ބޮލީވުޑުގެ މަޝްހޫރު ތަރި ރަންބީރު ކަޕޫރުގެ ފިލްމު ރާމަޔާނާއިން ކުނާލް ކަޕޫރު ފެނިގެންދާނެ ކަމަށް ހަބަރުތަކުގައި ރިޕޯޓު ކޮށްފިއެވެ.
ނިތޭޝް ތިވާރީ ޑައިރެކްޓު ކުރާ ފިލްމު ރާމަޔާނާއާ ބެހޭ ގޮތުން ޕިންކްވިލާ ގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައިވަނީ އެ ފިލްމުގެ މުހިންމު ރޯލުތައް ކުޅޭ އެކްޓަރުންގެ ތެރޭގައި ކުނާލް ކަޕޫރުވެސް ހިމެނޭކަމަށެވެ.
އެގޮތުން ކުނާލް ކަޕޫރު މިހާރު ވަނީ އޭނާގެ ރޯލަށް ރިހާސަލް ތަކާއި ކޮސްޓިއުމު ޓްރައިލްތައް ހަދަން ފަށާފައި ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ. އަދި ހަމަ އެހެންމެ އެނާގެ ކެރެކްޓަރާ ބެހޭ މާ ބޮޑު މައުލޫމާތެއް އެނގިފައި ނުވިނަމަވެސް އޭނާގެ ރޯލަށް އޭނާ ތައްޔާރުވަމުން އަންނަ ކަމަށްވެސް މި ރިޕޯޓުގައި ވެއެވެ.
މި ފިލްމުގެ މުހިންމު ރޯލުތަކުން ރަންބީރު އާއި ކުނާލްގެ އިތުރުން ސައި ޕައްލަވީ ވެސް ފެންނާނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މި ފިލްމަކީ ދެ ބަޔަކަށް ބަހައިގެން ހަދާ ފިލްމެއް ކަމުން، މި ފިލްމުގެ ޝޫޓިން ނިމުމަށް ހަމަޖެހިފައިވަނީ 350 ދުވަހުގެ ތެރޭގައި ކަމަށްވެސް ޕިންކްވިލާ އިން ރިޕޯޓު ކޮށްފައިވެއެވެ. އަދި 2025ގެ ޑިސެމްބަރު މަހާ ހަމައަށް ފިލްމުގެ ޝޫޓިން ނިމޭނެ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
ކުނާލް ކަޕޫރު ދާދި ފަހުން ވަނީ ސިދާތު އަނަންދު އުފެއްދި ފިލްމު "ޖުވެލް ތީފް: ދަ ރެޑް ސަން ޗެޕްޓާ" ގެ ޝޫޓިން ނިންމާލާފަ އެވެ. މި ފިލްމުގައި އޭނާއާއެކު ފެނިގެންދާނީ ސައިފް އަލީ ޚާން އެވެ.
އަދި މީގެ އިތުރުން ޗިތަންޖީވީ ފެނިގެންދާ ސޯސިއޯ ފެންޓަސީ ފިލްމެއް ކަމަށްވާ ވިޝްވަމްބާރާއާއި، އާމިރް ޚާން ޕްރޮޑަކްޝަންގެ ފިލްމެއްވެސް ކުރިއަށް އޮތްތާގައި އޭނާ ކުޅުމަށް ހަމަޖެހިފައިވާ ކަމަށް ހަބަރުތަކުގައި ވެއެވެ. އަދި މި ފިލްމުތަކުގެ އިތުރުން އެކްޝަން ވެބް ސީރީސް އެއްގައި ވިޖަލަންޓި އެއްގެ ރޯލުންވެސް ކުނާލު ފެންނާނެ ކަމަށް ހަބަރު ތަކުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު