ބޮލީވުޑުގެ މަޝްހޫރު ތަރި އަރުޖުން ރަމްޕާލް އޭނާއާއި މެހެރް ޖޭސިއާގެ ނާކާމިޔާބު ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކައިފިއެވެ.
ޕިންކް ވިލާއިންއިން ހާމަކޮށްފައިވާ ގޮތުގައި ދާދި ފަހުން ދަ ރަންވީރު ޝޯ ޕްޑްކާސްޓުގައި އަރްޖުން ވަނީ އޭނާ މެހެރްއާއި އެކު ކުރި ނާކާމިޔާބު ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ. އަރުޖުން ބުނީ ކުރީގެ އަނބިމީހާއާއި ވަކިވުމަށް ނިންމި ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށެވެ.
އަރުޖުންއާއި މެހެރު ކައިވެނި ކުރީ 1998 އަހަރުގައެވެ. އަދި 2019 ވަނަ އަހަރު މިދެމީހުންގެ ކައިވެނި ނިމުމަކަށް ގެނައިރު އެ ދެމީހުންނަށް 2 ކުދީން ލިބިފައިވެެއެވެ. އެއީ މަހިކާ ރާމްޕާލް އާއި މައިރާ ރާމްޕާލްއެވެ.
އަރުޖުން އޭނާގެ ދިރިއުޅުމުގައި ދިމާވި އެންމެ ހިތި ތަޖުރިބާ ފުރަތަމަ ފަހަރަށް ކިޔައިދެމުން ގެންދިޔައީ ވަރަށް އަސަރާއެކުގައެވެ.
އަރުޖުން ބުނީ އޭނާގެ މައިންބަފައިންވެސް އޭނާ ކުޑަ އިރު ވަކިވެފައިވާކަމަށާއި، މިގޮތަށް ދެމީހުން ވަކިވެގެން ދިޔުމަކީ ދުވަހަކުވެސް އޭނާ ކުރަން ބޭނުންވި ކަމެއް ނޫން ކަމަށެވެ. ކައިވެންޏެއް ރޫޅުމުން އެކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ދަރިންނަށްކަމަށާއި އެކަން ތިމަންނަ ކުޑައިރު ވަރަށް ރަގަޅަށް ތަޖުރިބާ ކޮށްފައިވާ ކަމަށްވެސް އަރުޖުން ބުނެފައިވެއެވެ.
އަރްޖުން ބުނާގޮތުގައި މިހާރު ވިސްނާލެވިއްޖެ ކަމަށާއި އެދެމަފިރިންގެ ކައިވެނި ރޫޅެން މެދުވެރި ސަބަބު އޮޅުންފިލައިފި ކަމަށާއި، އެކަމުގެ ޒިންމާ ނަގާ ކަމަށްވެސް އަރުޖުން ވަނީ ބުނެފައެވެ.
ކަންކަން ގޯސްވުމުން އެންމެންވެސް އަބަދު އަނެކާއަށް އިނގިލި ދިއް ކުރާ ކަމަށާއި، އަމިއްލަ އަށް ކުރެވުނު ކުށުގެ ޒިންމާ ނެގުމުގެ ބަދަލުގައި އަނެކާގެ ބޮލަށް އެކަން ޖެހުމަކީ އިންސާނީ ތަބީއަތުގައި ލައްވާފައިވާ ކަމެއް ކަމަށްވެސް އަރްޖުން ބުންޏެވެ.
ނަމަވެސް އަރުޖުން ބުނިގޮތުގައި ކުރީގެ އަނބިމީހާއާއި ދެމެދު މިހާރު އޮންނަ ގުޅުން ވަރަށް ރަނގަޅު ކަމަށާއި، ދެ މީހުންވެސް އެކަކު އަނެކަކަށް އިހްތިރާމުކޮށް، ދިމާވާ ކަންކަމުގައި އެހީތެރި ވެދޭނެކަމަށް އޭނާ ބުނެފައިވާ ކަމަށްވެސް މި ޕިންކްވިލާ ރިޕޯޓުގައި ބުނެފައިވެއެވެ.
އަރުޖުން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ މޮޑެލްއެއް ކަމަށްވާ ގެބްރިއެލާ ޑިމެޓްރިއަޑެސް އާއެވެ. މި ދެމީހުން ރައްޓެހި ވެގެން އުޅޭތާ މިހާރު އަހަރުތަކެއްވަނީ ވެފައެވެ. މި ދެމީހުންނަށް އެކުގައި ދެ ފިރިހެން ދަރިންވެސް ވަނީ ލިބިފައެވެ. އެއީ އާރިކް ރަމްޕާލް އާއި އަވިކް ރަމްޕާލް އެވެ. ދާދި ފަހުން އޭނާގެ ދެ ފިރިހެން ދަރިންގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި މަހިކާ އާއި މައިރާ ވެސް ވަނީ ބައިވެރި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު