ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށާއި އޭގެ އިތުރު ބޮޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެން ދާނެކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިފާއީ ބާރުގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ގައުމީ ކެޑޭޓް ކޯގެ ޕެރޭޑާ ރޫޓް މާޗާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ, އަސްކަރިއްޔާގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ.

އަދި ލަސްކަރުގެ ގާބިލުކަން އިތުރު ކުރުމަށް ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ އިތުރު ބޮޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް އަވަހަށް ފެނިގެން ދާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޣައްސާން މިހެން ވިދާޅުވެފައިވާއިރު މި ސަރުކާރުން ވަނީ މުޅީން އަލަށް ވައިގެބާރު ނުވަތަ އެއަރފޯސް އެއް ރާއްޖޭގައި އިފްތިތާހު ކޮށްފައެވެ. އެ ކަމަށް ހާއްސަކޮށް ރާއްޖެއިން ވަނީ މިލިޓަރީ ދެ ޑްރޯން ގެނެސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން