ފަލަސްތީނުގެ ކުރީގެ ބޮޑުވަޒީރު އަދި ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލުމުން ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ.

އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެ ގައުމުގެ ތެހެރާންގައި ހުންނަވަނިކޮށް އިސްރާއިލުން ހަނިއްޔާ އަވަހާރަކޮށްލީ އިއްޔެ އެވެ.

ހަނިއްޔާގެ މަރާ ގުޅިގެން އިސްލާމީ ގައުމުތަކުގެ ލީޑަރުންނާއި، ވަކިވަކި ގައުމުތަކާއި ޖަމިއްޔާ ޖަމާއަތްތަކުންނާ، ވަކި ވަކި ފަރުދުން، އެ އަމަލު ކުށްވެރުކުރި އެވެ.

ނަމަވެސް ހަނިއްޔާ ޝަހީދުކޮށްލިތާ 24 ގަޑިއިރުވީ އިރުވެސް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ބުނެފަ އެއް ނުވެއެވެ. އެކަމާ ގުޅިގެން ފާޑުކިއުންތައް އަމާޒުވި އިރު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް އެކަން ފާހަގަ ކުރެއްވި އެވެ.

ނަމަވެސް މިއަދު މެންދުރު ފަހުން ފޮރިން މިނިސްޓްރީން ވަނީ އެކަމާ ގުޅޭ ގޮތުން ބަޔާނެއް ނެރެފަ އެވެ.

ހަނިއްޔާ ޝަހީދުކޮށްލުން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ވަނީ ހުރިހާ ގައުމުތަކުން ވެސް ބައިނަލްއަގުވާމީ ގާނޫނަށް ތަބާވެ ޣައްޒާގެ މައްސަަލައަށް އަވަހަށް ހައްލެއް ގެނައުމަށް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައިފަ އެވެ.

ހަނިއްޔާ އަވަހާރަކޮށްލި ގޮތެއް އަދިވެސް ނޭނގެ އެވެ. އިރާނުން ބުނީ އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން