ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ އިމާރާތް ހަދަން މާލީ އެހީ ދޭން ބައެއް ގައުމުތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މީގެ ކުރިން ޤުރުއާނާ ބެހޭ މަރުކަޒު އެކިި ތަންތަނުގައި ހިންގާފައިވާ އިރު މިިހާރު އެތަން ހިންގަމުން ދަނީ ސަލްމާން މިސްކިތުގަ އެވެ.
ނަމަވެސް މިދިޔަ ބޭއްވި ގައުމީ ޤުރުއާން މުބާރާރް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި އެ މަރުކަޒަށް އާ އިމާރާތެއް އަޅަން ނިންމާފައިވާކަން މިިނިސްޓަރު އޮތީ ހާމަ ކުރައްވައިފަ އެވެ.
ރޭ ޕީއެސްއެމްއިން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވުމާއެކު އެ މަރުކަޒަށް ހާއްސަ ބިމެއް ހަމަޖެއްސުމަށް މަޝްވަރާތައް ރައީސް އޮފީހާއެކު ކުރަމުންދާ ކަމަށެވެ.
"ދެން ބޭރުގައި ބައެއް ގައުމުތަކާ އަޅުގަނޑު މަޝްވަރާތައް ފަށައިފިން އެކަމުގަ މާލީ ގޮތުން އެއްވެސް އެހީތެރިކަމެއް ލިބިދާނެތޯ . ބައެއް ގައުމުތަކުން ވަނީ އެކަމުގެ ފެހި ސިގްނަލް ލިބިފައި.
މިނިސްޓަރު ވިދާޅުވީ އަމާޒު ހިފާފައި ހުރީ ﷲގެ ރަހުމަތް ފުޅާއެކު އެ މަރުކަޒުގެ މަސައްކަތް ނިމި މި ދައުރުގެ ތެރޭގައި ހިދުމަތް ލިބޭ ވަރު ކުރަން ކަމަށެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް މިހާރުވެސް ދަނީ ބައެއް އަތޮޅުތަކުގައި ވެސް ހިންގަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު