އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
މި އަހަރު ޒަކާތު ފަންޑަށް 100 މިލިއަން ރުފިޔާ ހޯދުމަށް އަމާޒު ހިފާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރޭ ޕީއެސްއެމުން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ރާއްޖޭގައި ޒަކާތުގެ ނިޒާމް ހަރުދަނާ ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި އޮތީ ބަޔާންކޮށްފައި ކަމަށެވެ. އަދި ރައީސްގެ ވައުދާ އެއްގޮތަށް ރާއްޖޭގައި ޒަކާތު ހައުސް އުފައްދާފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

އަދި އެއާއެކު ޒަކާތު ހައުސްގެ މަސައްކަތް ވަރަށް ތަރުތީބުކޮށް އެބަ ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ޒަކާތަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ކުރިއަށްދާ ކަމަށާއި އެއާއެކު މި އަަހަރުގެ މިހާ ހިސާބަށް އައިއިރު ފާއިތުވި ހައެއްކަ މަސް ތެރޭގައި 50 މިލިޔަނަށްވުރެ ގިނަރުފިޔާ ޒަކާތު ފަންޑަށް ޖަމާވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަމާޒަކީ މިކަމުގައި އަހަރު ނިމިގެންދާއިރުގައި 100 މިލިއަނާ ގާތް ކުރުން އެ އަދަދަށް އަޅުގަނޑުމެންނަށް ވާސިލު ވެވިއްޖެ ކަމަށް ވަނީނަމަ، އިރާދަ ކުރެއްވިއްޔާ ދިވެހި ލޮބުވެތި ރައްޔިތުން ފަހުރުވެރިވާ ފަދަ މުއައްސަސާއަކަށް ވެގެންދާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ." މިނިސްޓަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން