ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިއަ 2،069 ބިދޭސީން ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކަށް މިހާތަނަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން، މިއަހަރުގެ ޖުލައި 15 ވަނަ ދުވަހުގެ ނިޔަލަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިއަ 2،069 ބިދޭސީން ފުރުވާލެވިފައިވާ ކަމަށް އިމިގްށރޭޝަނުން ބުނެފައި ވެއެވެ. މި އަދަދަކީ މިދިއަ އަހަރުގެ ނޮވެންބަރު 16 އާއި ހަމައަށް ބަލާއިރު އިތުރު އަދަދެކެވެ.
ކޮންމެ ހަފްތާއަކު ހިންގޭ ރެއިޑް އޮޕަރޭޝަންތަކުގައި މާލެ ސަރަޙައްދުގެ އެތައް ތަނެއް ބަލައި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވެމުންދާކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު ވަނީ ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް ކަމަށް ވިދާޅުވެފައެވެ. އިމިގްރޭޝަނުން ދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ.
މިހާރު ކުރިއަށްްދާ އޮޕަރޭޝަނާއި ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝަމްޢާން ވަޙީދު އެކްސްގައި ވިދާޅުވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު ގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ހުރުމުގެ ހުއްދަނެތް އެއްވެސް ބިދޭސީއަކު ރާއްޖޭގެ އެއްވެސް ތަނެއްގައި ބެހެއްޓުމަކީ ކުށެއް ކަމަށެވެ. އަދި އެ ޤާނޫނުން ހާސިލުކުރަން ބޭނުންވާ މަޤްސަދުތައް ހާސިލުވިއަ ނުދިނުމުގެ ގޮތުން އަމަލެއް ކުރުމަކީވެސް ކުށެއް ކަމަށާއި އެފަދަ ފަރާތްތަކާއިމެދު އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، ފިޔަވަޅު އެޅޭނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ދާދި ފަހުން ތަޢާރަފްކޮށްފައިވާ "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ރައްޔިތުން ގިނަ އަދަދަކަށް ރިޕޯޓުކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އިމިގްރޭޝަނުން ބުނީ އެ މުއަސަސާގެ މަޤްސަދަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި ލަފާގެ ދަށުން، ކުރިއަށް އޮތް 03 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ފުރިހަމަ ހައްލެއް ހޯދުމެވެ.

ކިޔުންތެރިންގެ ހިޔާލު