އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ޑޯނިއަރ ފްލައިޓް
އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ޑޯނިއަރ ފްލައިޓް
ބަލި މީހުން އުފުލަން އިންޑިއާގެ ޑޯނިއާ ބޭނުންކުރަން އަލުން ފަށައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުން މިއަދު ބުނީ ޑޯނިއަރ އަދި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން އެމްއެންޑީއެފުން ފޯރުކޮށްދެމުންދިޔަ ސިއްހީ އަވަސްފަރުވާ ދިނުމަށްޓަކައި ބަލިމީހުން އުފުލުމުގެ ޚިދުމަތް، މަދަނީންނާއެކު މިހާރު ފަށާފައިވާ ކަމަށެވެ.

އެމް.އެން.ޑީ.އެފުން މިކަން ހާމަކޮށްފައިވާއިރު މިނިވަން ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އިންޑިއާގެ މަދަނީންނާއެކު ޑޯނިއާ ފްލައިޓްގައި އިއްޔެ ވަނީ ހދ. ހަނިމާދޫން ބަލި މީހަކު އުފުލާފައި ކަމަށެވެ. އެކަމަށްޓަކައި އެމަނިކުފާނު ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރަށްވާފަ އެވެ.

ރާއްޖޭގައި ކުއްލި ހާލަތްތަކުގައި ބޭނުންކުރުމަށް އޮޕަރޭޓް ކުރަމުންދާ އިންޑިއާގެ ވައިގެ އުޅަނދުތައް ދުއްވަން މީގެ ކުރިން ތިބީ އިންޑިއާ ސިފައިންނެވެ. ނަމަވެސް މިދިޔަ މެއި މަހު ވަނީ ހުރިހާ އިންޑިއާ ސިފައިން ރާއްޖޭން ބާލައި އެ ބޯޓުތައް ދުއްވަން އިންޑިއާގެ މަދަނީ މީހުން ރާއްޖެއަށް ގެނެސްފަ އެވެ.

އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ދުއްވަން ތިބި އެ ގައުމުގެ ސިފައިން ރާއްޖެއިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން