ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އިގުތިސާދު ރަނގަޅު ކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުތަކަށް ބޭރު ގައުމުތަކުގެ އިތުބާރު ލިބެމުންދާކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ މިދިޔަ ސަރުކާރުގައި އެކި ކަންކަމުގައި ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ބޭރުގައުމުތަކުގެ އިތުބާރު ރާއްޖެއާއިމެދު އޮތީ ކުޑަވެފައި ކަމަށެވެ.

ނަމަވެސް, ދޭދޭ ގައުމުތަކާއި އޮންނަ ގުޅުން މިހާރު އިތުރަށް ބަދަހިވެފައިވާ ކަމަށާއި ރައީސްގެ މިސްރާބާއި ވިސްނުންފުޅު ދުނިޔޭގެ ގައުމުތަކުގެ ވެރިން އަދި އިންވެސްޓަރުންނަށް ކަމުދާކަމަށާއި އަދި އެބޭފުޅުން އެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން އެ ގައުމުތަކަށް ރައީސްގެ ސިޔާސަތުތަކާމެދު އޮތް އިތުބާރަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރ ޒަމިރު ވަނީ ސިފަ ކުރައްވާފައެވެ.

ޒަމީރުގެ ވާހަކައިގައި ވަނީ ކުރީ ސަރުކާރުން އިގުތިސާދީ ކަންކަމުގައި އަމަލުކޮށްފައިވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން, ކުރީ ސަރުކާރުން ވެރިކަމުން ދުރަށްދިޔައިރު ބައިތުލްމާލު އޮތީ ހުސްވެފައިކަމަށް ޒަމީރު ވިދާޅުވިއެވެ.

ނަމަވެސް, އެ ދަތި ހާލަތުގައި ވެސް މި ސަރުކާރުން ފައިސާ ޗާޕު ނުކޮށް ގިނަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން