މިއަދު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް ހިނގިއިރު އެކްސިޑެންޓްވި ކާރު ދުއްވަން އިން މީހާ ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިރޭ ބުނީ، އެކްސިޑެންޓުގައި ހިމެނޭ ކާރު ދުއްވި މީހާ މިރޭ ވަނީ ހައްޔަރުކޮށްފައި ކަމަށާއި އެއީ 25 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

އަދި އޭނާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ސީސީޓީވީ ފޫޓޭޖެއް އާންމުވެފައިވާއިރު، ބާރު ސްޕީޑުގައި އައި ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއްކައިރީގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހާގެ ގައިގައި ޖެހުމުން އޭނާ އެތައް ފޫޓަކަށް ވިއްސައިގެން ދާ މަންޒަރު އެ ފޫޓޭޖުން ފެނެއެވެ.

އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލްގައެވެ. ނަމަވެސް، ފަހުންވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދި މިހާރު ފަރުވާ ދެމުންދަނީ ވާޑްގައި ކަމަށާއި އޭނާގެ ހާލު ސްޓޭބަލް ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން