ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރަސީދުތައް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

އެ މައުލޫމާތު ހޯދަން ނޫސްވެރިކަމުގައި އޭރު އުޅުއްވި އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން އޮތީ އެ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ގައި އެކަމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް އެ ދަތުރުފުޅާއި ގުޅޭ ބައެއް މައުލޫމާތު އޭރުގެ ސަރުކާރުން ހާމަކުރިނަމަވެސް، އަޒާން ހުށަހެޅުއްވިގޮތަށް ރަސީދުތައް ހާމަކޮށްފައެއް ނުވެއެވެ. އެ މައުލޫމާތު ނުދީ ހިފަހައްޓާފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އިތުރުން ހައިކޯޓުން ވެސް އެގޮތަށް ހުކުމް ކޮށްފައި ވަނިކޮށެވެ.

އެ މައްސަލާގައި ފަހުން ރައީސް އޮފީހުން ދިޔައީ އިސްތިއުނާފަށް ސުޕްރީމް ކޯޓަށެވެ. އަދި އެ ކޯޓުގައި މައްސަލަ ނުހިނގާ އޮއްވާ މި ސަރުކާރުން ބަންޑާރަނައިބުގެ ލަފާގެމަތިން މިހާރުވަނީ ސުޕްރީމް ކޯޓުން މައްސަލަ ނަގާފައެވެ.

އަދި އެދުނުގޮތަށް ރަސީދުތައް މިހާރު ލިބިފައިވާކަމަށާއި އެ މައުލޫމާތު ލިބުނީ، މިއީ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ދެފުށް ފެންނަ ސިޔާސަތުގެ ދަށުން ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ހެހެހެ

29-Jul-2024

ޜައްޔިތުންނަށް މިކަމުން ލިބުނީ ކޮން މޮޅެއްތޯ?



ޓްރެންޑިން