މަޝްހޫރު ފިލްމީ ތަރި ޖެކީ ޝްރޮފް- ގޫގުލް ފޮޓޯސް
މަޝްހޫރު ފިލްމީ ތަރި ޖެކީ ޝްރޮފް- ގޫގުލް ފޮޓޯސް
ބޮލީވުޑުގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ "ވެލްކަމް" ފްރެންޗައިޒުގެ ކުރިއަށް ނެރެން ތައްޔާރުވަމުން އަންނަ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" ގައި ޖެކީ ޝްރޮފު ލުމަށް ހަމަޖެހިފައިވަނީ 22 ކިލޯގެ ހެދުން ކަމަށް ހަބަރުތަކުގައި ރިޕޯޓު ކޮށްފިއެވެ.

ޕިންކްވިލާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް" ގައި ޖެކީ ޝްރޮފް ކުޅޭ ކެރެކްޓަރުގެ ހެދުމުގެ ބަރުދަނުގައި މަދުވެގެން 22 ކިލޯ ހުންނާނެއެވެ. އަދި މި ހެދުންތަކަކީ އޭނާގެ ކެރެކްޓާރ އަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ކޮސްޓިއުމްތައް ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެެ. ޖެކީގެ އެ ހެދުންތައް ތައްޔާރުކުރުމަށް ހާއްސަ ޓީމެއް އެކުލެވިފައިވާ ކަމަށްވެސް ޕިންކްވިލާގެ ރިޕޯޓުގައި ވެއެވެ.

އެހެންނަމަވެސް މި ފިލްމުގައި ޖެކީ ކުޅޭ ކެރެކްޓަރާ ބެހޭ މައުމާލުތަކެއް އަދި ހާމަކޮށްފައި ނުވީނަމަވެސް، އޭނާގެ 22 ކިލޯގެ ހެދުން ފަރުމާ ކޮށްދީފައިވަނީ އަންނާ ސިންގު ކަމަށް ޖެކީ ބުނެފައިވާކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.

ގިނަ ތަރިންތަކެއް ހިމެނޭ މިފިލްމުން ޖެކީ އަށް މި ރޯލު ލިބިފައިވަނީ ސަންޖޭ ދަތު އެ ރޯލު ދޫކޮށްލުމުން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

އަހުމަދު ޚާން ޑައިރެކްޓު ކުރާ މި ފިލްމު ނިކުތުމަށް ހަމަޖެހިފައިވަނީ ކްރިސްމަސްގައި ކަމަށް ވީއިރު، މިއީ އަކްޝޭ ކުމާރު ވެލްކަމް ފްރެންޗައިސް އަށް އެނބުރި އަންނަ ފިލްމު ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.

މި ފިލްމުގެ މުހިންމު ރޯލުތަކުން ބޮލީވުޑުގެ ނަން މަޝްހޫރު އެތައް ތަރިންނެއް ފެނިގެންދާނެއެެވެ. އެގޮތުން އަކްޝޭ ކުމާރު އާއި ޖެކީ ޝްރޮފްގެ އިތުރުން، ސުނީލް ޝެޓީ، ޕަރޭޝް ރަވާލް، ދިޝާ ޕަޓާނީ، ޖެކްލީން ފެނާންޑޭޒް، ލާރާ ދައްތާ، ރަވީނާ ޓަންޑަން، ރާޖްޕަލް ޔާދާވް، ޝްރެޔާސް ޓަލްޕާޑޭ، ތުޝާރު ކަޕޫރު އަދި މީކާ ސިންގްގެ އިތުރުން ދަލަރު މެހެންދީ ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

މި ފިލްމުގެ ޝެޑިއުލުގައި ރޭވިފައިވާ ގޮތަށް ބަލާއިރު ޝޫޓިންގތައް ޖުލައި މަހުގެ ނިޔަލަށް ނިމޭނެ ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން