ރާއްޖޭގެ މަސްވެރިކަން މިހާރު އޮތް ހާލަތުން މިހާރަށްވުރެ ރަނގަޅު ހާލަތަކަށް ގެނައުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް މިރޭ ވިދާޅުވީ, މަސްވެރިކަމުގެ ސިނާއަތް އެންމެ ބޮޑަށް ގުޅިފައިވާ މިފްކޯގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ. އަދި މަހުގެ އަގު ރަނގަޅު ކުރުމަށްޓަކައި މަސްގަންނަ ފަރާތްތަކާއި މަޝްވަރާތަކެއް ކުރިއަށް ދާކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ, މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ހެޔޮ ބަދަލު މިހާރު ވެސް ފެންނަން ފަށާފައިވާ ކަމަށެވެ. އެގޮތުން, ކުރީ ސަރުކާރުން މަހުގެ އަގު ބޮޑުކުރުމުން, ރަށްރަށުގައި ކުދި މަސް ގަނެ ޕްރޮސެސްކޮށް އެކި ބާވަތްތައް ތައްޔާރުކޮށް ވިއްކުމުގެ މަސައްކަތް ކުރި ވިޔަފާރިތައް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިގެން ދިޔަކަމަށާއި އަދި އެތަކެތި ވިއްކި ފަރާތްތަކުން ވެސް ވަރަށް ބޮޑު އަގުގައި ވިއްކަން ފެށިކަމަށެވެ.
ނަމަވެސް, މަހުގެ އަގަށް މި ސަރުކާރުން ގެނައި ބަދަލާއިއެކު އެފަދަ މަސައްކަތްކުރާ ވިޔަފާރިތައް އަލުން އެ މަސައްކަތަށް ނުކުމެފައިވާކަން ފާހަގަ ކުރެވެމުން ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ހާއްސަކޮށް ސަރުކާރުން ހުޅުވާލި ލޯން ޕްރޮގްރާމްތަކުގައި އެފަދަ ފަރާތްތަކުން ބައިވެރިވެފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން އީޔޫ ފަދަ ގައުމުތަކަށް އެކްސްޕޯޓްކުރާ މަހުން ނަގާ ޓެކްސް ކަނޑާލުމަށް ކުރެވެމުންދާ މަޝްވަރާތައް ވެސް އެމްބަސީއާއި ފޮރިން މިނިސްޓްރީ ވެސް ގުޅިގެން ވަރަށް ބުރަކޮށް ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.
އަދި މަސްވެރިކަން ފުޅާކުރެވޭނީ ސްޓޯރޭޖާއި ކޯލްޑް ސްޓޯރޭޖު ބޮޑު ކޮށްގެންކަމަށް ވާތީ އެކަމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ, މަސްވެރިކަމުގެ ސިނާއަތް ރަނގަޅު ކުރުމަށް ރައީސްގެ ސިޔާސަތުތަކުގެ ތެރެއިން ކުރެވެމުންދާ މަސައްކަތްތައް ފުރިހަމަވަމުން ދާވަރަކުން މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އާމްދަނީ ބޮޑުތަނުން އިތުރުވެގެން ދާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު