13 އަހަރުގެ މެދުކެނޑުމަކަށްފަހު، ދިވެހި ފުލުހުންގެ ޚިދުމަތުގެ 36 އޮފިސަރަކު ސްރީލަންކާގެ ޕޮލިސް ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން ހިންގާ ޚާއްޞަ ސްވޮޓް ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާން ފަށައިފިއެވެ.
ނޮވެމްބަރު 2 އިން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށް ކުރިއަށްދާ މި އަށް ހަފުތާގެ ތަމްރީނު ޕްރޮގްރާމަކީ ފުލުހުންގެ ޓެކްޓިކަލް ގާބިލުކަމާއި، އޮޕަރޭޝަނަލް ހުނަރު އަދި ގާނޫނު ތަންފީޒުކުރުމުގެ ޢިލްމު އިތުރުކުރުމަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.
މި ތަމްރީނު ޕްރޮގްރާމަށް އޮފިސަރުން ފުރުމުގެ ކުރިން، އޮކްޓޯބަރު 29 ގައި އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ރިޒްވީ ޙަސަން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނުން ބުނެފައިވަނީ، އެސްޓީއެފްގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ހިންގާ މި ތަމްރީނުގެ ސަބަބުން ދިވެހި ފުލުހުންގެ އޮޕަރޭޝަނަލް ތައްޔާރީ ހާލަތު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.
އަދި މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާއި، ސެކިއުރިޓީ ދާއިރާއިން ދެމުންދާ އެއްބާރުލުން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި އެ މިޝަނުން ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު