އިންޑިއާގެ ނިއުދިއްލީގައި ހުންނަ އިސްރާއީލުގެ އެމްބަސީ ކައިރީގައި އެއްޗެއް ގޮއްވާލައިފިއެވެ. އެ ސަރަހައްދުގައި ގޮއްވީ ކޮން އެއްޗެއްކަން އަދި ކަށަވަރު ނުވާ ކަމަށް ރިޕޯޓްތަކުން ބުނާއިރު ކަމާބެހޭ ފަރާތްތަކުން ދަނީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް ބަލަހައްޓަމުންނެވެ.

މެދުއިރުމަތީގެ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި އަވަށްޓެރި އިންޑިޔާގައި ހުރި އިސްރާއީލް އެމްބަސީ ކައިރީގައި އެއްޗެއް ގޮއްވުމާގުޅިގެން އެތަނުގައި ތިބި މީހުންގެ ހިތުގައި މިހާރު ވަނީ ބިރުވެރިކަން އުފައްދިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ސަރަހައްދުގެ ކަންކަން ބަލަމުންދާ މީޑިޔާތަކުން ރިޕޯޓުކުރާގޮތުގައި މި ސަރަހައްދަކީ ރައްކާތެރި ސަރަހައްދެއްކަން އިއުލާން ނުކުރާހާ ހިނދަކު ސެކިއުރިޓީގެ ފިޔަވަޅުތައް ތިރި ނުކުރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ހަމާސްއާ ނިރުބަވެރި އިސްރާއިލް ޖަމާއަތާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގައި މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމުން އެކި ގައުމުތަކުގައި ތިބި އިސްރާއީލް ރައްޔިތުން ރައްކާތެރި ފިޔަވަޅުތައް އެޅުމަށް އެގައުމުން ވަނީ އެދިފައެވެ. އަދި މި ދަނޑިވަޅުގައި ކޮންމެހެން ބޭނުން ނުވާ ދަތުރުތައް ނުކުރުމަށް ވެސް އިސްރާއީލް ސަރުކާރުން ވަނީ އެގައުމުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.

"މި ސަރަހައްދުގައި މިހާރު އޮތް ހާލަތަށް ބަލާއިރު އިސްރާއީލުގައި ތިބި ހުރިހާ އިންޑިއާ ރައްޔިތުންނަށް ވެސް އިލްތިމާސް ކުރަނީ ލޯކަލް އޮތޯރިޓީތަކުން ލަފާދޭ ގޮތަށް ސަމާލުވެ ސަލާމަތީ ޕްރޮޓޮކޯލްތަކަށް ތަބާވުމަށް،" އިސްރާއީލް އެމްބަސީން އެކްސްގައި ޝާއިއުކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން