ދީނީ އިލްމުވެރިޔާ، ޑރ. މުހައްމަދު އިޔާޒުގެ ދަރުސު ހުއްޓުވާފައެއް ނުވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިޔާޒް އިސްލާމީ މަރުކަޒުގައި ތަފްސީރު ކްލާސްތައް ކޮންމެ އާދިއްތަ ދުވަހަކު ކުރިއަށް ގެންދާތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

އެހެން ނަމަވެސް ހަމާސްގެ ޕޮލިޓިކަލް ޗީފް އިސްމާއިލް ހަނިއްޔާ ޝަހީދުކޮޮށްލި ހާދިސާއަށް ފަހު އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމާ ގުޅޭގޮތުން ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް އިޔާޒްގެ ދަރުސްތައް އިސްލާމީ މަރުކަޒު އަދި ސަލްމާން މިސްކިތް ނޫން ތަނެއްގައި ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.

އިޔާޒް ދެކެވަޑައިގަންނަވާ ގޮތުގައި ދަރުސްތައް އެ ދެ މިސްކިތް ނޫން ތަނެއްގައި ބޭއްވުމަށް އެންގީ އެ މައްސަލައިގަ އެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ފޭސްބުކްގައި ވިދާޅުވީ އިޔާޒްް ބަލިވެގެން ކަމަށް ވިދާޅުވެ އަމިއްލަ ފުޅަށް ދަރުސް ކުރިއަށް ގެންދިއުން ހުއްޓަވާލިތާ އެއް މަސް ވެދާނެ ކަމަށެވެ.

"ކުރީގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން އަންނަ ދަރުސެއް ހުއްޓުވާފަ ނުވާނެ. އަލުން ދަރުސް ފަށަށް އެދުނީ މިއަދު. ދެ މަަރުކަޒް ނޫންތަންތަނުގައި ކުރިއަށް ގެންދެވޭނެ ކަމަށްވާނީ ދަންނަވާފަ." މިނިސްޓަރު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން