ބޮލީވުޑުގެ މަޝްހޫރު ތަރިން އިމްރާން ޚާން އާއި ރަންބީރު ކަޕޫރު- ގޫގުލް ފޮޓޯސް
ބޮލީވުޑުގެ މަޝްހޫރު ތަރިން އިމްރާން ޚާން އާއި ރަންބީރު ކަޕޫރު- ގޫގުލް ފޮޓޯސް
ބޮލީވުޑުގެ އެތައް ބައެއްގެ ލޯބި ލިބިފައިވާ ބަތަލެއް ކަމަށްވާ ރަންބީރު ކަޕޫރު އޭނާގެ މަސައްކަތާއި ދިރިއުޅުމުގެ ކަންތައްތައް ބެލެންސް ކުރަނީ ބޮލީވުޑް ގެ ޕާފެކްޝަނިސްޓްގެ ނަމުން މަޝްހޫރު ތަރި އާމިރު ޚާންގެ ލަފާގެ މަތިން ކަމަށް އޭނާ ބުނެފިއެވެ.

ނިކިލް ކަމަތުގެ ޕޮޑްކާސްޓެއް ކަމަށްވާ "ޕީޕަލް ބައި ޑަބްލިއުޓީއެފް" ގައި ވާހަކަ ދައްކަމުން ރަންބީރު ކަޕޫރު ވަނީ އާމިރް ޚާންގެ ފަރާތުން އޭނާއަށް މަސައްކަތާއި ދިރިއުޅުމުގެ ކަންތައްތައް ހަމަހަމަ ކުރުމާ ބެހޭ ގޮތުން ވަރަށް އަގުހުރި ނަސޭހަތްތަކެއް ލިބިފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން އޭނާ ވަނީ މީގެ 2 އަހަރު ކުރިން ދިމާވި ހާދިޘާއެއްގެ ވާހަކަ ޕޮޑްކާސްޓުގައި ކިޔައިދީފައެވެ. އޭނާ ބުނެފައިވަނީ މީގެ ދެއަަހަރު ކުރިން އޭނާއާއި އާމިރު އާއި ދިމާވިއިރު އާމިރު ކޮންމެވެސް ކަމަކާ ވަރަށް ދެރަވެ ފެންކަޅިވެފައި ހުރި ކަމަށާއި ކިހިނެއް ވެފައިތޯ ސުވާލު ކުރުމުން އޭނާ ޖަވާބު ދީފައިވަނީ ހަޔާތުގެ 30 އަހަރު ވޭތުވެ ގޮސްފައިވާއިރު ވީއިރު، އޭނާގެ ދިރިއުޅުމުގައި ދިގުދެމިގެން ގޮސްފައިވާ ގުޅުމަކަށް އޮތީ ހަމަ އެކަނި އޭނާއާއި އޭނާގެ މަސައްކަތާ ދެމެދު އޮތް ގުޅުން ކަމަށެވެ. އަދި އާމިރުގެ އާއިލާ އެއްވެސް ފަރާތަކާއި އާމިރު އާމެދު ގާތް ގުޅުމެއް ނުވާކަމަށް ބުނެފައި ކަމަށްވެސް އާމިރު ބުނިކަމަށ މި ޕޮޑްކާސްޓުގައި ރަންބީރު ބުނެފައިވެއެވެ.

މީގެ އިތުރުން ރަންބީރު ބުނެފައިވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރުމުން މީހާގެ ދިރިއުޅުމަށް އެކިކަހަލަ ބަދަލުތައް އަންނާނެމާއި އެހެންކަމުން މި ދާއިރާގައި އުޅޭއިރު މަސައްކަތާއި އެއްވަރަށް ތިމާގެ ދިރިއުޅުމަށް ފޯކަސް ކުރަންޖެހޭނެ ކަމަށާއި އެގޮތުން މަސައްކަތާއި އެއްވަރަށް ތިމާގެ އާއިލާއަށް ސަމާލުކަންދީ އެދެކަންތައް ބެލެންސްކުރަން ޖެހޭނެކަމަށް ބުނެ އާމިރު އޭނާއަށް ނަސޭހަތްތެރިވި ކަމަށެވެ.

ރަންބީރު ވަނީ އާމިރުގެ މި ނަސޭހަތް ވަރަށް ރަނގަޅަށް އަޑުއަހައި އެއަަށް އަމަލުވެސް ކޮށްފައެވެ. އެގޮތުން އެކްޓަރެއްގެ ގޮތުގައި ކުރާ މަސައްކަތާއި އާއިލީ ދިރިއުޅުން ބެލެންސް ކުރަން މަސައްކަތް ކުރަނީ އަނބިމީހާ އާލިއާ ބަޓް އާއި އެމީހުންގެ އަންހެން ދަރިފުޅު ރާހާއާ އެކު އެކަށީގެންވާ ވަރަށް ވަގުތު ހޭދަކޮށްގެން ކަމަށް ރަންބީރު ވަނީ މި ޕްޑްކާސްޓުގައި ބުނެފައެވެ.

އަދި ހަމަ އެހެންމެ ރަންބީރު އަންނަނީ އޭނާ މިހާރު ޝޫޓު ކުރަމުން އަންނަ ފިލްމު ކަމަށްވާ ނިތޭޝް ތިވާރީގެ "ރާމާޔާނާ އެޑެޕްޓޭޝަން" ގެ ޝޫޓިން އިން ވަގުތު ނަގައިގެން އަނބިމީހާ އާލިއާ އާއި އެމީހުންގެ އަންހެން ދަރިފުޅު ރާހާއާއެކު ވަގުތު ހޭދަކުރަމުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން