ރަސްމީ ދަތުރުފުޅެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ސައުދީއަށް ވަޑައިގެންފިއެވެ.

ވަޒީރު ޝަހީމް ސައުދީއަށް ވަޑައިގެންފައި ވަނީ އިސްލާމީ ގައުމުތަކުގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ހާއްސަ ކޮންފެރެންސްގެ 9 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިއަދު ވަޒީރު ސައޫދީ އަރަބިއްޔާއަށް ފުރާވަޑައިގެންފައިވާއިރު މި ދަތުރުފުޅުގައި ވަަޒީރާއެކު ވުޒާރާގެ ވަފުދުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޡަމްގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފުގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރް އައްޝައިޚް އިމްތިޠާއު ޢައްބާސް ބައިވެރިވެވަޑައިގަންނަވައެވެ.

ސައުދީގައި ކުރިޔަށްދާ މި ބައިނަލްއަޤްވާމީ ކޮންފެރެންސް ކުރިއަށް ދާނީ އޮގަސްޓު މަހުގެ 4ވަނަ ދުވަހާއި 5 ވަނަ ދުވަހު މައްކާގައެވެ. އަދި މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ވަޒީރު ޝަހީމް ރާއްޖެ އެނބުރި ވަޑައިގަންނަވާނީ އޮގަސްޓު މަހުގެ ހަތް ވަނަ ދުވަހުގައެވެ.

އިސްލާމީ އުންމަތުގެ މުހިއްމު މަޢުޟޫއުތަކަށް ޢިލްމީ ކަރުދާސްތައް ހުށައެޅިގެންދާ މި ކޮންފެރެންސްގައި ވަޒީރު ޝަހީމް ބައެއް ސެޝަންތައް ޗެއަރކޮށްދެއްވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން