މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސް ޕްރޮސެސް ކުރުމުގެ ޤާބިލުކަން ފަސް ގުނައަށްވުރެ އިތުރުކުރުމަށް އަމާޒު ހިފާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ އަމާޒަކީ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި މަސް ޕްރޮސެސް ކުރުމުގެ ޤާބިލުކަން ފަސް ގުނައަށްވުރެ އިތުރުކުރުން ކަމަށާއި އޭރުން މަސް ބޭރުކޮށްގެން ރާއްޖެއަށް މިހާރު ލިބޭ އާމްދަނީ ގާތްގަނޑަކަށް ދެގުނަ އިތުރުވެގެންދާނެ ކަމަށެވެ.

ޝިޔާމް ވިދާޅުވީ މިވަގުތު ފެލިވަރުގައި ހުރި ފެސިލިޓީގެ ޕްރޮސެސިންގ ކެޕޭސިޓީ އަކީ 40 މެޓްރިކް ޓަނު ކަމަށެވެ. އަދި މިފްކޯއިން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް ހަތްދިހަހާސް މެޓްރިކްޓަނުގެ މަސް ބޭރުކުރާ ކަމަށާއި އޭގެތެރެއިން 65 އިންސައްތަ އަކީ ރޯމަހުގެ ގޮތުގައި ބޭރުކުރާ މަސްކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެހެންކަމުން މަސްވެރިކަމުގެ ސިނާޢަތު ތަރައްޤީ ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ދަށުން ފެލިވަރުގައި އިތުރު 100 މެޓްރިކް ޓަން، އަދި ނިލަންދޫއާއި ފިޔޯރީގައި އަޅާ ދެ ފެސިލިޓީގެ ތެރެއިން ކޮންމެ ފެސިލިޓީއެއްގައި ވެސް 100 މެޓްރިކް ޓަނުގެ ޕްރޮސެސިން ކެޕޭސިޓީ ޤާއިމު ކުރަށްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

“ޕްރޮސެސިންގ ކެޕޭސިޓީ އެތައް ގުނައަކަށް އިތުރުވެގެން ދިޔައީމަ ގާތްގަނޑަކަށް 180 ނުވަތަ 190 މިލިއަން ޑޮލަރަށް މަސް ބޭރުކޮށްގެން ލިބޭ އާމްދަނީ އިތުރުކުރެވޭނެ ކަމަށް މި ބަލަނީ.” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރާއްޖެއިން މިހާރު 128،000 ނުވަތަ 130،000 މެޓްރިކްޓަނުގެ މަސް ބާނާ ކަމަށާއި އަދި މަސް ބޭރުކޮށްގެން ލިބޭ އާމްދަނީ ހުރީ ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގައި ކަމަށެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު މިފްކޯއިން ވަނީ ޖުލައި ފުރަތަމަ ދުވަހުން ފެށިގެން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓު ކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގަކަށް ކަމަށް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން