ބޮލީވުޑުގެ ބުލޮކްބާސްޓަރު ޝާހުރުކް ޚާން- ގޫގުލް ފޮޓޯސް
ބޮލީވުޑުގެ ބުލޮކްބާސްޓަރު ޝާހުރުކް ޚާން- ގޫގުލް ފޮޓޯސް
ބޮލީވުޑުގެ މަޝްހޫރު ތަރި ޝާހުރުކް ޚާން އޭނާގެ ލޮލަށް ފަރުވާ ހޯދުމުގެ ގޮތުން އެމެރިކާއަށް ފުރަން އުޅޭ ކަމަށް ހަބަރުތަކުގައި ރިޕޯޓު ކޮށްފިއެވެ.

ބޮލީވުޑު ހަންގާމާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝާހުރުކްގެ ލޮލަށް ދިމާވި މައްސަލައެއްގެ ސަބަބުން އިއްޔެެގެ ވަގުތެއްގައި ވަނީ މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާ ދީފައެވެ. އެހެންނަމަވެސް އެތަނުން އޭނާ އަށް ފަރުވާދިން ޑޮކްޓަރުން ލަފާކުރި ގޮތަށް ފަރުވާގެ ކަންކަން ގޮސްފައި ނުވެއެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ޓްރީޓްމެންޓް ފެއިލްވުގެ ސަބަބުން އެ މައްސަލަ ހައްލު ކުރުމަށްޓަކައި މިއަދުގެ ވަގުތެއްގައި ޝަހުރުކް އެމެރިކާއަށް ފޮނުވަން ހަމަޖެހިފައި ވާކަމަށެވެ.

މިދިޔަ މޭއި މަހު ވެސް ޝާހުރުކް ޚާން އަށްވަނީ ހޮސްޕިޓަކުގައި ފަރުވާ ދީފައެވެ. އެގޮތުން އެފަހަރު ފަރުވާ ދީފައިވަނީ އަހްމަދްއާބާދުގައި އޮތް ކޮލްކައްޓާ ނައިޓް ރައިޑާސް މެޗެއް ބަލަން ގޮސް ހީޓް ސުޓުރޯކެއް ޖެހުމުންނެވެ. ނަމަވެސް އެއް ދުވަސް ފަހުން އޭނާ ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

އެހެންނަމަވެސް މެއި މަހު ސްޓާ ސްޕޯޓްސްއާ ވާހަކަ ދައްކަމުން ޝާހްރުކް ޚާން ވަނީ މި އަހަރު ފިލްމުގެ ސެޓްތަކަށް އަނބުރާ ދާން ތައްޔާރު ވެފައިވާ ކަމަށް ހާމަކޮށް އޭނާގެ ޝެޑިއުލްއާ ބެހޭ ގޮތުން ވާހަަކަ ދައްކާފައެވެ. އެގޮތުން އޭނާ ބުނެފައިވަނީ މިދިޔަ އަހަރު 3 ފިލްމު ކުޅެފައިވާ ކަމަށާއި، އެ ތިން ފިލްމަކީވެސް އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރި ފިލްމު ތަކެއް ކަމުން އެ ނިންމުމަށްފަހު ކުޑަ ބްރޭކެއް ނަގާފައިވާ ކަމަށެެވެ. އަދި ދެން ފިލްމެއްގެ ޝޫޓިން ފަށާނީ ޖުލައި ނޫނީ އޮގަސްޓުގައި ކަމަށްވެސް މި އިންޓަވިއުގައި އޭނާ ވަނީ ބުނެފައެވެ.

ބޮލީވުޑުގެ އެތައް ބައެއްގެ މެދުގައި މަގުބޫލު ކަން ހޯދާފައިވާ ބަތަލު ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ކިންގް" އިންނެވެ. މި ފިލްމުގައި އޭނާއާއެކު އޭނާގެ އަންހެން ދަރިފުޅު ސުހާނާ ޚާންވެސް މަސައްކަތް ކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން