ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އައްޑޫ ސިޓީއަށް އާ ޖަނަރޭޓަރެއް ގެންނަން ތައްޔާރުވެއްޖެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން އައްޑޫގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އަންނަ އޮގަސްޓުމަހު 1.5 މެގަވޯޓުގެ އާ ޖަނަރޭޓަރެއް ބަހައްޓާނެ ކަމަށް ސަރުކާރުން މިހާރު ވަނީ ވިދާޅުވެފައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އައްޑޫއަށް މިހާރުވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަނުން 1.5 މެގަވޯޓުގެ އާ ޖަނަރޭޓަރެއް ގަނެފައިވާ ކަމަށެވެ. އަދި އެ ޖަނަރޭޓަރު އޮގަސްޓުމަހު ތެރޭގައި ބަހައްޓާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިއަދު ކުރިޔަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަޒީރު ހާޒިރުކޮށްފައިވާއިރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރައްވަނީ ކޮންކަމެއްތޯ ސުވާލު ކުރައްވާފައެވެ. ޖަލްސާގައި ޖަވާބުދާރީ ވަމުން ވަޒީރު ތޯރިގު ވިދާޅުވީ މި މައްސަލަ ދިމާވެފައި ވަނީ ވޭތުވެދިޔަ ސަރުކާރުން ހިތަދޫ ޕަވާސްޓޭޝަންގެ އެއްވެސް މަރާމާތެއް ނުވަތަ އަޕްގްރޭޑެއް ގެނެސްފައި ނުވާތީީ ކަމަށް ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުގެ ސަބަބުން އިންޖީނުގެޔަށް ބޭނުންވާ ޖަނަރޭޓަރުތައްވެސް ނުގެނެވި ކަރަންޓުގެ ނިޒާމު ފުނޑިފައިވާ ކަމަށެވެ. އާ އިންޖީނުގޭގެ ބައެއް ހަދާފައިވީ ނަމަވެސް އެ މަސައްކަތް ކުރިޔަށް ނުގޮސް މަޑުޖެހިފައިވަނިކޮށް މި ސަރުކާރުން އެ މަސައްކަތް ވެސް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އައްޑޫއިން ކަރަންޓު ކެނޑެން ފަށާފައި ވަނީ އެ ސިޓީގެ މަގުތައް ހަދަން ކޮންނަމުން ދަނިކޮށް ކަރަންޓު ކޭބަލަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އެކި ދުވަސްތަކުގައި އައްޑޫގެ އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުން އަންނަތާ މިހާރު މަހެއްހާ ދުވަސް މިވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު