ގުޅިފަޅުން އުތުރުތިލަފަޅާހަމައަށް ގުޅާލުމުގެ އަމަލީ މަސައްކަތް 2026 ގައި ފެށުމަށް ތައްޔާރުވަމުންދާކަން ސަރުކާރުން ހާމަކޮށްފިއެވެ.

ރޭ އޮތް މިނިވަން ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފައްޓަވާނެ ކަމަށާއި އެތަނުގައި ސަރުކާރުން ތަރައްގީކުރާ އެކި ބާވަތުގެ ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ގުޅިފަޅުން އުތުރުތިލަފަޅާއި ހަމައަށް ބުރިޖަކުން ގުޅާލުމަކީ މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން އެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުއިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތުގައި މިހާރު ކުރެވެމުންދާ މަސައްކަތާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ޗައިނާގެ އޭޝިއާ އިންފްރާންސްޓްރްކްޗާ އިންވެސްޓްމެންޓް ބޭންކާއިއެކު މިހާރުވަނީ މަޝްވަރާތަކެއް ކުރެވިފައި ކަމަށެވެ. އަދި އެ މަޝްރޫއުގެ ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު މިހާރު އެ ބޭންކުން ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅިފަޅާއި ގިރާވަރުފަޅު އަދި އުތުރުތިލަފަޅަކީ ކުރީ ސަރުކާރުން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ނިންމާފައިވާ ތަންތަނެވެ. ނަމަވެސް، މި ސަރުކާރުން ވަނީ އޭގެ ތެރެއިން އުތުރުތިލަފަޅުގައި މީހުން އާބާދު ނުކުރަން ނިންމައި ސްޓޭޕްލް ފުޑަށް ހާއްސަކޮށް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމަށް އެ ރަށް ހާއްސަކުރަން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން