ބޮލީވުޑުގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރާއި، ތާޕްސީ ޕަންނޫ- ގޫގުލް ފޮޓޯސް
ބޮލީވުޑުގެ މަޝްހޫރު އެކްޓަރުން ކަމަށްވާ އަކްޝޭ ކުމާރާއި، ތާޕްސީ ޕަންނޫ- ގޫގުލް ފޮޓޯސް
ބޮލީވުޑުގެ މަޝްހޫރު ބަތަލު އަކްޝޭ ކުމާރު އާއެކު ކުޅުނު ހުރިހާ ފިލްމަކީވެސް ކާމިޔާބު ފިލްމުތަކެއް ކަމަށް ބަތަލާ ތާޕްސީ ފަންނޫ ބުނެފިއެވެ.

ތާޕްސީ މިހެން ބުނެފައިވަނީ ފިލްމު ކޭލް ކޭލް މޭ ގެ "ހޯލީ ހޯލީ" ލަވަ ލޯންޗު ކުރުމަށް ބޭއްވި ހަރަކާތުގައެވެ. މި ފިލްމުގެ ލީޑު ރޯލުތަކުން ތާޕްސީ އާއި އަކްޝޭ ފެނިގެންދާއިރު، މި ދެފަންނާނުން މީގެ ކުރިންވެސް ވަނީ ބައެއް ފިލްމުތަކުގައި އެކުގައި މަސައްކަތް ކޮށްފައެވެ. އެގޮތުން މި ދެ އެކްޓަރުން ލީޑު ރޯލުން ފެންނަ ބައެއް ފިލްމު ތަކުގެ ތެރޭގައި، ބޭބީ އާއި، ނާމް ޝަބާނާ އާއި، އަދި މިޝަން މަންގަލް ހިމެނެއެވެ.

ދާދި ފަހުން އެމްއެސް ޝޯޓްސް އަށް ދިން އިންޓަވިއުއެއްގައި ތާޕްސީ ވަނީ އޭނާ އަކްޝޭ އާ އެކު ކުޅުނު ހުރިހާ ފިލްމުތަކަކީ ވެސް މީހުންގެ މެދުގައި ވަރަށް މަގުބޫލުވި ފިލްމުތަކެއް ކަމަށް ބުނެ، އަކްޝޭ އާއެކު މަސައްކަތް ކުރަން ލިބުނު ހުރިހާ ފުރުސަތެއްގައިވެސް އޭނާގެ ނަސީބު ވަރަށް ރަނގަޅު ކަމަށް ބުނެފައެވެ. އޭނާ އިތުރަށް ބުނެފައިވަނީ އަކްޝޭ އާއެކު ކުޅުނު ހުރިހާ ފިލްމެއްވެސް ވަރަށް ކާމިޔާބުވެފައިވުމުން ފިލްމު ކޭލް ކޭލް މޭ ވެސް ކާމިޔާބު ވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ފިލްމު ކޭލް ކޭލް މޭގައި އަކްޝޭއާއި ތާފްސީގެ އިތުރުން މުހިންމު ރޯލުތަކުން ދެންފެނިގެންދާނީ ވާނީ ކަޕޫރު އާއި، އަދިތިޔާ ސީލް އާއި، އެމީ ވާރކު އާއި ފަރުދީން ޚާންއެވެ މި ފިލްމު ސިނަމާ ތަކަށް ނިކުތުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ 15 ގައެވެ.

މިފިލްމަށްފަހު ތާޕްސީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ޖޭޕަދް ދޭސައި ގެ ފިލްމު "ޕިރް އާއޭ ހަސީން ދިލްރުބާ" އިންނެވެ. މި ރޮމޭންޓިކް ތްރިލާގައި އޭނާއާއެކު ފެނިގެންދާނީ ވިކްރަންތު މާސޭއާއި، ސަނީ ކޯޝަލް އެވެ. މި ފިލްމު ސިނަމާތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓު މަހުގެ 9 ގައެވެ.

ތާޕްސީ ބޮލީވުޑަށް ތައާރަފްވެފައިވާ ފިލްމަކީ ޗަޝްމޭ ބަދޫރުއެވެ. އަދި އޭގެ ފަހުން އޭނާ ވަނީ ޕިންކް، ޖުޅުވާ 2، ބަދުލާ، މުލްކް، ތައްޕަޅު، ރަޝްމީ ރޮކެޓް، ޝަބާޝް މިތޫ، ދޮބާރާ އަދި ބްލާރ ފަދަ މަޝްހޫރު ފިލްމުތައް ކުޅެފައެވެ. އަދި ހަމަ އެހެންމެ އޭނާވަނީ ޝާހްރުކު ޚާން އާއެކު ފިލްމު "ދުންކީ" ގައިވެސް ލީޑު ރޯލު ކުޅެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން