ބިންގަރާހެއްގައި 24 ގަޑި އިރު ބަންދުވެފައިތިބި ދެމެފިރިއަކު ސަލާމަތް ވެއްޖެ އެވެ.
ސިންގަޕޫރުގައި ދިރިއުޅެމުންގެންދާ އިންޑިއާއަށް ނިސްބަތްވާ މި ދެމަފިރިން ކަމުގައިވާ 39 އަހަރުގެ ނަމްރިތާ ކޯލީ އާއި އޭނާގެ ފިރިމީހާ ބިންގަރާހެއްގައި ތާށިވީ ޗުއްޓީ ހޭދަކުރުމަށް ތައިވާނަށް ގޮސް އުޅެނިކޮށް އެވަގުތު އެދެމަފިރިން އުޅުނު ސަރަހައްދައް ބިއްހެލުމެއް އައުމާގުޅިގެންނެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު ތައިވާނަށް އައި މި ބިންހެލުމުގެ ސަބަބުން އެދެމަފިރިން ވަނީ ޓަރޯކޯ ނޭޝަނަލް ޕާކުގައި ހުރި ބިންގަރާހެއްގައި 24 ގަޑި އިރު ވަންދެން ތާށިވެފައެވެ. މި ބިންހެލުމަކީ ވޭތުވެދިޔަ 25 އަހަރު ތެރޭގައި ތައިވާނަށް އައި އެންމެ ބޮޑު ބިންހެލުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އެއްދުވަސް ވަންދެން ތާށިވެފައިތިބި އިންޑިއާއަށް ނިސްބަތްވާ މި ދެމަފިރިން ސަލާމަތްވުމަށް ފަހު އެމީހުންވަނީ އެ ތަޖުރިބާ ހިއްސާ ކޮށްފައެވެ. އެމީހުން މި ހާދިޘާ ހިއްސާ ކޮށްފައިވަނީ ތައިވާނަށް އެރި ބިންހެލުމެއްގައި ޓަރޯކޯ އިންޓަނޭޝަނަލް ޕާކުން ދެމަފިރިޔަކު ގެއްލިގެން އުޅޭ ހަބަރު އަޑު އިވުމުންނެވެ.
ޗެނަލް ނިއުސް އޭޝިއާއަށް ދިން އިންޓަވިއުއެއްގައި ނަމްރިތާ ވަނީ އެމީހުންނަށް ދިމާވި މި ބިރުވެރި ހާދިޘާ ވަރަށް ތަފްސީލުކޮށް ކިޔައިދީ އެމީހުންގެ ތަޖުރިބާ ހިއްސާ ކޮށްފައެވެ. އެގޮތުން ނަމްރިތާ ބުނެފައިވަނީ މި ހާދިޘާ ހިނގާފައިވަނީ އެމީހުން ޓަރޯކޯ އިންޓަނޭޝަނަލް ޕާކުގައި ހައިކެއް ނިންމާފައި އައި މަގުމަތީގައި ކަމަށެވެ. އޭނާ ބުނެފައިވަނީ ބިންހެލުން އައިސްފައިވަނީ ގާތްގަނޑަކަށް ހެނދުނު 8 ޖެހިއިރު ކަމަށެވެ.
ނަމްރިތާ ބުނީ ބިންހެލުން ކުޑަކޮށް މަތަވާން އުޅޭހެން ހީވުމުން ޕާކު ކޮށްފައި އޮތް އެމީހުންގެ ކާރާ ދިމާއަށް ދެވޭތޯ ދުއްވައިގަތް ކަމަށާއި ނަމަވެސް ގާތައް ވެއްޓެން ފެށުމުން އެ މީޙުން އެ ބިންގަރާހުގައި ހުރި ކުޑަ ހޮހޮޅައެއް ކަހަލަ ތަނަކުން ހިޔާވަހިކަން ހޯދިކަމަށެވެ. އަދި ވެއްޓުނު ގާތަކުގެ ސަބަބުން އެ ދެމީހުންނަށްވެސް ކޮންމެވެސް ވަރަކަށް އަނިޔާ ލިބުނު ކަމަށް އޭނާ ބުންޏެވެ.
ނަމްރިތާ ބުނީ ބިންހެލުން މައިތިރިވިއިރު އެމީހުން ތިބީ އެމީހުން ހައިކް ކުރަން ފެށި ހިސާބާ ވަރަށް ކާރީގައި ކަމަށާއި، އަދި ގާތްގަނޑަކަށް 100 މީޓަރުގައި ހިނގާލުމަށްފަހު އެމީހުންގެ ކާރާ ހަމައަށް ދެވުނު ކަމަށެެވެ.
ކާރަށް އެރުނު ނަމަވެސް އެދެމެފިރިންވެސް ތިބީ ވަރަށް ބިރުގެންފައިކަމަށް ނަމްރިތާ ބުންޏެވެ. އަދި އެތަނުގައި ތާށިވެފައިވާ އެމިހުންނަށް އެނގުނީ އެ ޕާރކުތެރެއިން ކާރު ނެރެ އަނބުރާ އެމީހުން އެމީހުން ޗުއްޓީ ހޭދަކުރަމުންދާ ހުއާލިއެން ސިޓީއަށް ދާން ކާރު ދުވަމުން ދަނިކޮށެވެ. އެމީހުން އެ ބިންގަރާހުގައި ތާށިވެފައިވާކަން އެމީހުންނަށް އެނގުނީ އެ ބިންގަރާހުގެ އެއްދޮރާށި އެއްކޮށް ބަންދުވެފައިވީއިރު އަނެއް ދޮރާށި ކައިރީގައި ހުރި ފަރުބަދަތަކުން ވެއްޓެމުން ދިޔަ ގާތަކުގެ ސަބަބުން އެ ދޮރާށިވެސް ބަންދުވަމުން ދިޔަތަން އެމީހުންނަށް ފެނުމުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާ ބުނެފައިވަނީ އެދެމެފިރިންގެ އިތުރުން އެހެން ހައިކަރުންނާއި ޕާކުގެ ބައެއް މުއައްޒަފުންނާއެކު ޖުމްލަ 18 މީހުން އެ ބިންގަރާހުގައި ތާށިވެފައި ތިބި ކަމަށެވެ. އަދި ބިންހެލުމުގެ ސަބަބުން އެންމެ އަމާން ތަނަކީވެސް އެ ބިންގަރާސް ކަމަށާއި، އެތަނުން ނުގޮސް މަޑުކުރުމަށް ޕާކު ބަލަހައްޓާ މަސައްކަތްތެރިން ލަފާ ދިން ކަމަށްވެސް ނަރްމިތާ ބުނެފައިވެއެވެ.
ނަމްރަތާ ބުނީ ރޭގަނޑު ވެގެންދިޔައިރު އެމީހުން ތިބީ ވަރަށް ބޮޑަށް ހައިވެފައި ކަމަށާއި، އެންމެންވެސް ކާއެއްޗެހި ގެންގޮސްފައިވަނީ އެމީހުންގެ ހައިކަށް ވާ ވަރަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި އެ ބިންގަރާސް ނިމޭ ހިސާބުގައި އެތަން ބަލަހައްޓާ މީހުން ތިބުމަށް ހަދާފައި ހުރި ކުޑަ ކޮޓަރިއެއްްގައި ފަސްޓް އެއިޑު ކިޓާއި ނޫޑުލްސް ޕެކެޓުތަކެއް ހުރި ކަމަށާއި، ޒަހަމްވެފައިވާ މީހުންނަށް އެ ފަސްޓް އެއިޑު ކިޓުން ފަރުވާ ދީފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ ކޮޓަރީގައި ކެއްކޭނެ އިންތިޒާމްވެސް ހުރުމުން ބިންގަރާސް ބަލަހައްޓާ ސެކިއުރިޓީ ގާޑު ވަނީ ނޫޑުލްސް ކައްކައި އެންމެންގެ މެދުގައި ބަހާފައިކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި ބިންގަރާހުގައި ތާށިވި އެންމެންވެސް އެމީހުން ގެންދިޔަ ފެނާއި ކާބޯތަކެތި އެ އެންމެންގެ މެދުގައި ބަހައިގެން ބޭނުންކުރި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ނަމްރިތާ ވަނީ އެ ބިންގަރާހުން ނިކުމެ އެމީހުންނަށް ސަލާމަތް ވެވުނު ގޮތްވެސް މި އިންޓަވިއުގައި ހިއްސާކޮށްފައެވެ. އެގޮތުން ނަމްރިތާ ބުނެފައިވަނީ އަނެއް ދުވަހަށް އިރުއެރި އިރުވެސް އެމީހުންނަށް އެހީވާނެ އެއްވެސް ފަރާތެއް އައިސްފައި ނުވުމުން އެދުވަހު ހެނދުނު 6:30 ހާއިރު އޭނާއާއި އޭނާގެ ފިރިމީހާ ހިމެނޭގޮތަށް ބަންދުވެފައިތިބި ފަރާތްތަކުގެ ތެރެއިން 10 މީހުން ޕާކުގެ ވަރަށް އެތެރޭގައި ހުރި ހޮޓަލަކަށް ދިޔުމަށް ހިނގަން ފެށި ކަމަށެވެ. އެއީ އެމީހުން ތިބި ތަނާ 7 ކިލޯމީޓަރު ދުރުގައި ހުރި ހޮޓަލެއް ކަމަށާއި އެތަނަށް ދެވެން އޮތް މަގަކީ ހިލަ ވެއްޓުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ފުރުސަތު އޮތް މަގެއް ކަމުން އެއީ ވަރަށް ނުރައްކާތެރި މަގެއް ކަމަށްވެސް ނަމްރިތާ ކިޔައިދިނެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އެތަނަށް ދިޔަ ދަތުރުގައި އެތައް ފަހަރެއްގެ މަތިން އަކަން ނުކުރެވޭނެ ކަމަށް ހީވި ކަމަށާއި، ހިލަ ވެއްޓުމުގެ ސަބަބުން އެއިން ހިލަގަނޑެއްގައި ދަށުވެ މަރުވުމުގެ ނުރައްކާވެސް އޮތްކަމަށެވެ.
މީގެ އިތުރުން ނަމްރިތާ ބުނެފައިވަނީ އެތަނަށް ދިޔަ މަގު ވަރަށް ބޮޑަށް ހަލާކުވެފައި ވާކަމަށާއި، ބައެއް ހިސާބުތައް ހިލަތަކުގެ ސަބަބުން ބަންދުވެފައިވުމުން އޭގެ މަތިން އަރަން ޖެހުނު ކަމަށާއި، ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ހިސާބުތަކުން އެމީހުން ދިޔައީ ދުވެފައި ކަމަށެވެ. އަދި ނަސީބު ރަނގަޅު ކަމުން ދެގަޑިއިރެއްހާއިރުތެރޭ އެމީހުންނަށް އެ ހޮޓަލަށް ދެވުނު ކަމަށާއި، ހޮޓަލަށް ދެވުމުން އިންޑިއާގައި ތިބި މައިންބަފައިންނަށް ގުޅައި އޭމީހުންގެ ހާލު ރަނގަޅު ކަމަށް އެންގި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އޭނާ އިތުރަށް ބުނެފައިވަނީ އެމީހުންނަށް އެހޮޓަލުން ކާން ލިބުނު ކަމަށާއި، ހޮޓަލުގައި ތިބި ބައެއް ގެސްޓުން އެމީހުންނަށް އަންނައުނުވެސް ދީފައިވާ ކަމަށެވެ.
ނަމްރިތާ ޝުކުރުވެރިކަމާއެކު ފާހަގަކުރިގޮތުގައި އެވަގުތު އެ ހޮޓަލުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޑޮކްޓަރަކަށް ފިރިމީހާއަށް ލިބިފައިވާ އަނިޔާތައް ފެނުމުން އެނާގެ ހާލު ސީރިއަސް ކަމަށް ބުނެ ސިއްހީ ފަރުވާއަށް ވައިގެ މަގުން އޭނާ އާއި އޭނާގެ ފިރިމީހާ ހުއާލިއެންއަށް ފޮނުވައިދިން ނެވެ.
ނަމްރިތާ ބުނިގޮތުގައި ސަލާމަތްވުމަކީ މި ހާދިޘާ އެހެން މީހުންނަށް ކިޔައިދިނުމަށް ލިބުނު ފުރުސަތެއް ކަމަށާއި، މި ހާދިޘާގެ ސަބަބުން ކުދިކުދި ކަންކަމަށް ޝުކުރުވެރިވާން ދަސްވިކަމަށެވެ. އަދި ހަމަ އެހެންމެ މި ހާދިޘާގެ ސަބަބުން ނަފްސާނީ ސިއްހަތަށް އަސަރުތަކެއް ކޮށްފައިވާތީ އެކަމުން އަރައިގަތުމަށް މިހާރު ޕްރޮފެޝަނަލް އެހީތެރިކަން ހޯދަމުން އަންނަ ކަމަށާއި، މި ހާދިޘާ ކިޔައި ދިނުމަކީ އޭނާ އެކަމުން އަރައިގަތުމަށް ކުރާ ކަމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު