އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ވިއޯން ނިއުސްއިން ބުނީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހު ކަމަށެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެވަޑައިގަތް ފަހުން ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ވިއޯން ނިއުސްއިން ބުނީ އެ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވައެއް ހިސާބުގައި ކަމަށާއި އެ ދަތުރުފުޅުގައި ރައީސް މުއިއްޒުއާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރުއާ ރަސްމީ ވާހަކަތައް ބާއްވާނެ ކަމަށެވެ.
މި ސަރުކާރުން ވެރިކަމަށް އައި ދުވަސްވަރު ރާއްޖެއާއި އިންޑިއާއާ ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފަ އެވެ.
އެގޮތުން މިދިޔަ މޭ މަހު ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އިރު ޖޫން މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންފައެވެ.
އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިހާރު ވެސް ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގަ އެވެ.

ކިޔުންތެރިންގެ ހިޔާލު