ޕާކިސްތާނުގައި ފެންބޮޑުވެ 35 މީހުން މަރުވެއްޖެ އެވެ.
ޕާކިސްތާނުގައި ވަރަށް ބޮޑަށް ވިއްސާރަވެ ފެންބޮޑުވީ އުތުރުގެ ޗިޓްރަލް ސަރަހައްދުގަ އެވެ.
އެ ސަރަހައްދުގައި ފެންބޮޑުވުމުގެ ސަބަބުން ބިންގަނޑަށް އަސަރުކޮށް ގެތައް އަރިއަޅާލައިފަ އެވެ. އަދި އިންފްރާސްޓްރަކްޗާއަށް ބޮޑެތި ގެއްލުންތަކެއްވެސް ވަނީ ލިބިފަ އެވެ.
ފެންބޮޑުވުމުގެ ސަބަބުން 35 މީހުން މަރުވެފައިވާއިރު އޭގެތެރޭގައި އެއް އާއިލާއެއްގެ 11 މީހުންވެސް ވަނީ މަރުވެފަ އެވެ.
ފެންބޮޑުވި ސަރަހައްދަކީ ފަތުރުވެރިންވެސް ވަރަށް ގިނައިން ގޮސް އުލޭ ސަރަހައްދަކަށްވާ އިރު އެ ސަރަހައްދުގައި އެތައް ފަތުރުވެރިންނެއް ވެސް ވަނީ ތާށިވެފަ އެވެ.
ޕާކިސްތާނުގެ މީޓޮރޮލިޖިކަލް ޑިޕާޓްމަންޓްއިން ބުނީ މި މަހުގެ ދޭކުން ހަޔަކަށް ބޮޑެތި ސިޓީތަކަށް ވިއްސާރަވެ ފެންބޮޑުވުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ.
އާންމުކޮށް ޖުލައި މަހާއި އޮަގަސްޓު މަހަކީ ޕާކިސްތާނުގައި އާންމުކޮށް ވަރަށް މޫސުން ގޯސްވާ ދުވަސް ވަރެކެވެ. އަދި ކްލައިމެޓް ޗޭންޖާއެކު ފަހަކަށް އައިސް އެ ދުވަސް ވަރު ލިބޭ ގެއްލުންތައް ދަނީ ވަރަށް ބޮޑަށް އިތުރުވަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު