ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ކަންކަމަށް ވަގުތު ހުސްކުރުމުގެ ގޮތުން ކަމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު، ޓޮމް ވިދާޅުވެއްޖެއެވެ.

މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓޮމް ވިދާޅުވީ، ޕީއެންސީގެ ޕާލިއަންމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުން އިސްތިއުފާދެއްވީ، މިވަގުތު އަމިއްލަކަންކަން ހުރިގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެއްވެންނެތުމުން ކަމަށެވެ.

ޓޮމްއަކީ ވިޔަފާރީގެ ތެރޭގައި ވެސް އުޅުއްވާ ބޭފުޅަކަށްވާއިރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އޭނާ ވާދަކުރައްވާނެކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފަ އެވެ.

ނަމަވެސް ތޯރިގު އެކަން ސީދާ ކަށަވަރުކޮށެއް ނުދެއްވަ އެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ވެސް ކުޑަ ދުވަސް ކޮޅަކަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަން ތޯރިގު ފުރުއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން