މަޝްހޫރު ގްލޯބަލް އައިކޮން ޕްރިޔަންކާ ޗޯޕްރާ- ގޫގުލް ފޮޓޯސް
މަޝްހޫރު ގްލޯބަލް އައިކޮން ޕްރިޔަންކާ ޗޯޕްރާ- ގޫގުލް ފޮޓޯސް
އިންޑިއާގެ މަޝްހޫރު ގްލޯބަލް އައިކޮން ޕްރިޔަންކާ ޗޯޕްރާގެ ނަމުން ކޯލާ ބެއާއަކަށް ނަން ދީފިއެެވެ.

ޖަނަވާރުން ދެކެ ލޯބިވާމީހެއްގެ ގޮތުގައި މަޝްހޫރު ޕްރިޔަންކާ ވަނީ ދާދި ފަހުން އޭނާގެ އޮފިޝަލް އިންސްޓަގްރާމް އެކައުންޓުގައި، އޭނާގެ ނަމުން ނަން ދެވިފައިވާ ކޮއާލާއެއްގެ ފޮޓޯ ހިއްސާ ކޮށްފައެވެ. އެ ފޮޓޯއާއެކު އެހެނިހެން ޖަނަވާރުތަކުގެ ފޮޓޯވެސް ހިއްސާ ކޮށްފައިވެއެވެ.

އެ ޕޯސްޓުގެ ކެޕްޝަންގައި ޕްރިޔަންކާ ލިޔެފައިވަނީ 8 މަހުގެ ކޮއާލާ ބެއާ އަކަށް އޭނާގެ ނަމުން ނަން ދެވިފައިވާ ކަމަށެވެ. މި ޕޯސްޓުގައި އޭނާ ވަނީ ޕެރެޑައިސްޖީސީ ނަމަކަށް ކިޔާ އިންސްޓަގްރާމް އެކައުންޓެއް ޓެގުކޮށް، އޭނާއަށް އެ ޝަރަފު ދެއްވިކަމަށްޓަކައި އާއި އަދި ތަފާތު އެކި ވައްތަރުގެ އަޖައިބުކުރަނިވި ޖަނަވާރުތައް އޭނާ ދައްކައިދިނީތީ އެކަމަށް ޝުކުރު އަދާ ކޮށްފައެވެ.

ޕްރިޔަންކާ ވަނީ ދާދި ފަހުން "ދަ ބްލަފް" ގެ ސެޓުގައި އޭނާގެ އުފަންދުވަސް ފާހަގަ ކޮށްފައެވެ. އޭނާ ވަނީ އުފަންދުވަހުގެ ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާ ކޮށް، ޝުކުރުވެރި ވެފައެވެ. މި އުފަން ދުވަސް ހަފްލާގައި އެންމެ ފާހަގަ ކުރެވުނު ކަމަކީ ސެޓުގައި ބަހައްޓާފައި ހުރި ދޯސާ ސްޓޭންޑެވެ. ޕްރިޔަންކާ ބުނެފައިވަނީ އޭނާގެ ވަރަށް ގިނަ އުފަންދުވަސްތަކެއްގައި ފިލްމު ސެޓުތަކުގައި ދޯސާ ކެވިފައި ހުންނާނެ ކަމަށާއި، އެއީ އޭނާ އެންމެ ބޮޑަށް އުފަންދުވަސް ފާހަގަ ކުރަން ބޭނުންވާ ގޮތް ކަމަށެވެ. އޭނާ ވަނީ އޭނާގެ މުޅި ކުރޫ އަށް ދޯސާ ގެނެސްދީފައިވާތީ ފިރިމީހާ ނިކް ޖޯނަސް އަށް ޝުކުރުއަދާ ކޮށްފައެވެ. އަދި އޭނާގެ ދިރިއުޅުމުގައި ޝުކުރުވެރިވާ އެންމެން ޓެގު ކޮށް އެމީހުންދެކެ ލޯބިވާ ކަމަށްވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.

އެކްޓަރު، ޕްރޮޑިއުސަރު، އަދި އެކްޓިވިސްޓެއް ކަމަށްވާ ޕްރިޔަންކާ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ، އަދި ދުނިޔޭގެ އެތައް ބައެއްގެ ލޯބި ލިބިފައިވާ ފަންނާނެކެވެ. އެންމެ ފަހުން އޭނާ ފެނިފައިވަނީ "ސިޓަޑެލް" އާއި "ލަވް އެގެއިން" އިންނެވެ. އަދި އޭނާ ވަނީ "ދަ ބްލަފް" ގެ ޝޫޓިން ފެށުމުގެ ކުރިން "ހެޑްސް އޮފް ސްޓޭޓް" ގެ ޝޫޓިން ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން