީ) ގެ ދަށުން ލަޑާކްގައި ހިންގާ ސްޕޭސް ޓެކްނޮލޮޖީ އެންޑް އެސްޓްރޯފިޒިކްސް ރިސާޗް ލެބްގެ ގެ އެސްޓްރޮލޮޖިސްޓެއް (ފަލަކީ އިލްމުވެރިއެއް) ކަމަށްވާ ވަރުން ބަލެރާއޯ ވަނީ މި އިވެންޓުގެ ފޮޓޯތައް މީސް މީޑިއާ ޕްލެޓްފޯމެއް ކަމަށްވާ އެކްސް ގައި ހިއްސާ ކޮށްފައެވެ.
އެ ފޮޓޯތައް ހިއްސާކުރަމުން އޭނާ ކެޕްޝަންގައި ލިޔެފައިވަނީ ގްރޯތު އިންޑިއާ ޓެލެސްކޯޕުން 116 މީޓަރުގެ ބިލްޑިންއަކާ އެއްސައިޒެއްގެ އެސްޓެރޮއިޑެއްގެ ފޮޓޯ އޭތި ރާއްޖެއާ އެންމެ ގާތް ވީ ގަޑީގައި ނަގާފައިވާ ކަމަށާއި، އޭގެ ހަރަކާތްތަށް ޓްރެކް ކޮށްފައިވާ ކަމަށެވެ. އަދި އެ ޓެލެސްކޯޕުން އެސްޓެރޮއިޑުގެ ހަލުވި ހަރަކާތްތައް ޓެރެކު ކުރަމުން ދިޔައިރު ފުރަގަހުގައިވާ ތަރިރައް ފެންނަމުން ދިޔައީ އަލީގެ ދޯދިތަކެއް ފަދައިން ކަމަށްވެސް އޭނާ ވަނީ ލިޔެފައެވެ.
ގްރޯތު-އިންޑިއާ ޓެލެސްކޯޕަކީ އިންޑިއާގެ ފުރަތަމަ ފުލް ރޮބޮޓިކް އޮޕްޓިކަލް ރިސާޗް ޓެލެސްކޯޕެވެ. މި ޓެލެސްކޯޕު ބެހެއްޓިފައިވަނީ ލަޑާކްގެ 4500 މީޓަރުގެ އޮބްޒަވޭޓަރީއެއްގައި ކަމަށްވާއިރު، މިއީ ދުނިޔޭގެ އެންމެ މަތީ ފަލަކީ އޮބްޒަވޭޓަރީތަކުގެ ތެރެއިން އެއް އޮބްޒަވޭޓަރީއެވެ. ފުޅާ މިނުގައި 0.7 މީޓަރު ހުންނަ މި ޓެލެސްކޯޕަކީ މުމްބާއީގެ އައިއައިޓީ އާއި ބެންގަލޫރުގެ އިންސްޓިޓިއުޓު އޮފް އެސްޓްރޯ ފިޒިކްސް (އައިއައިއޭ) އިން ގުޅިގެން އުފައްދާފައިވާ ޓެލެސްކޯޕެކެވެ.
މި ޓެލެސްކޯޕަކީ ޖައްވާއި ކައުނުގައި ހުންނަ އެސްޓްރޮއިޑް އާއި ކޮމެޓް ފަދަ ގޮވާ ތަކެތި ދިރާސާކުރާ ޓައިމް ޑޮމެއިން އެސްޓްރޮނޮމީ އަށް ޚާއްސަ ޓެލެސްކޯޕެކެވެ.

ކިޔުންތެރިންގެ ހިޔާލު