ހަތަރު ގައުމެެއްގެ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ.
ހަތަރު ގައުމަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އައު ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު އަރުވާފައި ވަނީ މިއަދު ހެނދުނުގައެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ސަފީރުން ވަނީ ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
އަލަށް ފަތްކޮޅު އެރުވި ސަފީރުން:
1. ސްވިޒަލެންޑް - ހަރ އެކްސެލެންސީ ސިރީ ވަލްޓް
2. ނިއު ޒިލެންޑް - ހިޒް އެކްސެލެންސީ ޑޭވިޑް ޕައިން
3. ޔޫރަޕިއަން ޔޫނިއަން - ހަރ އެކްސެލެންސީ މަރީއާ ކާމެން މޮރެނޯ ރޭމުންޑޫ
4. އަންގޯލާ - ހިޒް އެކެސެލެންސީ ކްލެމެންޜޭ ޕެޑްރޯ ފްރާންސިސްކޮ
މިއަދު ސަފީރު ކަމުގެ ފަތްކޮޅު އެރުވި ހުރިހާ ސަފީރުންނަކީ ވެސް ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުން ކަމުން، އެބޭފުޅުން އެންގޯލާގެ ސަފީރު ފިޔަވައި އެހެން ސަފީރުން ގާއިމުވެ ތިއްބަވާނީ ސްރީލަންކާގެ ކޮލަމްބޯގައެވެ. އަންގޯލާގެ ސަފީރު ހުންނަވާނީ އިންޑިއާގެ ނިއުދިއްލީގައެވެ.
މި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ވަނީ ސަފީރުންނާ ބައްދަލުކުރައްވާ ރާއްޖެ އާއި އެ ގައުމުތަކުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރައްވާނެ ގޮތާގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމާއި ތައުލީމީ ދާއިރާ އަދި ވިޔަފާރީގެ ދާއިރާތައް ހިމެނެއެެވެ.

ކިޔުންތެރިންގެ ހިޔާލު