[ޖަޔާއެވެ! ފުރަތަމަ އިމްތިޙާނު ނިންމާށެވެ. ވަޒީފާއަކާ ކުރިމަތިލާނީ އޭގެ ފަހުގައެވެ. މިހާރު މިއޮތީ ރެއާދުވާލު އިމްތިޙާނަށް މަސައްކަތްކުރަން ޖެހިފައެވެ. އެންމެ މުހިންމުކަމަކީ އިމްތިޙާނެވެ.]
[ތާނޫ ދައްތާއެވެ. އިމްތިޙާނުގެ ކަންތައްވެސް ކުރިއަށްދާނެއެވެ. އެކަމަކު އަހަރެން ޓިއުޝަން ދޭން ދާނަމެވެ.]
[ތިޔަކަން މަނާކުރަނީ ކާކު ހެއްޔެވެ؟ ކޮންމެވެސް އެއްޗެއް ލިބޭނެއެވެ. ހަމަގައިމުވެސް ޚަރަދެއް ނުވާނެއެވެ. އެކަމަކު ކުރިޔަށްއޮތީ ކޮއްކޮގެ ބިއޭ އިމްތިޙާނެވެ. ވިސްނާށެވެ.]
[އިރާދަ ކުރެއްވިއްޔާ އިމްތިޙާނުންވެސް ފާސްވާނެއެވެ.]
[ޖަޔާއެވެ. ސީރިއަސް ކަމާއެކު އިމްތިޙާނާ ގުޅޭގޮތުން ވިސްނަން ޖެހިއްޖެއެވެ. ކުރީގައިވެސް ދެއަހަރު ބޭކާރު ވެއްޖެއެވެ. މެޓްރިކަށްފަހު ކުރިޔަށް ދެވުނުނަމަ މިހާރު ކޮއްކޮ އުޅޭނީ އެމްއޭގެ ފައިނަލުގައެވެ.]
[އާއެކެވެ......]
[ކޮންމެގޮތަކުން ނަމަވެސް ކިޔެވުން ކުރިޔަށް ގެންދާށެވެ. މިހާރު ރައިޙާނާއި އަމްޖަދަށްވެސް ފައިސާ ލިބެއެވެ. ގޭގެ ޚަދަރުތައް ހަމައަކަށް އެޅިދާނެއެވެ.]
[ލާރި ލިބޭކަމެއް ނޭނގެއެވެ. ރައިޙާނު ބޭބެއާއި އަމްޖަދު ބޭބެ ގެންނަ ލާރިކޮޅު ކެއުމަށްގޮސް ހުސްވަނީއެވެ.]
[ތިޔަހެން ނުބުނާށެވެ. އެމީހުން ހެދުންވެސް ފަހައެވެ. އެހެނިހެން ޚަރަދުތައްވެސް ކުރެއެވެ. އަހަރެމެން ތިން މީހުންނަކީވެސް ގެއަށް އިތުރުވި ތިން މީހުންނެވެ.]
[ތިން މީހުންނޭ ހެއްޔެވެ؟]
[އާއެކެވެ. ކެއިންބުއިމުގެ ހިސާބުތައް ބަލާލަ ބަލާށެވެ. ފުދޭވަރަކަށް ޚަދަރުވާނެއެވެ. ޖަޔާއެވެ. ބައެއް ފަހަރު ދައްތަގެ ޚަރަދުތައްވެސް އިތުރުވެގެން ދާކަން އިޙްސާސް ކުރެވެއެވެ..........]
[ދައްތާއެވެ! އަހަރެން ޓިއުޝަން ދޭން ދާންވެގެން އުޅެނީވެސް ހަމަދައްތައަށް ލުއިކޮށްދިނުމުގެ ނިޔަތުގައެވެ.]
[ޖަޔާއެވެ!]
[އާއެކެވެ. ދައްތާއެވެ. އަހަންނަށް ދައްތަގެ ޙާލު ދުށުމަށް ކުޅަދާނައެއް ނުވެއެވެ. ފައިސާއަށް ބޭނުންވެގެން މީހުން ގާތު އާދޭސްކުރަން ދައްތަ އުޅުމަކީ އަހަންނަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. ޤަބޫލުކުރާށެވެ. ދައްތަގެ މަޖްބޫރީ ޙާލަތު ފެނުމުން އަހަރެންގެ މޭ ކުދިކުދި ވެދެއެވެ. ގުއްޑޫ ބަލިވެގެން ދައްތަ ތިޔަހުންނަނީ ކިހާ ކަންބޮޑުވެފާ ހެއްޔެވެ. ގުއްޑޫ ރަނގަޅު ޑޮކްޓަރަކަށް ދައްކާލާނެ ފައިސާއެއް ދައްތަ އަތަކު ނެތެވެ. ދެންޖެހޭނީ މީހުންނަށް އާދޭސް ކުރާށެވެ.]
[ޖަޔާއެވެ!]
ތާނޫގެ ލޯތެމިއްޖެއެވެ. އޭނާ ތުންފަތުގައި ދަތް އަޅައިގެންހުރެ ކަރުނަތައް ހިންދާލެވޭތޯ މަސައްކަތް ކުރަމުން ކުރެހިފައިވާ އަޑަކުން ބުންޏެވެ. [ދައްތަ އެއްވެސް މީހަކާމެދު ޝަކްވާއެއް ނުކުރާނަމެވެ. އެއްވެސް މީހަކަށް ބަދުބަހެއް ނުބުނާނަމެވެ. ހުރިހާވެސް ކަމަކީ ދައްތަގެ ނަސީބެވެ. ނަސީބު ދެރައީއެވެ. ނަސީބުގައި ހަމަޖެހުމެއް ނެތީއެވެ.]
[އަސްތާއެވެ! ދައްތާއެވެ! ތިޔަހެން ވިސްނާކަށް ނުވާނެއެވެ.]
[ޖަޔާއެވެ. އެއްވެސް މީހަކާމެދު ޝަކްވާއެއްނެތޭ ދައްތަ ނުބެފީމެއް ނޫން ހެއްޔެވެ؟ އެކަމަކު ފިރިމީހާގެ ގެ ދޫކޮށްލާފައި އަމިއްލަ ގެއަށް އައުމުގެ ތަޖުރިބާވެސް ދައްތައަށް ލިބިއްޖެއެވެ. މުސްކުޅިން ބުނަނީ ތެދެކެވެ. އަންހެން ކުއްޖަކު މީހަކާ އިނދެގެން ހިނގައްޖެއްޔާ އެގެއަކުން ނުކުންނަންވާނީ އެކުއްޖެއްގެ ޖަނާޒާއެވެ. އެއްގޮތަކަށްވެސް ފިރިމީހާގެ ގެ ދޫކޮށްލައިގެން ނުވާނެއެވެ.]
[ތާނޫ ދައްތާއެވެ. ދައްތަ ހިތްހަމަނުޖެހިފައި އިންނަކަން އަހަންނަށްވެސް އެނގެއެވެ. އެކަމަކު ގޭގެ ޙާލަތު ނިޔާކުރާގޮތުން އެއްވެސް މީހަކު ހަމަގަސްތުގައި ދައްތައަކަށް ހިތްދަތިކަމެއް ނުދެއެވެ. ނިކަން މަންމައާ ބައްޕައަށް ބަލާލަ ބަލާށެވެ. އެމީހުން ކުރާނީ ކީއްހެއްޔެވެ. އަހަރެން.......!]
އޭނާ އެއްޗެކޭ ބުނަން އުޅެފައި ހުއްޓާލައިފިއެވެ. ތުންފަތް ތުރުތުރު އަޅައިގެންފިއެވެ. ލޮލުގައި ރަތްކަމެއް އުފެދިއްޖެއެވެ.
ތާނިޔާ ލޯފޮހެލާފައި އޭނާއާ ދިމާއަށް ބަލާލައިފިއެވެ. އަދި ފުން ނޭވާއެއްލާފައި ލޯތްބާއެކު ބުންޏެވެ.
[ކޮއްކޮ ނަވީދު ދެކެ ލޯބިވާކަން ދައްތައަށް ރަނގަޅަށް އެނގެއެވެ. އެކަމަކު.......]
[ތާނޫ ދައްތާއެވެ. އަހަރެމެން ކަހަލަ މީހުނަށް ލޯބިވުމުގެ އެއްވެސް ޙައްޤެއްނެތެވެ. އޭނާ ޒީލައަޑަކުން ބުންޏެވެ. [އަހަރެން މަންމައާ ބައްޕައާމެދު ވަރަށްބޮޑަށް ޚިޔާލުކުރަމެވެ. ފުރަތަމަ އަންހެން ދަރިފުޅުގެ ޙާލަކީ މިއީއެވެ. ދެވަނަ ކުއްޖާވެސް ހިތާމަ އުފުލަންވީއެވެ. މިއީ އަދި ފެށުމެވެ. ދެން ތިބި ހަތަރު އަންހެން ކުދިންގެ ކަންތައް އޮތްގޮތެއް ނޭނގެއެވެ. މިހާރު ބައްޕައަށް ހިސާބަކަށް ލާރިކޮޅެއްވެސް ލިބެއެވެ. ކުޑަދުވަސް ކޮޅަކަށްފަހު ވާނެގޮތެއް ނޭނގެއެވެ. ތާނޫ ދައްތާއެވެ. އެކުދިންގެ ކާވެނި ކުރެވޭނީ ކިހިނެތް ހެއްޔެވެ. އަހަރެން އެންމެބޮޑަށް ވިސްނަނީ އެކަމާ މެދުގައެވެ.]
[ވެރިފަރާތަކީ ﷲ އެވެ.] ތާނޫ ދައްތަ ފުންއާހެއް ދޫކޮށްލިއެވެ.
[ﷲއަކީ އެންމެންގެ ވެރި ރަސްކަލާނގެއެވެ.] ނާޖިޔާ ބުންޏެވެ.
ދެބޭންގެ ވާހަކަ މިހިސާބަށް ދިއުމަށްފަހު ތާނިޔާ ލޯފޮހެލާފައި ހަރުގޮތަކަށް ބުންޏެވެ.
[އަހަންނަށް ހީވަނީ ކޮއްކޮ ޓިއުޝަންގެ ކަންތައްގަނޑު ފަށައިފިއްޔާ އިމްތިޙާނުން ފޭލްވެދާނެ ހެންނެވެ. ކޮއްކޯއެވެ..... ދައްތަގެ ބަސްއަހާށެވެ..... މިހުރިހާ ދުވަސް ވޭތުކޮށްލިގޮތަށް އަދި ކުޑަދުވަސްކޮޅަކު ހިތްވަރު ކޮށްލާށެވެ...... ކޮއްކޮގެ ތަޢުލީމު ފުރިހަމަނުކޮށް ހުއްޓާލުމަކީ ދައްތަ އެދޭގޮތެއް ނޫނެވެ.]
[ދައްތާއެވެ......]
[އަހަންނާ ދިމާއަށް ބަލާލަބަލާށެވެ..... އަހަރެންވެސް އެފް.އޭ ނުވަތަ ބީ.އޭ ހެދިނަމަ ކޮންމެވެސް ވަޒީފާއެއް ލިބިއްޖެއީހެވެ. އަހަރެމެން ފެންވަރުގެ ކޮންމެ އަންހެން ކުއްޖެއްގެ އަތުގައި ކޮންމެވެސް ވަރެއްގެ ފާހެއް އޮންނަން ޖެހޭނެއެވެ. އަހަރެމެން ކަހަލަ މީހުންނަށް ގިނަ ހިތާމަތަކާ މައްސަލަތައް ކުރިމަތި ވާނެއެވެ.]
[ދައްތަ ފިކުރު ނުކުރާށެވެ...... ހުރިހާކަމެއް ހަމަޖެހިދާނެއެވެ. މަންމައާ ބައްޕަވެސް މިކަމަށް ހުއްދަ ދީފިއެވެ. މާދަމާ އަހަރެން ޓިއުޝަން ފަށާނަމެވެ...... ހަމައެކަނި ދެކުދިންނަށެވެ. ދާންވެސް ޖެހެނީ މާކަދުރަކަށް ނޫނެވެ.]
[ކޮންގެއަކަށް ހެއްޔެވެ؟]
[މަގު ހުރަސްކޮށް ކަނާތް ފަރާތަށް ދާއިރު ގޯޅިގަނޑެއް އޮވޭނޫން ހެއްޔެވެ؟]
[އާއެކެވެ.]
[ހަމަ އެގޯޅިގަނޑުގައި ފުރަތަމަ ދޮރާށި ދޫކޮށް ދެވަނައަށް ހުރީއެވެ.]
[އެހެން ހެއްޔެވެ؟]
[ދައްތާއެވެ. ދެގަޑިއިރުގެ ޑިއުޓީއެވެ. އެއްކުއްޖެއްގެ ޢުމުރަކީ ހަތްއަހަރު ބައެވެ. އަނެއްކުއްޖާގެ ޢުމުރުން އެގާރަ އަހަރެވެ.]
[އެގޭގައި އުޅެނީ ކޮންކޮން ބައެއް ހެއްޔެވެ؟]
[ކިހިނެއްވީ ހެއްޔެވެ. އަނެއްކާ ގުޅުންތެރިކަމެއް އުފައްދަންވީ ހެއްޔެވެ؟]
ޖަޔާ ހީގަތެވެ. ތާނޫ ސީރިއަސްވެފައި ބުންޏެވެ. ގޭގެއަށް ތިޔަގޮތަށް ދިއުން ރަނގަޅެއް ނޫނެވެ. ފުރަތަމަ އެގޭގައި އުޅެނީ ކޮންކަހަލަ ބައެއްތޯ މިޒާޖު ކޮންކަހަލަތޯ ބަލަން ޖެހޭނެއެވެ.]
[އެކަމާ ފިކުރު ނުކުރާށެވެ. އެއީ ވަރަށް ރަނގަޅު ބައެކެވެ. އެގޭގައި އުޅެނީ އަހަރެންގެ ރައްޓެހި ކުއްޖާގެ ދައްތައާ އެދައްތަގެ ބަފައި ކަލޭގެއާ މައިދައިތައެވެ. ދައްތަގެ ފިރިމީހާ ހުންނަނީ ޑުބޭގައެވެ. ދެން ތިބެނީ ޓިއުޝަން ދޭން މިއުޅޭ ކުޑަ ދެއަންހެން ކުދިންނެވެ. އެއްވެސް ބިރެއް ނެތެވެ. މިހާރު ހިތްހަމަ ޖެހިއްޖެ ހެއްޔެވެ.]
ތާނިޔާ އެއްވެސް އެއްޗެކޭ ނުބުންޏެވެ.
ޖަޔާގެ މޫޑު ތަނަވަސް ވެއްޖެއެވެ..... ހިނިތުންވެލާފައި ބުންޏެވެ. [އެގޭގައި ޒުވާން ފިރިހެނަކު ހުރި ކަމުގައި ވިޔަސް ފަރުވާލެއްނެތެވެ...... ދައްތާއެވެ. ތެދެއް ބުނަން ހެއްޔެވެ. އަހަރެން އެއްވެސް ފިރިހެނަކާމެދު ކުޑަކޮށްވެސް ޚިޔާލެއް ނުކުރަމެވެ.]
ތާނިޔާ ހިތާމަވެރި ނަޒަރަކުން ޖަޔާދިމާއަށް ބަލާލިއެވެ. ޖަޔާގެ ހިނިތުންވުމުގައި މޮޅިވެރިކަމެއް އެކުލެވިފާވެއެވެ. ޙަޤީޤަތުގައިވެސް ނަވީދާ ވަކިވުމުގެ ހިތާމަ އޭނާ ހާސްކުރުވައެވެ.
ޓިއުޝަންދޭން ދިއުމަށް ޖަޔާ ނިންމައިފިއެވެ. އެރޭ އަނެއްކާވެސް މަންމައާ ބައްޕަ ގާތުގައި އަހައިފިއެވެ. އަދި ސާފުބަހުން އޭނާގެ މަޤްޞަދު ބުނެދިނެވެ. އޭނާ މިކަމަށް ކުރިމަތިލަނީ ހަމައެކަނި ތާނޫ ދައްތައަށްޓަކައެވެ.
މަންމައާ ބައްޕަގެ އޮންނާނީ ކޮން އިޢްތިރާޟެއް ހެއްޔެވެ. ފިނި އާހެއް ދޫކޮށްލުމަކީ އެމީހުންގެ ނަސީބުކަމުގައި ހަމަޖެހިއްޖެއެވެ. އެހެންކަމުން އެމީހުން ދަރިފުޅުގެ އެދުމުގެ މަތިން ހުއްދަދީފިއެވެ.
ޖަޔާ ވަރަށް އުފާވެއްޖެއެވެ.... ދެވަނައަށްވީދުވަހު ކޮލެޖަށް ދިޔައެވެ. އެކަމަކު ވަރަށް އަވަހަށް އަތުވެއްޖެއެވެ. އޭނާ ޓިއުޝަން ދޭން ދާންޖެހޭތީއެވެ.
ނާޖިޔާ ދަނީ ހަތަރުގަޑި ބަޔަށެވެ. އޭނާ ހުރީ ވަރަށް އަވަސް އަރުވާލާފައެވެ. ހަގަށްތިބި އަންހެން ކުދިންވެސް ޖަޔާގެ މި އާތަޖްރިބާއާމެދު އުފާވެފައި ތިއްބެވެ. ތާނޫ އޭނާގެ ހެދުން އިސްތިރި ކޮށްދިނެވެ. ރަބީޢާގެ ފައިވާން އޭނާ އަރާލަން ދިނެވެ. އަތީޤާގެ އަތުގާއޮތް ދަބަސް ނެރެދިނެވެ.
[ފުރަތަމަ މުސާރައިން ވިހި ރުފިޔާ ޚަރަދު ކުރާނަމެވެ.] އޭނާ ދަބަސް ދިނުމުގެ ކުރީގައި ޝަރުޠު ހުށަހެޅިއެވެ.
[އަހަރެން ހެދުން އިސްތިރިކޮށް ދިނީމެވެ.] ތާނޫ ބުންޏެވެ.
[ދެން އަހަންނަށް ދޭނީ ކޮން އެއްޗެއް ހެއްޔެވެ؟] މާނޫ ބުންޏެވެ.
[ކަލޭމެން ތިޔަތަޅަނީ ކޮން އަނގައެއް ހެއްޔެވެ؟] ޖަޔާ ރުޅިއައިސްފައި ބުންޏެވެ. [ހީވަނީ އަހަރެން މިކަމަށް މިނުކުންނަނީ ހަމައެކަނި ކަލޭމެންނަށްޓަކާ ހެންނެވެ.]
[އެކުދިންގެ ހިތުގައި ނުޖައްސާށެވެ. ޖަޔާ ކޮއްކޯއެވެ.] ތާނޫ ޖަޔާގެ ކޮލުގައި ކޮއްޓާލިއެވެ.
[ދައްތަ ތިހިރީ ތައްޔާރުވެގެން ހެއްޔެވެ؟] ޖަޔާ ބުންޏެވެ.
[އާއެކެވެ. އަހަރެން ކުރަންވީ ކޮންކަމެއް ހެއްޔެވެ. މިހިރީ ހެދުން އަޅައިގެންނެވެ.]
[ކުޑަކޮށް ލިޕްސްޓިކް އުނގުޅާލިނަމަ ކިހާ ރަނގަޅު ހެއްޔެވެ. ތުންފަތުގައި އެއްވެސް ކަހަލަ ދިރުމެއްނެތެވެ.]
[އެންމެ ރަނގަޅެވެ..... ޖަޔާއެވެ..... ތިޔައުޅެނީ ލިޕްސްޓިކް އުނގުޅައިގެން އަހަރެން ލައްވާ މީހުނާ ވާހަކަ ދައްކަން ހެއްޔެވެ. އަވަށްގަނޑުގެ މީހުން ކުދި ކިޔާނެ ދަނޑިވަޅެއް ދޭންވެގެން ހެއްޔެވެ؟]
[ނޫނެކެވެ. ތިޔަގޮތަށް ހުރެގެން ދައްތައާ އެއްކަކު ނުދާނަމެވެ. އެމީހުންގެ ކުރިމަތީގައި ކޮންމެވެސް ގޮތެއް ބަހައްޓަން ޖެހޭނެ ނޫން ހެއްޔެވެ. އަހަރެމެންނަކީ ތިޔަބުނާހާ ފަޤީރު ބައެއްވެސް ނޫނެވެ. ތާނޫއެވެ. ދައްތަގެ ދޯޕައްޓާ އިސްތިރިކޮށްދޭށެވެ.] ޖަޔާ ބުންޏެވެ. އޭރު އޭނާހުރީ ޖަޔާގެ އިސްތަށިގަނޑުގައި ފުނާ އަޅައިދޭށެވެ.
ޖަޔާާ ތާނޫގެ ކޮނޑުމަތީގައި އޮތް ދޯޕައްޓާ ދަމައިގަތެވެ. އަދި އަވަސް އަވަހަށް އިސްތިރިކުރަން ފަށައިފިއެވެ. ރަބީޢާ ދުވެފައިގޮސް ލިޕްސްޓިކް ގެނެސްދީފިއެވެ. ޖަޔާ ގަދަކަމުން ކަހަލަގޮތަކަށް ތާނޫގެ ތުންފަތުގައި ލިޕްސްޓިކް ހާކަން ފަށައިފިއެވެ.
[އަހަރެމެންގެ އަންހެން ކުދިންތައް ކިހާ ރީތި ހެއްޔެވެ.....] ޖަޔާ ހިތާހިތުން ބުނެލިއެވެ. ދެން އެނބުރިލާފައި ރަބީޢާއާއި ތާނޫއަށް އަދި މާނޫއަށްވެސް ބަލާލައިފިއެވެ. ކޮންމެ ކުއްޖެއްގެ ކުލައަކީ ރަތް ދޮންކުލައެވެ. ކަޅު އިސްތަށިގަނޑެވެ. ބޮޑު ލޮލެވެ. މިހެންގޮސް ރީތި ހުރިހާ ސިފައެއް އެކުދިންގެ ގައިގާ އެކުލެވިފާވެއެވެ.
އެކަމަކު...... ނަސީބު......
ރީތި ސިފަދެއްވި ފަދައިން ރަނގަޅު ނަސީބު ދެއްވިނަމަ ކޮންފަދަ ހެއްޔެވެ.
ހިތާމައާއެކު ޖަޔާ ވިސްނާލިއެވެ.
[ދެން ހިނގާށެވެ......] ޖަޔާ އެނބުރިލާފައި އަނެއްކާވެސް ލޯގަނޑުން ބަލާލިއެވެ. ދެން ހިނގާށެވެ.
މަންމަ ގޯތި ތެރޭގައި އުޅެއެވެ.
ނާޖިޔާ އުފާވެފައި ބުންޏެވެ.... [މަންމާއެވެ. ހެޔޮދުޢާ ކުރައްވާށެވެ.]
ތިމާގެ ދަރިން މަސައްކަތް ކުރަން އެދޭނީ ކޮން މަންމައެއް ހެއްޔެވެ. އެހެންވެއްޖެނަމަ ކޮންމެ މަންމައަކަށްވެސް ތިމާގެ ޙައިޘިއްޔަތުގެ ނިކަމެތިކަން އިޙްސާސް ކުރެވޭނެއެވެ. އެކަމަކު މަންމަގެ ލޮލުން ކަރުނަ ފާއްދާލުމުގެ ކުރީގައި ޖަޔާ ތާނޫ ދައްތަގެ އަތުގައި ހިފައިގެން ގެއިން ބޭރަށް ނުކުމެއްޖެއެވެ.
ދެބޭން ވާހަކަ ދައްކަމުން ބޮޑުމަގަށް އަތުވެއްޖެއެވެ. އަދި މަގުހުރަސްކޮށް ތަންކޮޅަކަށް ހިނގާލާފައި މިސިޒް އަރްޝަދުގެ ގެއަށް ވަދެއްޖެއެވެ.
އަށާވީހަށް އަހަރުގެ ސޯފިޔާ އަރްޝަދަކީ ވަރަށް ނަލަ އަންހެނެކެވެ. ގޭތެރެ ވަރަށް ރީތިކޮށް ގެންގުޅެން ދަންނަ ގެވެހި އަންބެކެވެ. ގޭތެރޭގައިވާ ގިނަ އެއްޗެއްސަކީ ބޭރުގެ އެއްޗެއްސެވެ. ހަމަ ބަލާލުމާއެކު ގޭގެ ކޮންމެވެސް ފަރުދަކު ބޭރު ދުނިޔޭގައި މަސައްކަތް ކުރަން އުޅޭކަން އެނގުނެވެ.
އެދެބޭންނާ ވަރަށް ފުރިހަމައަށް އިސްތިޤްބާލު ކުރެވުނެވެ. ބައްދަލުކުރާ ކޮޓަރީގައި ބޭތިއްބުނެވެ. ރަނގަޅަށް ސައިދެވުނެވެ. ވަރަށް އަވަހަށް މާޙައުލު ރައްޓެހި ވެއްޖެއެވެ. ތާނޫއާއި ސޯފިޔާ ވާހަކަ ދައްކަން ފަށައިފިއެވެ.
ސަޔަށްފަހު މިސިޒް އަރްޝަދު ކުދިންނަށް ގޮވައިފިއެވެ. ދެކުދިންވެސް ތިބީ އަގުމާތް ހެދުން ލައިގެންނެވެ. އަމްބަރާއި ޗީކޫއަކީ ވަރަށް ލޯބި ދެކުދިންނެވެ.
ޖަޔާ ދެކުދިން ގާތު ފޮތް ހިފައިގެން އަންނަން ބުނެފިއެވެ. ހަމަވަގުތުން ދެކުދިން ފޮތްދަބަސް ހިފައިގެން އަތުވެއްޖެއެވެ. ޖަޔާ ފޮތްތައް ބަލަން ފަށައިފިއެވެ. ދެކުދިން ދެފަރާތުގައި ބައިތިއްބައިފިއެވެ.
[ވަރަށް ލާނެއްވާނެއެވެ. މިމީހުންނަށް ރަނގަޅަށް ބަލާށެވެ.] ތާނޫގެ ކައިރީގައި އިން ސޯފިޔާ ބުންޏެވެ.
ޖަޔާ ހިނިތުން ވެލިއެވެ. އަދި އޭނާގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ.
ތާނޫއާއި މިސިޒް އަރްޝަދު ދެރަޙްމަތްތެރިންނަށް ވެއްޖެއެވެ. އެމީހުން އެކިއެކި ވާހަކައިގައި މަޝްޣޫލުވެގެން ތިއްބެވެ...... ދެގަޑިއިރު ކިޔަވާ ދިނުމަށްފަހު ޖަޔާ ގެއަށް ދާންވެގެން ތައްޔާރުވުމުން މިސިޒް އަރްޝަދު ތާނޫއާ ސަލާން ކޮށްލަމުން ބުންޏެވެ.
[ދެން މިގެއަށް އަންނަން ވާނެއެވެ. އެކަނި މިހެން ގޭތެރޭގައި އުޅެން ޖެހުމުން އަހަރެން ވަރަށް ފޫހިވެއެވެ.] ދެން އޭނާ ނާޖިޔާ ގާތު ބުންޏެވެ. [ބައެއް ދުވަސް ދުވަހު ދައްތަވެސް ގެންނަން ވާނެއެވެ. ދައްތަގެ މިޒާޖު އަހަންނާ ވަރަށް ގުޅެއެވެ.]
ތާނޫ މިގެއަށް އަދިވެސް އަންނާނެ ކަމުގައި އެއްބަސްވެ މިސިޒް އަރްޝަދު ސަލާންކުރިއެވެ. ޖަޔާވެސް ސަލާން ކޮށްފިއެވެ.
ދެކުދިން އެއްފަހަރާ ބުންޏެވެ. [އާންޓީ........ ބާއިބާއި.......]
(ނުނިމޭ)

ކިޔުންތެރިންގެ ހިޔާލު